Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޕްރީމް ކޯޓު

ޖުޑިޝަލް ކައުންސިލެއް އުފައްދަވައިފި

6 ޖެނުއަރީ 2019 | އާދީއްތަ 16:02

ކައުންސިލް ހިންގާ ގަވާއިދަށް މިއަދުވަނީ އަމަލުކުރަން ފަށާފައި

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 6 ޖެނުއަރީ 2019 | އާދީއްތަ 16:02
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ޝަރީއަތްތައް ހިންގުމާ ބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ޖުޑިޝަލް ކައުންސިލެއް އާދިއްތަދުވަހު އުފައްދައިފިއެވެ

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއިކުރައްވައި، ނެރުއްވާފައިވާ އެ ގަރާރުގައިވާ ގޮތުން ޖުޑިޝަލް ކައުންސިލް އުފެއްދީ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން އެކުލަވާލަންޖެހޭ ސިޔާސަތުތައް އެކުލަވާލުމުގައި ފަނޑިޔާރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ފޯރަމެއް އޮތުމަކީ ބޭނުންތެރި ކަމެއް ކަމަށް ފެންނާތީ ކަމަށެވެ

Advertisement - newsAdvertisement

ކައުންސިލް އުފައްދާފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން އަދުލުއިންސާފް ގާއިމްކުރުމުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނީ ބެލެނިވެރިކަމުގެ މައްޗަށް ބަލައި، ވިސްނުމަށް ފަހު ގާނޫނު އަސާސީގެ 7 ވަނަ މާއްދާ އާއި 141 ވަނަ މާއްދާގެ (ށ) އާއި 156 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ.

މައިގަނޑު ގޮތެއްގައި ކައުންސިލް އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި މާލޭގެ ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ އިތުރުން ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން ސުޕްރީމް ކޯޓުން އައްޔަންކުރާ ދެ މެޖިސްޓްރޭޓަކު ހިމެނިވަޑައިގަންނަވާ ގޮތަށެވެ

ކައުންސިލް ހިންގާ ގަވާއިދަށް މިއަދު އަމަލުކުރަން ފަށައިފައިވާއިރު އެ ގަވާއިދުގައިވާ ގޮތުން ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ އުއްތަމަ ފަނޑިޔާރެވެ. އަދި ކައުންސިލްގެ ބައްދަލުވުމެއް ކޮންމެ ތިން މަހުން އެއް މަހު ބާއްވަން ޖެހޭނެއެވެ. ބައެއް ހާލަތްތަކުގައި ޖަލްސާ ބޭއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ގަވާއިދުގައިވެއެވެ

ކޯޓުތަކާ ބެހޭ ގާނޫނު 2010 ގައި ވުޖޫދަށް އައުމާ އެކު، އެ ގާނޫނުގެ ދަށުން ޖުޑިޝަލް ކައުންސިލެއް އުފެދުނެވެ. އެކަމަކު ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ކައުންސިލާ ބެހޭ ގޮތުން އެ ގާނޫނުގައި ހުރި މާއްދާތައް ބާތިލްކޮށް، އެ ކައުންސިލް ވެސް ބާތިލްކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

08 މެއި 2018

ރާއްޖޭގައި އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެތޯ އެމެރިކާ ސަފީރު ސުވާލު އުފައްދަވައިފި

08 މެއި 2018
ރާއްޖޭގައި އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެތޯ އެމެރިކާ ސަފީރު ސުވާލު އުފައްދަވައިފި
10 އެޕްރީލު 2018

ބަރ ކައުންސިލެއް އުފައްދަން ދެންނެވިން، މިއީ އިސްލާހުކުރަން ރަނގަޅު ވަގުތެއް: ފާއިޒު

10 އެޕްރީލު 2018
ބަރ ކައުންސިލެއް އުފައްދަން ދެންނެވިން، މިއީ އިސްލާހުކުރަން ރަނގަޅު ވަގުތެއް: ފާއިޒު
09 އެޕްރީލު 2018

ގާނޫނީ ވަކީލުން ރެގިއުލޭޓްކުރަން ރާއްޖޭގައި ބާ ކައުންސިލެއް އުފައްދަނީ

09 އެޕްރީލު 2018
ގާނޫނީ ވަކީލުން ރެގިއުލޭޓްކުރަން ރާއްޖޭގައި ބާ ކައުންސިލެއް އުފައްދަނީ
24 މާރިޗު 2018

ޕީޖީގެ މިނިވަންކަމާ މެދު ކުރީގެ ދެ ބަންޑާރަ ނައިބުން ސުވާލު އުފައްދަވައިފި

24 މާރިޗު 2018
ޕީޖީގެ މިނިވަންކަމާ މެދު ކުރީގެ ދެ ބަންޑާރަ ނައިބުން ސުވާލު އުފައްދަވައިފި
08 ޑިސެމްބަރު 2017

ޗައިނާއާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލާނެ މަރުކަޒެއް އެޅުމަށްވި އެއްބަސްވުމާއި މެދު ޑރ. ސަވާދު ސުވާލު އުފައްދަވައިފި

08 ޑިސެމްބަރު 2017
ޗައިނާއާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލާނެ މަރުކަޒެއް އެޅުމަށްވި އެއްބަސްވުމާއި މެދު ޑރ. ސަވާދު ސުވާލު އުފައްދަވައިފި
07 ނޮވެމްބަރު 2017

ކާނަލް ނާޒިމްގެ ޝަރީޢަތާއިމެދު އެމެރިކާގެ ސަފީރު ސުވާލު އުފައްދަވައިފި

07 ނޮވެމްބަރު 2017
ކާނަލް ނާޒިމްގެ ޝަރީޢަތާއިމެދު އެމެރިކާގެ ސަފީރު ސުވާލު އުފައްދަވައިފި
11 ޖުލައި 2017

ސާފުކުރާ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ޖުޑިޝަލް އެޑްމިިނިސްޓްރޭޝަނުން އިއުލާނުކޮށްފި

11 ޖުލައި 2017
ސާފުކުރާ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ޖުޑިޝަލް އެޑްމިިނިސްޓްރޭޝަނުން އިއުލާނުކޮށްފި
05 ޖޫން 2017

ހަތަރު ކައުންސިލެއްގެ ރައީސް އާއި ނައިބު ރައީސް ހޮވުމުގައި އަދިވެސް ކުރިއެރުމެއް ނުލިބޭ: އެލްޖީއޭ

05 ޖޫން 2017
ހަތަރު ކައުންސިލެއްގެ ރައީސް އާއި ނައިބު ރައީސް ހޮވުމުގައި އަދިވެސް ކުރިއެރުމެއް ނުލިބޭ: އެލްޖީއޭ
29 އެޕްރީލު 2017

ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި

29 އެޕްރީލު 2017
ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި
20 މާރިޗު 2017

"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

20 މާރިޗު 2017
"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް