Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

މަސައްކަތް ކުރުވަނީ ބޯދާ އުސޫލަކުން، އެކަން ބަދަލުކުރުނަން: ނަޝީދު

5 ޖެނުއަރީ 2019 | ހޮނިހިރު 03:29

މަޖިލީހަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މަޖިލީހެއް

އަލީ ސަމާޚް
އަލީ ސަމާޚް | 5 ޖެނުއަރީ 2019 | ހޮނިހިރު 03:29
ރައީސް ނަޝީދު

ރައީސް ނަޝީދު

ދިވެހިން ލައްވާ މަސައްކަތް ކުރުވަނީ ބޯދާ އުސޫލަކުން ކަމަށާއި އެކަން ބަދަލު ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގއ. ވިލިގިނލި ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ވާދަކުރައްވާ ދިޔާނާ ސައީދުގެ ކެމްޕޭނު ލޯންޗު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ މަސައްކަތްތެރިން ލައްވާ ކުރުވާ މަސައްކަތައް ބަދަލުތަކެއް އަންނަން ޖެހޭ ކަމެށެވެ.

Advertisement - newsAdvertisement

އެގޮތުން މިހާރު އެ މީހުން ލައްވާ މަސައްކަތް ކުރުވަނީ ވަރަށް ބޯދާ އުސޫލަކުން ކަމަށާއި 19 ވަނަ މަޖިލީހުގައި އެކަންތައް ބަދަލުކޮށް ހައްލެއް ގެނައުމަށް މަސައްކަތްޕުޅު ކުރާނެ ކަމަށެވެ.

މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހަށް އިޝާރަތް ކުރައްވާ ނަޝީދު ވިދާޅުވީ، އެ މަޖިލީހަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މަޖިލީހެއް ކަމަށެވެ.

''މަޖިލީހުގެ ނަޒާހަތްތެރިކަން މި އަށާރަ ވަނަ މަޖިލީހުގައި އިންތިހާއަށް ގެއްލި ހިނގައްޖެ. މަޖިލީހުގެ ތަޅުމުގައި ފައިސާ ގޯނި ގޯނީގެ ވާހަކަ ލަދެއް ހަޔާތެއް ނެތި ދައްކަމުން ގެންގޮސްފި،'' އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީސް މެމްބަރުން ޕާޓީތައް ބަދަލު ކުރުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ، މަޖިލީހުގައި ނަގާ ވޯޓުތަކަކީ މެމްބަރުންގެ އަމިއްލަ ފައިދާ ލިބޭ ގޮތަށް ނެގޭ ވޯޓުތަކެއް ގޮތުގައި ވެފައިވާ ކަމަށާއި އެކަމަށް ވެސް ބަދަލުތައް ގެންނާނީ 19 ވަނަ މަޖިލީހުން ކަމަށެވެ.

ހުވަދޫ އަތޮޅު އެންމެ ގިނަ މަސްދޯނި ފަހަރު އޮންނަ ވިލިގިލީގެ މަސްވެރިން ކުރާ މަސައްކަތައް ތައުރީފް ކުރައްވަމުން ނަޝީދު ވިދާޅުވީ، މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އަލަށް އިންތިހާބުވާ މަޖިލީހުގައި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ވެސް މަހުގެ ހަމަ އަގު ހޯދައިދޭން އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

ޖަޒީރާ ގައުމެއް ތަރައްގީ ކުރެވޭނެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީއަށް ކަމަށާއި އެ ޕާޓީން އެކަން ވަރަށް ރަނގަޅަށް ދަސްކޮށްފި ކަމަށް ނަޝީދު ވިދާޅުވިއެވެ.

''އެމްޑިޕީ ދަސްކޮށްފި. މެނިފެސްޓޯއަކަށް ފަހު މެނިފެސްޓޯއެއް އަޅުގަނޑުމެން އެބަ ނެރޭ. އެއިން ކޮންމެ މެނިފެސްޓޯއެއްގައި ކޮންމެ ވައުދަކީ މިނެފަ،ކިރާފަ، އަންދާޒާ ކޮށްފަ ހިސާބު ޖަހާފައިވާ ވައުދުތަކެއް. އަކުރުން އަކުރަށް ރަނުން ރަނަށް އިރާދަ ކުރެއްވިއްޔާ އެ ވައުދު ފުއްދޭނެ'' އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އަލަށް އިންތިހާބުވާ މަޖިލީސް ވެގެން ދާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދޭން މެމްބަރުން މަސައްކަތް ކުރައްވާނެ މަޖިލީހަކަށް ކަމަށެވެ.

އެމްޑީޕީން ވިލިގިލީ ދާއިރާ އަށް ކުރިމަތިލާފައި ވަނީ ހަތަރު ކެނޑިޑޭޓުންނެވެ. ވިލިގިލި ދާއިރާގެ ޕްރިއަމަރީގައި ދިޔާނާ ވާދަކުރަން ނިންމަވާފައިވާއިރު، އެކަމަނާގެ ފިރިކަލުން، އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ނިސްބަތްވެ ވަޑައިގަންނަވަނީ އެ ދާއިރާއަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް