Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

އިިންތިހާބުގައި އެމްޑީޕީން 60 ޕަސެންޓް ނަގާނެ: ނަޝީދު

31 ޑިސެމްބަރު 2018 | ހޯމަ 23:31

އެމްޑީޕީ އަކީ ވައުދުވެ ވައުދު ފުއްދާ ޕާޓީއެއް

އަލީ ސަމާޚް
އަލީ ސަމާޚް | 31 ޑިސެމްބަރު 2018 | ހޯމަ 23:31
ރައީސް ސޯލިހު(ކ) ރައީސް ނަޝީދު (ވ)

ރައީސް ސޯލިހު(ކ) ރައީސް ނަޝީދު (ވ)

މި އަހަރު މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖީލީހުގެ އިންތިހާބުގައި 60 ޕަސެންޓަށް ވުރެ މަތިން، އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގައި ވިލުފުށި ދާއިރާއަށް ވާދަކުރައްވާ ހަސަން ޢަފީފުގެ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރުމުގެ ހަފްލާގައި ހޯމަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު 53 ޕަސެންޓް މަޖިލިސް އިންތިހާބުގައި އިތުރުވެގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މަޖިލިސް އިންތިހާބު 60 ޕަސެންޓުން އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ވައުދުވެ، ވައުދު ފުއްދާ ޕާޓީއެއް ކަމަށާއި، ވައުދު ފުއްދުމުގައި އެމްޑީޕީން މަސައްކަތް ކުރާނީ "ރަނުން ރަނަށް" ކަމަށެވެ.

''ސަރުކާރުގެ ވައުދުތައް ފުއްދޭނީ ކުރިއަށް މި އޮތް ރައްޔިތުންގެ މަޖިލީހުގެ ސާފު ޢަޢުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިގެން. މި ރާއްޖެ އަކު މި ވަގުތަކު ނުވާނެ ތަސައްރަފު ފުދިފައި ހުރި ފަރުދެއް ރައްޔިތެއް މި ހަގީގަތް ގަބޫލު ނުކުރާނެ'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ވިލުފުށި ދާއިރާއަށް އިޝާރަތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ނުލިބެން ވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުން އެއީ ދާއިރާގެ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ. އަލަށް އިންތިހާބު ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައްޔިތުން އުއްމީދު ކުރާ މަޖިލީހަކަށް ކަމަށާއި އެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ ހާލު އަހުވާލު ގާތުން ބަލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކާމިޔާބީތަކެއް ހޯދާފައިވާ މަޖިލީހެއް ކަމަށް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

''18 ވަނަ ރައްޔިތުންގެ މަޖިލީސް އެ މަޖިލީހުން ހޯދާފައި ހުރި ކާމިޔާބު އަޅުގަނޑުމެންނަށް ފާހަނގަވޭ. ހާއްސަ ގޮތެއްގައި ރައީސް ޔާމީންގެ ވެރިކަން ކަމީނާވެ ބަލިކަށިވެ ދިޔަ އެއްމެ ބޮޑު އެއްސަބަބަކީ މަޖިލީސް 18ގެ މެމްބަރުން ރައްޔިތުންގެ މަޖިލީސްގެ ރައީސްގެ އިތުބާރު ނެތްކަމަށް ޢަޢުލަބީއްޔަތުން އެންގުމުން'' ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދުގެ އިތުރުން ރައީސް ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަފްލާގައި ނަޝީދު ވިދާޅުވީ، ރައްޔިތުން އުއްމީދު ކުރާ ރާއްޖެ ހޯދައިދޭން މަޖިލިސް މެމްބަރުން މަސައްކަތް ކުރަން ޖެހޭ ކަަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް، ބާއްވާ އިވެންޓުތަކުގައި ވަގުތު އޮތް މިންވަރަކުން ރައީސް ނަޝީދު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެމަނިކުފާނުގެ އިތުރުން ރައީސް ސޯލިހު ވެސް ވަނީ ޕްރައިމަރީ ކެމްޕެއިން އިންވެންޓުތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފައެވެ. އެމްޑީޕީ ޕްރައިމަރީގައި 86 ދާއިރާއަކަށް 280 ކެންޑިޑޭޓުން ވާދަ ކުރައްވައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް