Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

ޕާޓީއަށް 3000 މެމްބަރުން ހަމަވެއްޖެ: އަބްދުއްރަހީމް

3000 މެމްބަރުން ހަމަ ވުމުން ޕާޓީގެ ފުރަތަމަ ޖަލްސާ ބާއްވަން ހުއްދަ ލިބޭނެ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 28 ޑިސެމްބަރު 2018 | ހުކުރު 02:41
ޕީޕަލްސް ނެޝަނަލް ކޮންގްރެސް އުފެއްދުމަށް ހުއްދަ ދިންކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ -- އިލެކްޝަންސް ކޮމިޝަން

ޕީޕަލްސް ނެޝަނަލް ކޮންގްރެސް އުފެއްދުމަށް ހުއްދަ ދިންކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ -- އިލެކްޝަންސް ކޮމިޝަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) 3000 މެމްބަރުން ސޮއިކޮށްފި ކަމަށް އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުނު ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދައިރާގެ މެމްބަރު އަބްދުއްﷲ އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ނަމުގައި އުފައްދަން މަސައްކަތްކުރާ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 3000 މެމްބަރުން އެ ޕާޓީއަށް ސޮއި ކޮށްފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ފުރަތަަމަ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި އާ ޕާޓީ އުފެއްދުމަށް ހުށަހެޅުއްވުމުން، އީސީން ހުއްދައެއް ނުދިނެވެ. އެހެންވެ، ޕާޓީ އުފެއްދުމަށް އަބްދުއްރަހީމް ހުށަހެޅުއްވީ ޕީޕީއެމްއިން ވަކިވުމަށް ފަހު އެވެ.

ޕާޓީގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭނީ އެ ޕާޓީއަށް ވަނުމަށް އެދިފައިވާ 3000 މީހުންގެ ފޯމް އެ ކޮމިޝަނަށް ހުށައެޅުމުންނެވެ. އެކަން ކުރުމަށް ތިން މަސް ދުވަސް ލިބެ އެވެ. އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޔާމީން ފައްޓަވާފައި ވަނީ ޕީޕީއެމްގެ މައްސަލަ ސުޕްރީމް ކޯޓުގައި ވަނިކޮށެވެ. އެ މައްސަލަ ކޯޓް ނިމި، ޕާޓީ ލިބޭނެ ފަރާތެއް ނޭނގޭއިރު، އާ ޕާޓީއެއް އުފެއްދުން މުހިންމު ކަމަށް ރައީސް ޔާމީން އަރިހުގައި ތިއްބެވި ބޭފުޅުން ވިދާޅުވެއެވެ.

އާ ޕާޓީއެއް އުފެއްދުމަށް މިހާރު ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން މަސައްކަތްކުރައްވާއިރު، ޕީޕީއެމްގެ ފަރާތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމަށްޓަކައި 42 މީހަކަށް ވަނީ ޓިކެޓް ދީފަ އެވެ. ސުޕްރީމް ކޯޓްގައި މިހާރު އޮތް މައްސަލަ ޔާމީނަށް ކާމިޔާބު ނުވެއްޖެ ނަމަ، މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓް ދީފައިވާ މެމްބަރުން ބަދަލުވާނީ އާ ޕާޓީއަށް ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

12 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު