Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ- އަފްޢާނިސްތާން

އަފްޢާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ފައިބަން ނިންމައިފި

21 ޑިސެމްބަރު 2018 | ހުކުރު 17:15

ފައިބަނީ 7000 ސިފައިން

އަލީ ސަމާޚް
އަލީ ސަމާޚް | 21 ޑިސެމްބަރު 2018 | ހުކުރު 17:15
އެމެރިކާ ސިފައިން އަފްޢާނިސްތާނުގައި ހަރަކާތްތެރިވަނީ

އެމެރިކާ ސިފައިން އަފްޢާނިސްތާނުގައި ހަރަކާތްތެރިވަނީ

އަފްޢާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިން ކުރިއަށް އޮތް ދުވަސް ތަކުގައި އެ ގައުމުން ފައިބާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ ޑިފެންސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި 7,000 ސިފައިން ފައިބަން ހަމަޖެހިފައިވާ ކަމަށެވެ. މި އަދަދަކީ އަފްޢާނިސްތާނުގައި ހަރަކާތްތެރިވާ ސިފައިންގެ ތެރެއިން ދެބައި ކުޅައި އެއްބައި ސިފައިންނެވެ.

އެމެރިކާގެ 14،000 ހާހެއްހާ ސިފައިންގެ އަފްޢާނިސްތާނުގައި ހަރަކާތްތެރި ވަމުންދާ އިރު، ސިފައިން ވަނީ އެކި ބައިތަކަށް ބަހާލާފައިއެވެ.

އޭގެ ތެރޭގައި ޓްރޭނިންގައި ހަރަކާތްތެރިވާ ސިފައިންނާއި، އަފްޢާންގެ ސިފައިންނަށް އެޑްވައިޒް ދޭ ސިފައިންގެ އިތުރުން އައިއެސް، އަލް ގައިދާ ޖަމާއަތްތަކާއި ހަނގުރާމަ ކުރާ ސިފައިން ވެސް ހިމެނެއެވެ.

ބައެއް މަސްދަރުތައް ބުނާ ގޮތުގައި އެމެރިކާ ސިފައިން މަދު ކުރުމުގެ ބޭނުމަކީ އަފްޢާނިސްތާނުގެ ސިފައިންނަށް ޖާގާ ދިނުމުގެ ގޮތުން ކަމަށެވެ.

އެމެރިކާ ސިފައިން ފޭބުމަށް ނިންމުމާއި ގުޅިގެން ތާލިބާނުންގެ އޮފިޝަލަކު ބުނީ، އެމެރިކާ ސިފައިން ފައިބައިފާނެ ކަމަށް ހީކޮށްފައި ނުވާކަމަށެވެ. ނަމަވެސް އެމެރިކާގެ ނިންމުމަށް އުފާ ކުރާ ކަމަށް އެ އޮފިޝަލާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާއިން ސިފައިން ފައިބާނެ ކަމުގެ އިޝާރާތެއް އަފްޢާނިސްތާނުގެ އެއްވެސް ފަރާތަކަށް މީގެ ކުރިން އެމެރިކާ އިން ދީފައި ނުވާކަމަށެވެ.

އެމެރިކާ ސިފައިން އަފްޢާނިސްތާނަށް އަރާފައިވަނީ 2001 ވަނަ އަހަރު ސެޕްޓެމްބަރު މަހު 11 ވަނަ ދުވަހު އެމެރިކާގެ ޓްރޭޑް ސެންޓަރު ގޮއްވާލި ހާދިސާ އަށް ފަހުއެވެ.

އެމެރިކާ ސިފައިން ފައިބާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، ސީރިއާގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންވެސް ފައިބާނެ ކަމަށް ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމެރިކާ ސިފައިން ސީރިއާއިން ފޭބުމާއި ބެހޭ ގޮތުން ރައީސް ޓްރަމްޕާއި ހިޔާލު ތަފާތު ވުމުގެ ސަބަބުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް