Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ހަފްތާ ރެސް

ބޭނުމަކީ ވިހާވެސް ގިނަ ޒުވާނުންނަށް ހަފުތާ ރެސްއިން ފުރުސަތު ދިނުން: މަހްލޫފު

މި ހަރަކާތަށް ފަހު އެ ތަން ވެގެން ދާނީ ވަރަށް ''ހެޕެނިންގް'' ތަނެއްގެ ގޮތުގައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2018 | ބުރާސްފަތި 17:16
ޔޫތު މިނިސްޓަރު މަހުލޫފު (ކ)

ޔޫތު މިނިސްޓަރު މަހުލޫފު (ކ)

ޔޫތު މިނިސްޓްރީ އިންތިޒާމު ކޮށްގެން ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާ ''ހަފްތާ ރެސް'' ގެ ބޭނުމަކީ ވީހާވެސް ގިނަ ޒުވާނުންނަށް ވިޔަފާރިކުރުމުގެ ފުރުސަތު ދިނުން ކަމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް އެމްޕަވާމަންޓް އަހްމަދު މަހުލޫފު ވިދާޅުވެއްޖެ.

ހުކުރު ދުވަހުގެ ރޭ ހުޅުވަން ހަމަޖެހިފައިވާ ހަފްތާ ރެސް މާކެޓްއާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ، ހަފްތާ ރެސް އަކީ މަގުމަތީ ބާޒާރު ކަހަލަ ގޮތަށް އިތުރު ބަދަލުތަކެއް ގެނެސް ހިންގަން ހަމަޖެހިފައިވާ މާކެޓެއް ކަމަށެވެ.

މަހުލޫފު ވިދާޅުވީ، މި ފަދަ މާކެޓެއް ހިންގުމުގެ ބޭނުމަކީ އަލަށް ވިޔަފާރިގެ ތެރެއަށް ވަންނަށް ބޭނުންވާ ޒުވާނުންނަށް ފުރުސަތު ދިނުންކަމަށެވެ.

އެގޮތުން ފުރުސަތު ދޭނީ ކެޓަގަރީ ތަކަކަށް ބަހާލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މަހްލޫފު ވިދާޅުވީ، މި މާކެޓް އިން ހެޔޮ އަގެއްގައި ރައްޔިތުންނަށް އެއްޗެހި ލިބިގެންދާނެ ކަމަށާއި މި ހަރަކާތަށް ފަހު އެ ތަން ވެގެން ދާނީ ވަރަށް ''ހެޕެނިންގް'' ތަނެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަ ކުރައްވާފައެވެ.

''އަޅުގަނޑުމެން އުއްމީދު ކުރަނީ މިކަން ފެށިގެން ދިޔުމަށް ފަހު މިސަރަހައްދަކީ ވަރަށް ބޮޑަށް ހެޕަނިން އޭރިޔާ އަކަށް މިތަން ވެގެންދާނެ. ހަމަ ލައިވް މިއުޒިކާ އެކީ މިކަން ކުރިޔަށް ދާނީ'' އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެންމެ ޒުވާން ވަޒީރު މަހްލޫފު ވިދާޅުވީ، މި ހަރަކާތް ރޭވުމުގައި އެއްމެ ބޮޑަށް އިސްކަން ދީފައިވަނީ ޒުވާނުންގެ އެއްބާރުލުމާއި އެކު ކުރިޔަށް ގެންދާ ގޮތަށް ކަމަށެވެ.

މި ކަހަލަ ކަންތައްތަކުގައި ޒުވާނުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަ ކޮށް މަހްލޫފު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ. މި ހަރަކާތުގައި ގިނަ ރައްޔިތުން ތަކެއް ބައިވެރިވާނެ ކަމުގެ އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުކުރު ދުވަހަގެ ރޭ އަށެއް ޖަހާއިރު ރަސްމީކޮށް މި މާކެޓް ފެށިޔަސް، ހަވީރު ހަތަރަކުން ފަށައިގެން ސްޓޯލް ތަކަށް އާއްމުންނަށް ވަދެވޭނެ ކަމަށް މަހްލޫފް ވިދާޅުވެފައެވެ.

''ހަފްތާ ރެސް'' މާކެޓް ބާއްވާނެ ކަމުގެ އިއުލާން ޔޫތު މިނިސްޓްރީ އިން އިއުލާން ކޮށްފައި ވަނީ މި މަހުއެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާފަންނު ސޯޝަލް ސެންޓަރ ސަރަހައްދާއި ރަސްފަންނު ސަރަހައްދުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާނަ އާއި ހުއިފިލަނޑާ ނެގުން: ގިނަ ފަރުތަކަކާއި ގިރިތަކެއް ވަނީ އެކި ފަރާތްތަކަށް ދީފައި!

ފާނަ އާއި ހުއިފިލަނޑާ ނެގުން: ގިނަ ފަރުތަކަކާއި ގިރިތަކެއް ވަނީ އެކި ފަރާތްތަކަށް ދީފައި!

27 ޑިސެމްބަރު 2017
"މަލްޓި" ވިޔަފާރި އިތުރު ހަރު ފަތަކަށް، ގިނަ ސާމާނާ އެކު އާ ސުޕަމާޓެއް

"މަލްޓި" ވިޔަފާރި އިތުރު ހަރު ފަތަކަށް، ގިނަ ސާމާނާ އެކު އާ ސުޕަމާޓެއް

04 ނޮވެމްބަރު 2017
އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

12 އޮކްޓޯބަރު 2017
އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

04 އޮކްޓޯބަރު 2017
ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

20 އޯގަސްޓު 2017

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު