Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރުމަވެރި މަސައްކަތެރިން

ދަރުމަވެރި މަސައްކަތެރިން އިތުރުކުރުމަކީ މިސަރުކަރުގެ އަމާޒެއް: މިނިސްޓަރު އިމްރާން

21 ޑިސެމްބަރު 2018 | ހުކުރު 12:52

މުޖުތަމައު އެއްބައިވަތަންކޮށް ދަރުމަވެރި މަސައްކަތްތެރިންގެ ދައުރު ބޮޑު

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޑިސެމްބަރު 2018 | ހުކުރު 12:52
ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ

ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތައް ނުވަތަ ދަރުމަވެރި މަސައްކަތެރިން އިތުރުކުރުމަކީ މިސަރުކަރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ދަރުމަވެރިންގެ ދުވަހާ ގުޅުވައިގެން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މުޖުތަމައު އެއްބައިވަތަންކޮށް އިތުރަށް ގުޅުންތައް ދެމެހެއްޓުމުގައި ދަރުމަވެރި މަސައްކަތްތެރިންގެ ދައުރު ވަރަށް ބޮޑު ކަމަށެެވެ.

Advertisement - newsAdvertisement

ފާއިތުވެގެންދިޔަ އަހަރުތަކުގައި ރާއްޖޭގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ފަނޑުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ އެއްބައިވަންތަކަން އަލުން ދިރުވާ އާލާކުރުން ކަމަށާއި އެކަން އެންމެ ފުރިހަމަޔަށް ކުރެވޭނީ ދަރުމަވެރިންގެ އެހީއާއި އެކު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މުޖުތަމައުގައި ލޯތްބާއި އޯގާތެރިކަން ފަތުރާ ބަޔަކީ ދަރުމަވެރި މަސައްކަތްތެރިން ކަމަށާއި، މުޖުތަމައުގެ އެންމެ މަތީ ފަންތިން ފެށިގެން އެންމެ އާދައިގެ ފަރުދާ ހަމައަށް ދަރުމައަށް މަސައްކަތްކަތްކުރާއިރު، އެމީހުންނަށްވެސް ހަމަ އެފަދަ ލޯތްބާއި އަޅާލުން ހައްގު ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ދަރުމައަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރާނެކަން ފާހަގަކުރަވައި މިނިސްޓަރު އިމްރާން ވިދާޅުވީ ދަރުމައަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ވެބް ޕޯޓަލްއެއް ތަރައްގީ ކުރުމާއި މިފަދަ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް ގުޅުން ބަދަހި ކުރުމަށް ފޯރަމެއް ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރަށް މިނިސްޓަރު އިމްރާން ވިދާޅުވީ ދީނީ ގޮތުންވެސް ދަރުމަވެރި މަސައްކަތަކީ ވަރަށް މަތިވެރި މަސައްކަތެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ދަރުމަވެރި މަސައްކަތްކުރާ ފަރާތްތަކުން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

03 މެއި 2020

ތިން ދަރުމަވެރިއަކު ވަނީ ކަރަންޓީން ކުރެވިފައި: ދިވެހި ރެޑްކްރެސެންޓް

03 މެއި 2020
ތިން ދަރުމަވެރިއަކު ވަނީ ކަރަންޓީން ކުރެވިފައި: ދިވެހި ރެޑްކްރެސެންޓް
16 މާރިޗު 2020

ސިއްހީ ފަންނުވެރިން ދަރުމަވެރިންގެ ގޮތުގައި ނުކުތުމަށް ގޮވާލައްވައިފި

16 މާރިޗު 2020
ސިއްހީ ފަންނުވެރިން ދަރުމަވެރިންގެ ގޮތުގައި ނުކުތުމަށް ގޮވާލައްވައިފި
02 ފެބުރުއަރީ 2020

ދަރުމަވެރިޔާ ހިޝާންގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2020
ދަރުމަވެރިޔާ ހިޝާންގެ ޕާސްޕޯޓް ހިފަހައްޓައިފި
21 އޮކްޓޯބަރު 2019

ވީހާވެސް ގިނަ ބަޔަކަށް އެއްފަހަރާ ހެޕެޓައިޓަސްއަށް ޓެސްޓްކުރެވުން އެއީ ސަރުކާރުގެ އަމާޒެއް: މިނިސްޓަރ އަމީން

21 އޮކްޓޯބަރު 2019
ވީހާވެސް ގިނަ ބަޔަކަށް އެއްފަހަރާ ހެޕެޓައިޓަސްއަށް ޓެސްޓްކުރެވުން އެއީ ސަރުކާރުގެ އަމާޒެއް: މިނިސްޓަރ އަމީން
25 ސެޕްޓެމްބަރު 2019

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރި ވުމަށް ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

25 ސެޕްޓެމްބަރު 2019
މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރި ވުމަށް ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް
07 ސެޕްޓެމްބަރު 2019

އަންހެނުންގެ އިޤުތިޞާދީ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް : މިނިސްޓަރ ޝިދާތާ

07 ސެޕްޓެމްބަރު 2019
އަންހެނުންގެ އިޤުތިޞާދީ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް : މިނިސްޓަރ ޝިދާތާ
16 އޯގަސްޓު 2019

ރެޑްކްރެސެންޓަށް 10 އަހަރު: ރައީސް ސޯލިހްގެ ޝުކުރު ދަރުމަވެރިންނަށް

16 އޯގަސްޓު 2019
ރެޑްކްރެސެންޓަށް 10 އަހަރު: ރައީސް ސޯލިހްގެ ޝުކުރު ދަރުމަވެރިންނަށް
17 މެއި 2019

އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް: މަލީޙް

17 މެއި 2019
އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް: މަލީޙް
10 އެޕްރީލު 2019

ގާވާއިދާ ހިލާފަށް އުޅޭ ބޭރު މީހުންގެ މައްސަލައަށް އިންސާނީ ކަރާމާތާ އެކަށީގެންވާ ހައްލެއް ހޯދުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް: މިނިސްޓަރ

10 އެޕްރީލު 2019
ގާވާއިދާ ހިލާފަށް އުޅޭ ބޭރު މީހުންގެ މައްސަލައަށް އިންސާނީ ކަރާމާތާ އެކަށީގެންވާ ހައްލެއް ހޯދުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް: މިނިސްޓަރ
09 ޑިސެމްބަރު 2018

ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމަކީ، މި ސަރުކާރުގެ އަމާޒެއް: ރައީސް ސޯލިހު

09 ޑިސެމްބަރު 2018
ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމަކީ، މި ސަރުކާރުގެ އަމާޒެއް: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް