ޖަމުއިއްޔާތަކުގެ ރެޖިސްޓަރާ ކަމަށް ނަޒީރު
21 ޑިސެމްބަރު 2018 | ހުކުރު 05:50ޖަމިއްޔާތަކުގެ ރަޖިސްޓަރާ ކަމަށް ނަޒީރު އައްޔަން ކުރައްވަފައި ވަނީ ބުރާސްފަތި ދުވަހު

އަޒްލިފާ އަބްދުﷲ | 21 ޑިސެމްބަރު 2018 | ހުކުރު 05:50

މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު
ޖަމުއިއްޔާ ތަކުގެ ރަޖިސްޓަރާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު އައްޔަން ކުރައްވައިފި އެވެ.
ބުރާސްފަތި ދުވަހު ހޯމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓްގައިވަނީ ޖަމުއިއްޔާ ތަކާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން "ޖަމުއިއްޔާ ތަކުގެ ރެޖިސްޓްރާ" ކަމަށް އަލީ ނަޒީރު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ޖަމިއްޔާތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ޖަމިއްޔާގެ ރެޖިސްޓްރާ އަކަށް މީހަކު ހަމަ ޖައްސާނީ ރައިސުލްޖުމްހޫރިއްޔާއެވެ.






