Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސެލްބްރިޓީން ރާއްޖެ އައުން

2019ގެ ފެށުން ދުނިޔޭގެ މަޝްހޫރު ގިނަ ތަރިންތަކެއް ފާހަގަކުރީ ރާއްޖޭގައި

އޭގެ ތެރޭގައި ހޮލީވުޑް އަދި ބޮލީވުޑްގެ ފަންނާނުން ހިމެނޭ

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2019 | ހޮނިހިރު 17:43
ސެއިންޓް ރީޖަސް ވޮއްމުލި ރިސޯޓް

ސެއިންޓް ރީޖަސް ވޮއްމުލި ރިސޯޓް

ގިނަ އަދަދެއްގެ ސެލެބްރިޓީން ވަނީ ރާއްޖޭގައި އާ އަހަރުގެ ފެށުން ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ފަންނާނުންނާއި ބޮލީވުޑްގެ ފަންނާނުން ހިމެނެއެވެ.

އެގޮތުން ރާއްޖޭގައި އާ އަހަރުގެ ފެށުން ފާހަގަކުރި ތަރިންގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބޭންޑް 'ކޯލްޑްޕެލޭ'ގެ ލީޑް ލަވަކިޔުންތެރިޔާ، ކްރިސް މާޓިން ހިމެނެއެވެ.

ކްރިސްއާ އެކު، އޭނާގެ ކުރީގެ އަނބިމީހާ، 'އަޔަންމޭން'އާއި 'އެވެންޖަރސް'ގެ ފިލްމްތަކުން ފެންނަ ގްވިނެތު ޕަލްޓްރޯ އާއި ގްވިނެތުގެ މިހާރުގެ ފިރިމީހާ، 'އެމެރިކަން ހޮރޯ ސްޓޯރީ'ގެ ކޯ-ކްރިއޭޓަރ ބްރެޑް ފަލްޝަކްވެސް އާ އަހަރު ފާހަގަކުރީ ރާއްޖޭގައެވެ. އަދި ކްރިސްގެ މިހާރުގެ ލޯބިވެރިޔާ، 'ފިފްޓީ ޝޭޑްސް'ގެ ފިލްމްތަކުން ފެންނަ ޑަކޯޓާ ޖޯންސަންވެސް ދަތުރުގައި ބައިވެރިވިއެވެ.

ކްރިސްއާއި ގްވިނެތުގެ ދެ ކުދިން ތިބޭއިރު، ރާއްޖެއަށް އައިސްފައިވަނީ ދަރިންނާއެކު ކަމަށް ބެލެވެއެވެ.

ގްވިނެތު އާއި ބްރެޑްގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުން އެނގޭ ގޮތުގައި އެ މީހުން ޗުއްޓީ ހޭދަކުރަމުންދަނީ ނ. އަތޮޅުގައި އޮންނަ ސޮނޭވާ ޖަނީގައެވެ.

ކްރިސްގެ ދަރިންނާއި ޑަކޯޓާގެ ފޮޓޯއެއް އެއްވެސް ތަނެއްގައި ޝެއާކޮށްފައި ނުވާއިރު، ވެލާނާ އިންޓަނެޝަނަލް އެއާޕޯޓްގެ މުއައްޒަފަކު ޑަކޯޓާއާއެކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އަދި، ކްރިސްއާ ބައްދަލުވި ވާހަކަ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިސްމާއިލް އައްފާން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައެވެ.

އޭނާ ލަވަކިޔަން ހުއްޓާ ކްރިސް އައުމުން އޭނާ ގާތު ގިޓާގައި ސޮއިކުރުމަށް އެދުނުކަމަށް އައްފާން ބުންޏެވެ. އަދި ގިޓަރގައި ސޮއި ކުރަމުން ކްރިސްވަނީ 'ކޯލްޑްޕްލޭ'ގެ ލަވަތައް ކްރިސްއަށް ވުރެ 'ރީތިކޮށް' އައްފާން ކިޔާކަމަށް ބުނެ ޝުކުރު އަދާކޮށްފައެވެ.

ދުނިޔޭގެ އެހެން ކަންކޮޅުގައި ދިރިއުޅޭ އިރު 24 ގަޑިއިރު ޕަޕަރާޒީންގެ އުނދަގޫތަކާއި ކުރިމަތިވާ މިފަދަ ތަރިން ރާއްޖެއަށް ޒިޔާރަތް ކުރުން އަހަރަކުން އަހަރަކަށް ދަނީ އިތުރުވަމުންނެވެ. ބައެއް ރިޕޯޓްތަކުން ބުނާ ގޮތުން މީގެ ސަބަބަކީ ރާއްޖޭގެ ރިސޯޓްތަކުގައި ޕަޕަރާޒީންގެ އުނދަގޫ ނެތުމެވެ.

ކްރިސްއާއި އޭނާގެ 'މޮޑަރން ފެމިލީ'ގެ އިތުރުން، ރާއްޖޭގައި 2019 ވަނަ އަހަރުގެ ފެށުން ފާހަގަކުރި ހޮލީވުޑްގެ ތަރިންގެ ތެރޭގައި މަޝްހޫރު ސުޕަރމޮޑެލް އަދި އެކްޓްރެސް ކާރާ ޑިލެވިން، ދައްތަ ޕޮޕީ ޑިލެވިން, 'ޕްރިޓީ ލިޓްލް ލަޔަރސް'ގެ ތަރިއެއްކަމަށްވާ އޭޝްލީ ބެންސަން، ފިލްމީތަރި ސިއެނަރ މިލަރ އަދި ލަވަކިޔުންތެރިޔާ ރީޓާ އޯރާ ހިމެނެއެވެ.

ބޮލީވުޑްގެ ތަރިންކަމަށްވާ ޓައިގަރ ޝްރޮފް އާއި ދިޝާ ޕަޓާނީގެ އިންސޓަގްރާމް ޕޯސްޓްތަކަށް ބަލާއިރު، އެ މީހުން ވެސް 2018 ވަނަ އަހަރު ނިންމައި 2019 އަށް މަރުހަބާ ކިޔާފައިވަނީ ރާއްޖޭގައެވެ.

މީގެ އިތުރުންވެސް 2018 ވަނަ އަހަރު ދުނިޔޭގެ މަޝްހޫރު ގިނަ ތަރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އޭގެ ތެރޭގައި، ޖަސްޓިން ބީބަރ، އެލިޒަބެތު ހަރލީ އާއި އޭނާގެ އާއިލާ، ކްރިސް ޖެނަރ އާއި ލޯބިވެރިޔާ ކޯރީ ގެމްބަލް، އަދި ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރު ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި

ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި

13 ފެބުރުއަރީ 2017
ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް

ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް

13 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017
"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ

"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު