Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދި އަރަބިއާ

ސައުދީގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

28 ޑިސެމްބަރު 2018 | ހުކުރު 06:20

ފޮރިން މިނިސްޓަރުވެސް ބަދަލުކުރަން ވަނީ ނިންމާފައި

ލީވާން އަލީ
ލީވާން އަލީ | 28 ޑިސެމްބަރު 2018 | ހުކުރު 06:20
ސައުދީ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

ސައުދީ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

ސައުދި އަރަބިއާގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

ދަ ގާޑިއަންއިން ބުނީ، ސައުދީގެ ކެބިނެޓުގެ ބައެއް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ކިންގް ސަލްމާން އަމުރުކުރައްވާފައިވާ ކަމަށާއި، އެގޮތުން އާ ފޮރިން މިނިސްޓަރެއް ވެސް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ސައުދީ ސަރުކާރުގެ ދިފާއީ ކައުންސިލާއި، އިގްތިސާދީ ކައުންސިލަށް ވެސް ބަދަލުތަކެއް ގެންނަން ކިންގް ސަލްމާން ވަނީ ނިންމަވާފައި ކަމަށް ދަ ގާޑިއަންއިން ވަނީ ބުނެފައެވެ.

ކިންގް ސަލްމާން ވަނީ ދާދި ފަހުން ސައުދީގެ އިންޓެލިޖެންސް ހިދުމަތްދޭ އިދާރާތަކަށްވެސް ބަދަލުތަކެއް ގެންނަން ނިންމަވާފައެވެ. އެގޮތުން އިންޓެލިޖެންސް އިދާރާތަކުގެ މަސައްކަތް ބެލުމަށް ސަރުކާރުގެ އައު ތިން ވުޒާރާއެއް އުފެއްދުމަށްވެސް ވަނީ ނިންމަވާފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ، ތުރުކީގައި ހުންނަ ސައުދީ ކޮންސުލޭޓް ތެރޭގައި މަރާލެވުނު ނޫސްވެރިޔާ ޖަމާލް ހާޝޯގީގެ މަރުގެ ތުހުމަތު ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ކުރެވޭތީ، އެ ތުހުމަތުން ވަލީއަހުދު ސަލާމަތް ކުރަން ގެނެވޭ ބަދަލުތަކެވެ.

ހަޝޯގީ މަރާލެވުނު އިރު ސައުދީ ދިފާއީ ބާރާއި އިންޓެލިޖެންސްގެ ހިދުމަތް ހިންގަމުން ގެންދިޔައި ސީދާ ވަލީއަހުދުގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ސައުދީ އާއި ތުރުކީން ވެސް މި ގަތުލުގެ މޭސްތިރި ކަމުގައި ބުނާ އަހްމަދު އަލް-އަސީރީއަކީ އޭރު ސައުދީގެ ޑެޕިއުޓީ އިންޓެލިޖެންސް ޗީފްއެވެ. ޙަޝޯގީގެ މަރަށް ފަހު އެނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

ހަޝޯގީ މަރާލާފައި ވަނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހުއެވެ. އެ ޖަރީމާގައި ވަލީއަހުދު މުހައްމަދުގެ އެއްވެސް ބައިވެރިވުމެއް ނުވާ ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2017

މުގާބޭގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަނީ

08 އޮކްޓޯބަރު 2017
މުގާބޭގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަނީ
29 ސެޕްޓެމްބަރު 2017

ސައުދީގެ އަންހެން ޑްރައިވަރުންގެ ސަބަބުން އެކްސިޑެންޓްތައް މަދުވާނެ: ސައުދީގެ އިންޓީރިއާ މިނިސްޓަރު

29 ސެޕްޓެމްބަރު 2017
ސައުދީގެ އަންހެން ޑްރައިވަރުންގެ ސަބަބުން އެކްސިޑެންޓްތައް މަދުވާނެ: ސައުދީގެ އިންޓީރިއާ މިނިސްޓަރު
09 އޯގަސްޓު 2017

ރައީސް ރޫހާނީ އިރާނުގެ ކެބިނެޓަށް ތިން އަންހެން ބޭފުޅުން އައްޔަން ކުރައްވައިފި

09 އޯގަސްޓު 2017
ރައީސް ރޫހާނީ އިރާނުގެ ކެބިނެޓަށް ތިން އަންހެން ބޭފުޅުން އައްޔަން ކުރައްވައިފި
29 ޖޫން 2017

ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި

29 ޖޫން 2017
ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި
22 ޖޫން 2017

ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި

22 ޖޫން 2017
ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި
21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
22 މެއި 2017

ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި

22 މެއި 2017
ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި
20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް