Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓުގެ ބަޔާން

ސުއޫދުގެ ވާހަކަތަކުގެ މަގުސަދަކީ ޝަރުޢީ ނިޒާމްގެ ހުރުމަތް ގެއްލުވާލައި ކޯޓުތަކުގެ ބާރު ކަނޑުވާލުން: ކްރިމިނަލް ކޯޓް

31 ޑިސެމްބަރު 2018 | ހޯމަ 14:18

ފަނޑިޔާރުންގެ ހުރުމަތް ކެނޑޭނޭހެން ކުރާ މިފަދަ ކަންކަން އެ ކޯޓުން ބަލަމުންދާނެ ކަމަށް ބަޔާނުގައި ވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 31 ޑިސެމްބަރު 2018 | ހޯމަ 14:18
މަރުތައް ތަހްގީގުކުރާ ކޮމިޝަންގެ ރައީސް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ

މަރުތައް ތަހްގީގުކުރާ ކޮމިޝަންގެ ރައީސް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ

މަރުގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސުލްޖުްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވައިފައިވާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ކްރިމިނަލް ކޯޓާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަކީ ޝަރުޢީ ނިޒާމްގެ ހުރުމަތް ގެއްލުވާލައި ކޯޓުތަކުގެ ބާރު ކަނޑުވާލުމުގެ ބޭނުމުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށް އެ ކޯޓުން ބުނެފިއެވެ.

މަރުގެ މައްސަލަތައް ތަހުގީގުކުރުމަށް އުފައްދަވާފައިވާ ކޮމިޝަނުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ނެރެފައިވާ ބަޔާނުގައި ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާނުންނާއި ގޭންގުތައް ގުޅިގެން މައްސަލަތައް ސާބިތުނުކޮށް ދޫކޮށްލާފައިވާ ކަމަށް ތުހުމަތުކޮށް، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ މެދު ނުރައްކާތެރި ބޮޑެތި ޖިނާއީ ތުހުމަތުތަކެއް ކޮށްފައިވާ އިރު ، އެއީ ލިބިފައިވާ ރަސްމީ ހައިސިއްޔަތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ނާޖާއިޒު މަންފާތަކެއް ހޯދައި، ގައުމު ހަލަބޮލިކޮށް، މިނިވަން ޖުޑިޝަރީ އަޅުވެތިކުރުމަށް ދައްކަފައިވާ ބިރުހުރި ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތަކަކީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމާ މެދު އާންމުންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ޝަރުޢީ ނިޒާމްގެ ހުރުމަތް ގެއްލުވާލައި ކޯޓުތަކުގެ ބާރު ކަނޑުވާލުމުގެ ބޭނުމުގައި ދައްކާފައިވާ ވާހަކަތަކެއް ކަމުގައި އެކޯޓުން ދެކޭ ކަމަށެވެ.

Advertisement - newsAdvertisement

ރައީސުލް ޖުމްހޫރިއްޔާ އުފައްދާފައިވާ "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން" ގެ ދައުރަކީ ކަނޑައެޅިފައިވާ ވަކި މައްސަލަތަކެއް ތަހުގީގުކުރުން ކަމަށް ވާއިރު، ކޮމިޝަންގެ އިހްތިސާސްގެ ބޭރުން ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭނޭހެން މީޑިއާގައި ވާހަކަ ދައްކައި އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވަރެއް ދެއްކުމުގެ ގޮތުން ސުޢޫދު ދައްކަފައިވާ ވާހަކަތައް އެ ކޯޓުން ވަނީ ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނީ ނިޒާމް، ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ޤާއިމްކޮށްފައިވާ ކަމަށާއި އެ ނިޒާމްގެ ތެރެއިން ފިޔަވަޅު އެޅުމަށް މަސައްކަތް ކުރުމަކާ ނުލައި، އަދި ފަނޑިޔާރުންނާ ގުޅޭ ގޮތުން ޝަކުވާ ބަލައިގަތުމުގެ ޤާނޫނީ ބާރުވެރިކަން އޮތް އެއްވެސް މުއައްސަސާއަކަށް ޝަކުވާ ހުށަހެޅުމަކާ ނުލައި، ފަނޑިޔާރުންނާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ދޮގު އަދި ފިތުނަވެރި ވާހަކަތައް ފަތުރައި، ޖިނާއީ އަދުލުގެ ނިޒާމްގެ އިތުބާރު ގެއްލުވާލުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރާތަކުން ކުރިޔަސް އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ކޮމިޝަނުން ކިތެންމެ ރަނގަޅަކަށް މައްސަލަ ތަހުގީގު ކުރި ނަމަވެސް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިގެން އިންސާފު ނުލިބޭނެ ކަމަށް ސުޢޫދު ވިދާޅުވެފައިވާއިރު، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ސުއޫދުކުރައްވާ ތުހުމަތާ ގުޅޭ ގޮތުން އަމިއްލައަށް ގޮތެއް ނިންމައިގެން ވާހަކަ ދެއްކެވިކަމީ ހުސްނުއްނިއްޔާއެއް ނެތި ޒިންމާދާރުކަން ކުޑަގޮތެއްގައި ދެއްކި ވާހަކަތަކެއް ކަމުގައި އެ ކޯޓުން ދެކޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ޖިނާޢީ އަދުލުގެ ނިޒާމާ މެދު އާންމުންގެ ހިތްތަކުގައި ނުބައި ތަސްއްވަރެއްދީ ކްރިމިނަލް ކޯޓާއި ކޯޓުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭނޭހެން ކުރާ އެ ފަދަ ކަންކަން އެ ކޯޓުން ބަލަމުންދާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

29 މެއި 2018

ޝަރުޢީ ޙުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ އިންޓަރވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ނުކުރުމަށް އަންގައިފި

29 މެއި 2018
ޝަރުޢީ ޙުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ އިންޓަރވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ނުކުރުމަށް އަންގައިފި
09 ޖެނުއަރީ 2018

ނަޝީދުގެ ގަލަމުން: މާލީ ނިޒާމްގެ އިތުބާރު ގެއްލި، ބިކަވަނީ ކަޅު ފައިސާއާހުރެ!

09 ޖެނުއަރީ 2018
ނަޝީދުގެ ގަލަމުން: މާލީ ނިޒާމްގެ އިތުބާރު ގެއްލި، ބިކަވަނީ ކަޅު ފައިސާއާހުރެ!
13 ސެޕްޓެމްބަރު 2017

ސުއޫދުގެ ނަސޭހަތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް: ވަގުތު ފާއިތުވުމުގެ ކުރިން ކަންކަން އިސްލާހުކުރައްވާ ތިޔަ ބޭފުޅުންވެސް ސަސްޕެންޑްކޮށްފާނެ!

13 ސެޕްޓެމްބަރު 2017
ސުއޫދުގެ ނަސޭހަތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް: ވަގުތު ފާއިތުވުމުގެ ކުރިން ކަންކަން އިސްލާހުކުރައްވާ ތިޔަ ބޭފުޅުންވެސް ސަސްޕެންޑްކޮށްފާނެ!
12 ސެޕްޓެމްބަރު 2017

ބިދޭސީން ގެނައުމަށް އިތުރު ފައިސާއެއް ނުނަގާ ، މަގުސަދަކީ ނިޒާމް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތް ހުއްޓުވުން:އިމިގްރޭޝަން

12 ސެޕްޓެމްބަރު 2017
ބިދޭސީން ގެނައުމަށް އިތުރު ފައިސާއެއް ނުނަގާ ، މަގުސަދަކީ  ނިޒާމް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތް ހުއްޓުވުން:އިމިގްރޭޝަން
25 އޯގަސްޓު 2017

ޝަރުޢީ ދާއިރާ ހަމަހަމަކަމަށް ބުނެ ވާހަކަ ދައްކާނެ ޖާގައެއް ނެތް: އެމެރިކާ

25 އޯގަސްޓު 2017
ޝަރުޢީ ދާއިރާ ހަމަހަމަކަމަށް ބުނެ ވާހަކަ ދައްކާނެ ޖާގައެއް ނެތް: އެމެރިކާ
15 އޯގަސްޓު 2017

ރައީސް ޔާމީންގެ ވާހަކަތަކުގެ މައްސަލަ އަދި މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ލަސްކުރާ މައްސަލަ ބަލަން މާދަމާ ހުށަހަޅަނީ!

15 އޯގަސްޓު 2017
ރައީސް ޔާމީންގެ ވާހަކަތަކުގެ މައްސަލަ އަދި މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ލަސްކުރާ މައްސަލަ ބަލަން މާދަމާ ހުށަހަޅަނީ!
19 ޖުލައި 2017

ސިޔާސީ ފައިދާއަށް ޝަރުޢީ ނިޒާމް ބޭނުންކުރުމަކީ ޑިމޮކްރޮސީއާއި ދެކޮޅަށް ހިންގާ ޖަރީމާއެއް: ރައީސް މައުމޫން

19 ޖުލައި 2017
ސިޔާސީ ފައިދާއަށް ޝަރުޢީ ނިޒާމް ބޭނުންކުރުމަކީ ޑިމޮކްރޮސީއާއި ދެކޮޅަށް ހިންގާ ޖަރީމާއެއް: ރައީސް މައުމޫން
12 ޖުލައި 2017

އެމްއެމްޕީއާރްސީއިން ގެއްލުނު ފައިސާ ދައުލަތައް ދައްކަން އަދީބުގެ މައްޗަށް ޝަރުޢީ ހުކުމެއް ނެތް: މަހްފޫޒް

12 ޖުލައި 2017
އެމްއެމްޕީއާރްސީއިން ގެއްލުނު ފައިސާ ދައުލަތައް ދައްކަން އަދީބުގެ މައްޗަށް ޝަރުޢީ ހުކުމެއް ނެތް: މަހްފޫޒް
12 އެޕްރީލު 2017

ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން

12 އެޕްރީލު 2017
ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް