Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް އަބްދުﷲ ޔާމިން

އުސޫލެއްގެ ގޮތުން އެއް މިލިއަން ޑޮލަރު އޭސީސީއާގެ ބެލުމުގެ ދަށުގައި ބަހައްޓާކަށް ނުޖެހޭ: ރައީސް ޔާމީން

6 ޖެނުއަރީ 2019 | އާދީއްތަ 14:13

ޔާމިން ހާޒިރުކުރީ އެއްމިލިިއަން ޑޮލަރު އޭސީސީއާ ހަވާލުކުރި ގޮތާ ގުޅިގެން ސުވާލު ކުރުމަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 6 ޖެނުއަރީ 2019 | އާދީއްތަ 14:13
ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު މިއަދުވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައި

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު މިއަދުވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެއް މިލިއަން ޑޮލަރު ހަވާލުކުރީ ހެޔޮ ނިޔަތުގައި ކަމަށާއި އުސޫލެއްގެ ގޮތުން އެ ފައިސާ އެ އިދާރާއާ ހަވާލުކުރަން ނުޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ބޮޑެތި ޖަރީމާތައް ހިންގި މީހަކު ނޫނިއްޔާ ފުލުސް އޮފީހަށް ހާޒިރުކޮށް ތަހްގީގެއް ހިންގާފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Advertisement - newsAdvertisement

ރައީސް ޔާމިން މިހެން ވިދާޅުވީ އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު އެސްއޯއެފް ކުންފުނިން ޖަމާކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުސް އޮފީހަށް އާދިއްތަ ދުވަހު ހާޒިރުކުރުމާ ގުޅިގެންނެވެ.

ފުލުސް އޮފީހަށް ބަޔާން ދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލަ އޭސީސީން ތަހްގީގުކުރަން ފެށުމުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އޭސީސީގެ އެކައުންޓަކަށް ޖަމާކުރަން އެ ކޮމިޝަނާ އެކު އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ. އަދި އެއްބަސްވުމުގ ދަށުން އެ ފައިސާ އެ އެކައުންޓަށް ޖަމާކުރެއްވި ކަމަށާއި ނަމަވެސް އޭސީސީން މިހާރު މައްސަލައެއްގެ ގޮތުގައި ނަގައިގެން އުޅެނީ އެ ފައިސާ ޖަމާކުރި ގޮތާ މެދު ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ފައިސާ އޭސީސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ ރައީސް ޔާމީނުގެ ނަމަކު ނޫނެވެ. އެ ފައިސާ ޖަމާކޮށްފައި ވަނީ އެމަނިކުފާނުގެ ގާތް ބޭފުޅެއްގެ ނަމުގައެވެ. ނަމަވެސް އޭގެ ތަފްސީލެއް އެމަނިކުފާނު ނުދެއްވައެވެ.

"އަދިއެއް އޭސީސީއަކަށް އަދި ތަހްގީގު އެހެން އިދާރާއަކަށް ވެސް ނިންމިފައެއް ނުވޭ އެސްއޯއެފްގެ ހުރިހާ ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަކަށް. އެހެންވީމަ އެ ފައިސާގެ ތެރެއިން އަޅުގަނޑަށް ދިން ޗެކަކީ އެމްއެމްޕީއާރުސީގެ ފައިސާތޯ ނޫނީ އެހެން ތާކުން ދިން ފައިސާތޯ އަދި ނިންމިފައެއް ނެތް. އެހެން ނަމަވެސް އެ ތުހްމަތު އެބަ އޮތް. އެކަމު ވެދާނެ އެމްޕީއާރުސީގެ ފައިސާ ކަމެއް. ދެން އޭސީސީއާ އެކު ހެޔޮ ނިޔަތުގައި ވި އެއްބަސްވުމެއް އެއީ އެ ފައިސާ ބަހައްޓަން. ހަގީގަތުގައި އެ ފައިސާ ބަހައްޓާކަށް ނުވެސް ޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ޔާމިން ވިދާޅުވި ގޮތުގައި އެ ފައިސާ އެމަނިކުފާނަށް ބޭނުންކުރެއްވޭނީ އޭސީސީން ކުރާ ތަހްގީގު ނިމުމުން ނުވަތަ ކޯޓަކުން އެ ފައިސާ ދޫކުރަން އަމުރުކުރުމުންނެވެ. އަދި ވިދާޅުވީ އެ ފައިސާއަކީ ހަގީގަތުގައި އޭސީސީގެ ބެލުމުގެ ދަށުގައި ބަހައްޓަން ވެސް ޖެހޭނެ ފައިސާއެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެސްއޯއެފް ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ފައިސާކަމެއް އަދި އެއްވެސް ތާކުން ނިންމާފައިނުވުމެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ފައިސާއަކީ ގާނޫނާ ހިލާފު ފައިސާ ކަމަށްވާ ނަމަ އެ ފައިސާ އެމަނިކުފާނުގެ އަތްޕުޅުން ގެންދަވަން ޖެހޭނެ ކަމަށެވެ.

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ތުހްމަތުކުރާ "ބުރަ ދަނެއް ހުރި އެންމެ މައްސަލައެއް ވެސް" ނޫޅޭނެ ކަމަށެވެ.

"އަޅުގަނޑަކީ ސިޔާސީ މީހެއް، ސިޔާސީ ލީޑަރެއް. ކެމްޕެއިނަށް ފައިސާ ހޯދަމުންދާ މީހެއް. އަޅުގަނޑަކީ ކެމްޕެއިނުގައި ފައިސާ ހޯދަމުންދާ މީހެއް، މިހާތަނަށް ހޯދާފައި ހުންނާނީ. އެހެންވީމަ އަޅުގަނޑުގެ އެކައުންޓް ގައި ވަކި ވަރަކަށް ފައިސާ ހުރުމަކީ އޭގެ ޒާތުގައި ކުށެއްވެސް ނޫން. ދެން އެ ފައިސާ އަކީ ޖާއިޒު ނޫން ފައިސާ ތޯ ތުހްމަތުކުރާ ފަރާތަކުން. އެއީ އޭސީސީ ވިއަސް، އެމްއެމްއޭވިއަސް، ތުހްމަތުކުރީމަ އެ އެ ތުހްމަތުން ބަރީއަ ވުމަށް އަޅުގަނޑު ކުރަން ޖެހޭ މަސައްކަތް ވަރަށް ސާފު،" ޔާމިން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެ އަށް ވުރެ ޒިންމާދާރުވާން ޖެހޭނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްގައި ނޫނީ މީހަކު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެސް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ ފަސް އަހަރު ވަންދެން ގާނޫނު ތަންފީޒުކުރުމުގެ އެންމެ އިސްވެރިއަކަށް ހުންނެވި ބޭފުޅަކަށް ވާއިރު އެމަނިކުފާނުގެ މައްޗަށް އެފަދަ ތުހްމަތުތަކެއް ކުރުމަކީ ވެސް ގޯހެއް ކަމަށެވެ.

"އަޅުގަނޑުގެ ސަރުކާރު ވެސް ހިނގައިދިޔައިރު މީހުންގެ މައްސަލަތަކުގައި ބޮޑެތި ޖަރީމާތައް ހިންގިއްޔާ ނޫނީ އަޅުގަނޑުމެނެއް މީހުން ތަހްގީގަށް ހާޒިރުކޮށް މި ކަހަލަ ކަންތައްތަކެއް ނުކުރަން،" ރައީސް ޔާމިން ވިދާޅުވި އެވެ.

ފުލުސް އޮފީހުގައި ހަތަރު ގަޑިއިރު ހޭދަ ކުރެއްވުމަށް ފަހު އެމަނިކުފާނު ނިކުމެވަޑައިގެންނެވީ ފުލުހުން ކުރެއްވި ސުވާލުތަކާ ގުޅިގެން ބަޔާން ދެއްވުމަށް ފަހު އެވެ. އެހެން ނަމަވެސް ބަޔާންތަކުގައި ސޮއި ކުރެއްވުމަށް އެހެން ދުވަހެއްގައި ފުލުސް އޮފީހަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް