Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ދިޕިކާ އާއި ރަންވީރު ހަނީމޫނަށް ފުރައިފި

މި ޖޯޑު ދަނީ ކޮން ގައުމަކަށް ކަމެއް އެނގިފައެއް ނުވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 31 ޑިސެމްބަރު 2018 | ހޯމަ 02:14
ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް

ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް

މިދިޔަ މަހު ކައިވެނި ކުރި ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ވަނީ މުމްބާއި އެއަރޕޯޓުން ފެނިގެން ގޮސްފައެވެ.

އައު އަހަރު ފެށެން އެއްދުވަހަށް ވެފައިވަނިކޮށް އާދިއްތަ ދުވަހު މި ޖޯޑު ވަނީ މުމްބާއި އެއަރޕޯޓުން ޕަޕަރާޒީންނަށް ފެނިގެން ގޮސްފައެވެ. މި ޖޯޑު ފުރަނީ ހަނީމޫނަށް ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް ދަނީ ކޮން ގައުމަކަށް ކަމެއް އެނގިފައެއް ނުވެއެވެ.

މި ދެމީހުން ވެސް އެއަރޕޯޓުން ފެނިގެން ގޮސްފައިވަނީ ކަޅުކުލައިގެ ހެދުމުގައެވެ.

ރަންވީރާއި ދިޕިކާ ކައިވެނި ކޮށްފައިވަނީ އިޓަލީގެ ލޭކް ކޯމޯގައެވެ. އެއަށް ފަހު މި ދެމީހުންގެ ކައިވެނީގެ ތިން ހަފްލާއެއް އިންޑިއާގައި ވަނީ ބާއްވާފައެވެ.

ރަންވީރު ކުޅެގފައިވާ ފިލްމް "ސިމްބާ" މިދިޔަ ހުކުރު ދުވަހު ރިލީޒް ކޮށްފައިވާއު ދެ ދުވަސް ތެރޭގައި އެ ފިލްމަށް ވަނީ އާމްދަނީގެ ގޮތުގައި 44 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. މި ދެމީހުން ހަނީމޫނަށް ފުރުމުގެ ކުރިން ދިޕިކާ ވަނީ "ސިމްބާ" ގެ ޚާއްސަ ސްކްރީނިންއަށް ގޮސްފައެވެ.

ދިޕިކާ މިވަގުތު ދަނީ މެގްނާ ގުލްޒާރުގެ ފިލްމް "ޗަޕާކް" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމްގައި ދިޕިކާ އަދާކުރަނީ އެސިޑް އެޓޭކުން ސަލާމަތްވި ލަކްޝްމީ އަގަރުވާލްގެ ރޯލެވެ. ރަންވީރުގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ކަރަންޖޯހަރުގެ ފިލްމް "ތަޚްތް" ހިމެނެއެވެ. އެފިލްގައި ރަންވީރާއި އެކު ފެނިގެންދާނީ އާލިއާ ބަޓް އެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު