Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕްރައިމަރީ

މެންބަރުންނަކީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަށް ހަދައިދޭން ޖެހޭ ބައެއް: ނަޝީދު

19 ޑިސެމްބަރު 2018 | ބުދަ 03:49

ބޯހިޔާވެހިކަން ހޯދައިދިނުމަކީ ސިޔާސީ ލީޑަރުން ރައްޔިތުންނަށް ދާރާފައިވާ ބޮޑު ދަރަންޏެއް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 19 ޑިސެމްބަރު 2018 | ބުދަ 03:49
މީކާއިލްގެ ކެމްޕެއިން އިފްތިތާހުކުރުމުގެ ހަފުލާގައި ކުރީގެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

މީކާއިލްގެ ކެމްޕެއިން އިފްތިތާހުކުރުމުގެ ހަފުލާގައި ކުރީގެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

ގާނޫނު އަސާސީ ލިޔެފައި އޮތީ ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރަން ކަމަށާއި މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަށް ހަދައިދުނަމަށް މަސަތްކަތް ކުރަންޖެހޭ ބައެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ މީކާއިލް ނަސީމްގެ ކެމްޕެއިން އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައި ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ހައްގުގައި މެނުވީ އެއްވެސް ކަމެއް ކޮށްގެންވާނެ ބައެއް ނޫން ކަމަށެވެ. އަދި މިނިވަންކަމުގެ މާނަ ގުޅިފައި އޮތީ ތާހިރު ދިރިއުޅުމަކާއެކުގައި ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވެހިކަން ހޯދައިދިނުމަކީ ސިޔާސީ ލީޑަރުން ރައްޔިތުންނަށް ދާރާފައިވާ ބޮޑު ދަރަންޏެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ހައްގު މިންވަރު ހޯދައިދިނުމަކީ ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަށް ހަދައިދުނަމަށް މަސަތްކަތް ކުރަންޖެހޭ ބައެއްކަމަށާއި ރައްޔިތުންގެ ހައްގުގައި މެނުވީ އެއްވެސް ކަމެއް ކޮށްގެންވާނެ ބައެއް ނޫންކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑިޕީއަކީ ރައްޔިތުންގެ މަޖިލީހަށް ޕްރައިމަރީ ބާއްވާ ހަމައެކަނި ޕާޓީކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓުގެ ފަހަތަށް ހުރިހާ ބޭފުޅުން އަރާނެކަމަށެވެ.

މި ހަފްލާގައި މީކާއިލް ނަސީމު ވިދާޅުވީ 23 ސެޕްޓެމްބަރުގައި އިންގިލާބީ ބަދަލެއް ގެނަވުނުކަމަށާއި އެ ބަދަލު ފުރިހަމަވާނީ ސަރުކާރު ހިންގާ ބާރާއި ފަނޑިޔާރު ގޭގެ އިތުރުން ރައްޔިތުންގެ މަޖިލީސް އިސްލާހުކުރެވިގެންކަމަށެވެ. މަހުޖަނެއްގެ ފައި ބުޑަށް ނުވެއްޓޭނެ ކަމަށާއި އިންތިޚާބަށް ވޯޓް ވެސް ނުގަންނާނެ ކަމަށް އޭނާ ވިދާޅުވެފައެވެ.

މަޖިލީހުގެ މެމްބަރަކަށް ހޮވިއްޖެ ނަމަ މަޖިލީހުގެ މެމްބަރުން ޒިންމާދާރުކުރެވުމަށާއި ބައެއް އުސޫލުތަކަށް ބަދަލުތައް ގެނައުމަށް މަސައަަކަތް ކުރައްވާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ. އެގޮތުން މަގުބޫލު އުޒުރެއްނެތި މަޖިލީހަށް ހާޒިރު ނުވާނަމަ މެމްބަރުންގެ މުސާރައިން ކެނޑޭ ގޮތަށާއި، މެމްބަރުންގެ މުސާރަ ޕޭ ކޮމިޝަނުން ކަނޑައަޅާ ގޮތަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. ކޮންމެ މަހަކު މެމްބަރު، ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރަންޖެހޭ ގޮތަށް އިސްލާހު ހުށަހެޅުއްވާނެ ކަމަށާއި އަދި އިންތިޚާބުވާ ޕާޓީން ވަކި ނުވެވޭނެ ގޮތަށް އެންޓި ޑިފެކްޝަން ބިލް އަލުން ހުށަހެޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވި ކެމްޕެއިންނަށް ހަރަދުކުރުމުގެ އުސޫލުތައް އިސްލާހުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިފަހަރު އޭނާގެ ކެމްޕެއިން އަށް ފައިސާ ހޯދާ ގޮތާއި މާލީ ބަޔާން އަންނަ ހަފުތާގައި އިއުލާނު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް