Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން

ރައީސް ރޫހާނީ އިރާނުގެ ކެބިނެޓަށް ތިން އަންހެން ބޭފުޅުން އައްޔަން ކުރައްވައިފި

ރައީސް ރޫހާނީ އެންމެ ފުރަތަމަ އެކުލަވާލެއްވި ކެބިނެޓަށް އަންހެން މެމްބަރުން އައްޔަން ކުރައްވާފައި ނުވާތީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 9 އޯގަސްޓު 2017 | ބުދަ 12:09
 ރައީސް ހަސަން ރޫހާނީ

ރައީސް ހަސަން ރޫހާނީ

އިރާނުގެ ރައީސް ހަސަން ރޫހާނީ އެގައުމުގެ ކެބިނެޓަށް ތިން އަންހެން މެމްބަރުން އައްޔަން ކުރައްވައިފި އެވެ.

ރައީސް ރޫހާނީގެ ކެބިނެޓަށް ބަދަލު ގެންނެވީ ރިޔާސީ ދެ ވަނަ ދައުރުގައި އެމަނިކުފާނު އެކުލަވާލެއްވި ކެބިނެޓުން އަންހެނަކަށް ޖާގަދީފައި ނުވުމުގެ ސަބަބުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ކެބިނެޓަށް ރައީސް ރުހާނީ އައްޔަން ކުރެއްވީ، ފެމިލީ އެންޑް ވިމެންސް އެފެއާޒް ގެ ނައިބު ރައީސަކަށް މަސުމަ އެބްޓެކާރް އާއި ލީގަލް އެފެއާޒް ގެ ނައިބު ރައީސަކަށް ލަޔާ ޖުނެއިދީ އެވެ. އަދި މަދަނީ ހައްގުތަކާ ބެހޭ ކަންކަމުގައި ރައީސްގެ އެހީތެރިއަކަށް ޝަހިންދްކޮޓް މޯލަވާދީ އެވެ.

ރައީސްގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެހީތެރިވުމަށް އިރާނުގައި އުފައްދަވާފައިވާ މުއައްސަސާތައް ހިންގަނީ ރައީސް އައްޔަން ކުރައްވާ 12 ނައިބު ރައީސެކެވެ.

އީރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބަށް ފަހު ކެބިނެޓުގައި މިހާތަނަށް ހިމެނިފައި ވަނީ އެންމެ އަންހެނެކެވެ. އެއީ ރޫހާނީގެ ކުރިން ވެރިކަން ކުރެއްވި މަހްމޫދު އަހުމަދީނިޖާދުގެ ހެލްތު މިނިސްޓަރު މަރްޒިއާ ދަސްތުޖާދީ އެވެ.

އިރާނުގެ އާ ކެބިނަޓަށް ގާނޫނު ހަދާ މަޖިލީހުގެ ރުހުން ބޭނުންވާނެއެވެ. އާ ކެބިނެޓުގައި ސުންނީ ޖަމާއަތަށް ނިސްބަތްވާ މެމްބަރެއް ވެސް ނެތެވެ. ޝީއީ މުސްލިމުން ގިނަ އިރާނުގައި ސުންނީ މުސްލިމުން ހިއްސާ ކުރަނީ އެންމެ 10 އިން ސައްތަ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު