Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކައްޕި އާއި ފަޅުވެރިން ފިލައި، ޕީޕީއެމް ފައްތާލާއިރު އީސީ ކޮބާ؟

ޕާޓީ އުފައްދަން ފުރަތަމަ ހުށަހެޅިއިރު އަބްދުއްރަހީމް ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސަކަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2018 | ހޮނިހިރު 13:39
ޕީއެންސީއަކީ ޕީޕީއެމްގެ ކުރިމަގާ މެދު ސުވާލު އުފެދިފައި ވާތީ އުފައްދާ ޕާޓީއެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައި

ޕީއެންސީއަކީ ޕީޕީއެމްގެ ކުރިމަގާ މެދު ސުވާލު އުފެދިފައި ވާތީ އުފައްދާ ޕާޓީއެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައި

ރާއްޖެއަށް ކަންކަމުގެ މޫސުން ލައިގަންނަ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަނބު މޫސުމާއި، ޖަނބުރޯލު މޫސުމާއި، ކިނބޫ މޫސުމާ، މާރާމާރީ މޫސުމާއި، ފޭރޭ މޫސުމާއި، ވޯޓު މޫސުމާއި، ޕާޓީ ބަދަލުކުރާ މޫސުމާއި، މިފަދަ އެތައް އެތައް މޫސުމެކެވެ. އެ ވާހަކަތައް ދައްކާ ނަމަ ދައްކާނެ އާ ވާހަކައެއް ނެތެވެ. ނަމަވެސް މިހާރު ލައިގަނެގެން މި އުޅެނީ އާ ކަމެކޭ ބުނުން ދޮގަކަށް ނުވާނެއެވެ. މިހާރު މި އުޅެނީ ޕާޓީ ހަދާ މޫސުން އައިސްގެންނެވެ.

އިލެކްޝަން ކޮމިޝަނުން ހުއްދަ ދީގެން ރާއްޖޭގައި މިހާރު ވެސް ހަތް ޕާޓީ ހިންގަމުންދާއިރު، އިތުރު ފަސް ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ. އެއީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި ޕީޕަލްސް އެކްޝަން ޕާޓީ އާއި ޤައުމީ ވިންދާއި، ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސްގެ އިތުރުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއެވެ.

މީގެ ތެރެއިން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ނުވަތަ ޕީއެންސީއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، އެމަނިކުފާނާއި ގާތް ބޭފުޅުން އުފައްދަވާ ޕާޓީއެކެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީންގެ އަރިސް ފަރާތްތަކުން ފަށާފައިވާއިރު، ޕީއެންސީ އުފެއްދުމަށް ކުރަމުންދާ މަސައްކަތުގައި ސުވާލު އުފެދޭ ފަދަ އެތައް ކަމެއް ދަނީ ފެންނަމުންނެވެ.

ޕީއެންސީ އުފެއްދުމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ޢަބްދުﷲ ފުރަތަމަ ހުށަހެޅުއްވިއިރު، އޭނާ ހުންނެނީ ޕީޕީއެމްގެ އިންތިޚާބީ މަޤާމެއްގައެވެ. އިލެކްޝަނުން ފުރަތަމަ ބަލައި ނުގަތް ނަމަވެސް، އެންމެ ފަހުން ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ އެންމެ ނައިބުރައީސްގެ މަޤާމަށް އަބްދުއްރަހީމް ވަނީ އިންތިޚާބު ކޮށްފައެވެ. އާންމު އުސޫލުން ބަލާ ނަމަ، ޕާޓީގެ އިންތިޚާބީ މަޤާމެއްގައި ހުރެގެން އެހެން ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމަކީ ޕާޓީއާ ދެކޮޅަށް ބަޣާވާތް ކުރުމެވެ.

ނަމަވެސް މި ކަމަކީ ޕީޕީއެމްގެ މަތީފަޑިން ރޭވިގެން ހިނގާ ކަމެއް ކަމުން އަބްދުއްރަހީމާ މެދު އާންމު އުސޫލުން ކަން ކުރާކަން ނޫޅުނެވެ. ޕީޕީއެމްގައި އޮތް ނިކަން ވަރުގަދަ ސުލޫކީ ކޮމިޓީ ވެސް، ކަހާތަން ހިރުވައި ވެސް ނުލިއެވެ. އެންމެ ފަހުން ޕީޕީއެމުން ވަކިވެ، ޕީއެންސީ އުފެއްދުމަށް އަބްދުއްރަހީމް އަލުން ހުށަހެޅުމާ އެކު އިލެކްޝަނުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިނެވެ.

ދެން ފެނުނީ މާ ހެއްވާ މަންޒަރެކެވެ. ޕީޕީއެމް ހުއްޓުމަކަށް އައީއެވެ. ޕީޕީއެމްގެ ކައުންސިލުގެ އަޣުލަބިއްޔަތު ޕީއެންސީއަށް ސޮއިކުރި ކަމަށް ވެސް އެ ޕާޓީ އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ މަންޒަރު ފެންނަނީ ވެސް އެހެންނެވެ. ޕީޕީއެމްގެ މެންބަރުންކޮޅު ވެސް ޕީއެންސީއަށް "ކަހާލަނީ" އެވެ. އަދި ހެއްވާ ކަމަކީ މި ހުރިހާ ކަމެއް ހިންގަމުންދަނީ މިހާރު ވެސް ޕީޕީއެމްގެ އޮފީސް ހިންގަމުންދާ ހ. ހުރަފާ ތެރޭގައި ކަމެވެ. އެތަނުގެ ބޭރުގައި އަދިވެސް ޖަހާފައި ހުރީ ޕީޕީއެމްގެ ނަން ބޯޑެވެ. ލާފައި ހުރީ ޕީޕީއެމްގެ ކުލައެވެ. ރަށްރަށުގައި ވެސް ޕީއެންސީގެ މަސައްކަތްތަކަށް ބޭނުންކުރަމުންދަނީ ޕީޕީއެމްގެ ޖަގަހަތަކުގަވެ. ނުވިތާކަށް ޕީއެންސީގެ ލޯގޯ ވެސް އުފެދިގެން އެ އައީ ސުކޫލުގައި އެއް ކުއްޖަކު އަނެއް ކުއްޖާގެ ހޯމްވަރކް ކޮޕީކުރާ އުސޫލުން ޕީޕީއެމްގެ ލޯގޯގެ ނަކަލެއްގެ ގޮތުގައެވެ.

ޕީޕީއެމްއަކީ ނަވެއްގެ ގޮތުގައި ރައީސް ޔާމީން އަބަދު ވެސް ސިފަކުރައްވައެވެ. އެ ނަވުގެ ކައްޕިއަކީ އެމަނިކުފާނެވެ. ކައިރީގައި ތިއްބެވި ބޭފުޅުންނަކީ ފަޅުވެރިންނެވެ. ސަލާމަތް އޮތީ އެ ނަވުގައި ކަމަށާއި، ކުރިއެރުން ލިބޭނީ އެ ނަވަށް އަރައިގެން ކަމަށް ވެސް އެކި މުނާސަބަތުތަކުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ވިދާޅުވާ ނަވުގެ ކުނބު ބިންދާލައި، ރިޔާ ހިފައިގެން ވަޑައިގެން ރައީސް ޔާމީން އެހެން ނަވެއް ބަންނަވަން ފައްޓަވާފައިވާއިރު، އެކަމާ ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ޤަނޫނީ ފިޔަވަޅެއް އެޅޭނެ މަގު ވެސް ފެންނަނީ ވަރަށް ހަނިކޮށެވެ.

ޕީޕީއެމް، ޕީއެންސީއަށް ބަދަލުކޮށްލުމަށް ކުރަމުންދާ މަސައްކަތަކީ އަޅާނުލައި ދޫކޮށްލެވެން އޮތް ކަމެއް ނޫނެވެ. މަންޒަރު ފެންނަ ގޮތުން ޕީޕީއެމްގެ އިސްވެރިން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީޕީއެމް ފޮހެލައި، އެ ތަނުގައި އަލުން ޕީއެންސީ ދިރުވާށެވެ. ނަމަވެސް މިއީ މިކަން ކުރެވިގެންވާނެ ގޮތެއް ނޫނެވެ. ޕީޕީއެމްއަކީ އެތައް މިލިއަނަކުން ދަރާފައި އޮތް ޕާޓީއެކެވެ. އެތައް ހާސް މެންބަރުންގެ ހައްގުތައް އެ ޕާޓީއާ ގުޅިފައިވާ ޕާޓީއެކެވެ. އަދި އެ ބޭފުޅުން އިސްވެ ތިބެ ޕާޓީ ދަރުވާލާފައި ދަރަނިތައް އޮތްގޮތަށް އޮއްވައި އެހެން ޕާޓީއެއް އުފެއްދުމަށް ފުރުސަތު ދެވިގެން ނުވާނެއެވެ. އެ ޕާޓީއަށް ވީއެއްޗެއް ވާން ދޫކޮށްލައި، އެ ޕާޓީގެ ވެރިންނަށް އެހެން ޕާޓީއަކަށް ދެވިގެން ނުވާނެއެވެ. އެކަން އިލެކްޝަން ކޮމިޝަނުން ވެސް ޔަޤީންކޮށްދޭން ޖެހެއެވެ. މެންބަރުންގެ ހައްގުގައެވެ. ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން އެ ޕާޓީއަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ދީފައިވާތީ އެ ރައްޔިތުންގެ ހައްގުގައެވެ.

މި ހާލަތުން އަރައިގަނެވޭނެ ޤަނޫނީ މަގެއް މިވަގުތު ކޮށިފައި ނެތޭ ބުނެ، މި ހިނގާ ކަންކަން ނުފެންނަ ކަމަށް ހެދިގެން އިލެކްޝަން ކޮމިޝަނަށް ތިބެވޭކަށް ނެތެވެ. ޕީއެންސީ އުފެއްދުމަށް ހުއްދަ ދިނުމުގެ ކުރިން ޕީޕީއެމްއަށް ޒިންމާވާނެ ފަރާތެއް ހޯދަން ޖެހެއެވެ. މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުތަކަކާއި އުސޫލުތަކެއް އެކުލަވާލަން ޖެހެއެވެ.

ނޫން ނަމަ ކައްޕި އާއި ފަޅުވެރިން ފިލައި، ޕީޕީއެމް ފައްތާލާއިރު އެ ޕާޓީން ދަރާފައިވާ ދަރަނިތަކާއި، މެންބަރުންނަށް ގެއްލޭ ހައްޤުތަކަށް ޒިންމާވާނީ ފަހެ އިލެކްޝަންސް ކޮމިޝަން ހެއްޔެވެ؟ ކޮންމެ ބަޔަކު ޕާޓީއެއް ހަދައި އިސްކޮޅު ނުކަތާ ވަރަށް މިލިއަނުން މިލިއަނުން ޕާޓީގެ ނަމުގައި ލޯނުތައް ނަގައި އަމިއްލަ ކެމްޕެއިންގައި ސުމާރެއް ނެތް ވަރަށް ދަރަންޏަށް ދައުލަތުގެ ވަސީލަތްތަކާއި ކުންފުނިތައް ބޭނުންކޮށްފައި ފިލަން ފުރުސަތު ދީގެން ނުވާނެއެވެ. ވަގުތުން ވަގުތަށް ގާނޫނެއް ފާސްކޮށްގެން ވިޔަސް ނުވަތަ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ ދަށުން އުފަންކުރާ ގަވައިދަކުން ވިޔަސް އެ ފައިސާ އަށް ޒިންމާވާނެ ފަރާތެއް ހޯދަން ޖެހެއެވެ. ނޫން ނަމަ އެ ދެވެނީ ދައުލަތަށާއި ކުންފުނިތަށް ފޫނުބެއްތޭ ވަރުގެ ގެއްލުމެކެވެ. މިކަމުގައި އިލެކްޝަންސް ކޮމިޝަނުގެ އިތުރުން، ނިދީގައި އޮތް މަޖިލީހުން ވެސް އަވަސްވެގަންނަންޖެހޭ ކަމެކެވެ. ފިޔަވަޅު އެޅޭނެ މަގު ފަހިކޮށްދޭންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު