ކްރިތީ ސަނޯން ޗުއްޓީއަށް ރާއްޖެ
18 ޑިސެމްބަރު 2018 | އަންގާރަ 06:19ޗުއްޓީ ހޭދަކުރަނީ ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާގައި


ކްރިތީ ސަނޯން
ހީރޯ ޕަންތީއިން އާއްމުންގެ ތެރެއަށް މަޝްހޫރުވި ކްރިތީ ސަނޯން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އޭނާ ރާއްޖެ އައިސްފައިވަނީ ހޯމަ ދުވަހު ކަމަށް އޭނާގެ އިންސްޓަގްރާމްގެ ފޮޓޯ ތަކުގެން އެނގެއެވެ. އޭނާ ރައްޖެ އައިސްފައިވަނީ އޭނާގެ ކޮއްކޮ ނުޕުރް ސަނޯންގެ އިތުރުން އޭނާގެ މަންމަ އާއި ބައްޕަ އާއިވެސް އެކުއެވެ.
އާއިލާގެ މެމްބަރުންނާއި އެކު ކްރިތީ ޗުއްޓީ ހޭދަ ކުރަމުންދަނީ ތާޖް އެކްޒޯޓިކާ ރިސޯޓް އެންޑް ސްޕާގައެވެ.
ހޯމަ ދުވަހު އިންސްޓަގްރާމް ކުރި ފޮޓޯއެއްގެ ކެޕްޝަންގައި ކްރިތީ ލިޔެފައި ވަނީ "ރީތީ ރާއްޖެ. އާއިލާއާއި އެކު ޗުއްޓީ ހޭދަމިކުރަނީ ވަރަށް ގިނަ ދުވަސްތަކަކަށް ފަހު" އެވެ.
View this post on Instagram And we are here..!! The beautiful Maldives!! Family holiday after years! @geeta_sanon @nupursanon @sanonrahul @tajmaldives @tajhotels @makeplansholidays #Maldives A post shared by Kriti (@kritisanon) on Dec 16, 2018 at 9:54pm PST
ކްރިތީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރޯހިތް ޖުގްރާޖް ޑައިރެކްޓްކުރާ ފިލްމު "އަރްޖުން ޕަޓިއާލާ" އިންނެވެ. ފިލްމީ ދާއިރާއަށް 2014 ވަނަ އަހަރު ނިކުތް ކްރިތީ އެންމެ ފުރަތަމަ ފެނިގެންދިޔައީ ތެލުގޫ ފިލްމު "ނެނޯކަޑިން" އިން ދެކުނުގެ މަޝްހޫރު އެކްޓަރު މަހޭޝް ބާބޫއާއި އެކުއެވެ.
ކްރިތީ ވަނީ މިހާތަނަށް ހަ ފިލްމެއް ކުޅެފައިއެވެ. އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ހައުސް ފުލް 4 ކުންވެސް ކްރީތީއަށް ވަނީ ޖާގަ ލިބިފައިއެވެ.







