Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ އިންޑިއާ ދަތުރުފުޅު

ގުޅުން ދަމަހައްޓާނީ ޚާރިޖީ ސިޔާސަތަށް ލޮޅުމެއް ނާރާނެހެން: ރައީސް ސޯލިހު

16 ޑިސެމްބަރު 2018 | އާދީއްތަ 14:09

ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަކީ، ޚާރިޖީ ސިޔާސަތުގެ ދެވަނަ ރުކުންކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 16 ޑިސެމްބަރު 2018 | އާދީއްތަ 14:09
ރައީސް ސާލިހު ދިއްލީގައި ތިބި ދިވެހިންނާއި ބައްދަލުކުރެއްވުން

ރައީސް ސާލިހު ދިއްލީގައި ތިބި ދިވެހިންނާއި ބައްދަލުކުރެއްވުން

ރަހުމަތްތެރި ގައުމުތަކާއިއެކު ރާއްޖެއިން ގުޅުން ދަމަހައްޓާނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އެއްވެސް ލޮޅުމެއް ނާރާނެ ގޮތެއްގެ މަތިންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާ އާދިއްތަ ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ ގައުމީ ސިޔާދަތު ހިމާޔަތްކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުން ކަމަށެވެ. އަދި ދޭދޭ ގައުމުތަކާއިއެކު އޮންނަ ގުޅުން ދަމަހައްޓާނީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ނުގެއްލޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަކީ، ޚާރިޖީ ސިޔާސަތުގެ ދެވަނަ ރުކުންކަމަށާއި، ރަހުމަތްތެރި ގައުމުތަކުން އިގްތިސާދީ ގޮތުން ރާއްޖެއަށް ވެދޭ އެހީތެރިކަން އަބަދުވެސް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެކުނު އޭޝިއާ ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ އެއް އަމާޒު. މި ދަތުރުގައިވެސް ސަރަހައްދީ އެއްބާރުލުމާއި، އެކުވެރިކަން އާލާކުރުމާއި ގުޅޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު އިރާދަކުރެއްވިއްޔާ މަޝްވަރާ ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖެފަދަ ކުޑަ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ މުހިއްމު ވަސީލަތަކީ، ބައިނަލްއަގުވާމީ މުޖުތަމައުއާގުޅުން ބަދަހިކުރުން ކަމަށާއި އެހެންކަމުން އެ ގުޅުން ކެނޑިގެން ހިނގައިދާނެ ފަދަ ކަމެއް ނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާއާއިއެކު ބަދަހިގުޅުމެއް އޮތުން މުހިއްމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިއްލީގައި ތިބި ދިެވހިންނާއި ރައީސް ބައްދަލުކުރެއްވުން

ދިއްލީގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ނިމިދިޔަ ސަރުކާރުން އިންޑިއާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެންދިޔަ ކަމަށެވެ. އެކަމުގެ ސަބަބުން ދިވެހިންނަށް އެތައް ދައްޗަކާއި ކުރިމަތިލާން ޖެހުނުކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ވިސާގެ ދަތިކަން އޮތް މިންވަރު ފާހަގަކުރައްވާ ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާއިއެކު ސޮއިކުރާ އެއްބަސްވުމުގެ ދަށުން ބޭސްފަރުވާއާއި ޓޫރިޒަމާއި ވިޔަފަރިއާއި ގުޅޭ ކަންކަމަށް ކޮންމެ ހަ މަހަކުން 90 ދުވަހުގެ ވިސާ ލިބޭ ނޭކަމަށެވެ. ޓޫރިސްޓް ވިސާގައި އެތެރެވުމަށްފަހުވެސް ސިއްހީ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކަށާއި، އެހީތެރިންނަށްވެސް މެޑިކަލް ވިސާ ލިބޭނެ ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހޭ މީހުން އެންމެ ގިނަ ވެގެން ހަ މަސް، ނުވަތަ ހާލަތަށް ބަލައި އެއް އަހަރާ ހަމައަށް އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވިސާ ދޫކުރާނެކަމަށާއި، އެފަދަ ހާލަތެއްގައި ވިސާ ދޫކުރާނީ ދެ އެހީތެރިންނާވެސް އެކުކަމަށް ވިދާޅުވިއެވެ.

އިންޑިއާގައި ކިޔަވަން ހުންނަ މުއްދަތަށް ނަމަ، މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ދޫކުރާނެކަމަށާއި، އުމުރުން 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށް އެ ދަރިވަރެއްގެ ވިސާގެ މުއްދަތަށް މަލްޓިޕަލް އެންޓްރީ ވިސާ ލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަތީ ތައުލީމަށް ކިޔަވަން ނުވަތަ އެކި ކަންކަމާ ގުޅޭ ރިސާޗް ހެދުމަށްޓަކައި އިންޑިއާގައި ތިބޭ ދަރިވަރުންގެ ކުދިން 18 އަހަރުން ދަށް ނަމަ އަނބިންނާއި ފިރިން އަދި މައިންބަފައިންނަށް ވެސް ވިސާ ހަމަޖައްސައި ދޭނެކަމަށް މި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އިންޑިއާގައި ކިޔަވަން ތިބޭ ބެލެނިވެރިންގެ 18 އަހަރުން ދަށުން ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ހާލަތަށް ބަލައި އެ މީހުންނަށް ވެސް ވިސާ ހަމަޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިދަތުރު ފުޅުގައި ވިސާ އެގްރިމެންޓްގައި ސޮއިކުރައްވާނީ ހޯމަދުވަހުއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

05 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލީ އެހެން ގައުމެއްގެ ނުފޫޒަކުން ނޫން: އަނިލް

05 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލީ އެހެން ގައުމެއްގެ ނުފޫޒަކުން ނޫން: އަނިލް
05 ޖޫން 2017

ރާއްޖެއިން ފަހަރަކު މުސްލިމް ޤައުމަކާ ގުޅުން ކަނޑަމުން ދިއުމަކީ ދެރަކަމެއް:ރައީސް މައުމޫން

05 ޖޫން 2017
ރާއްޖެއިން ފަހަރަކު މުސްލިމް ޤައުމަކާ ގުޅުން ކަނޑަމުން ދިއުމަކީ ދެރަކަމެއް:ރައީސް މައުމޫން
05 ޖޫން 2017

ޤަތަރާ ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުންދިނުމަށް ގައުމީ ރޫހާހިލާފަށްކުރި ކަމެއް: އެމްޑީޕީ

05 ޖޫން 2017
ޤަތަރާ ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުންދިނުމަށް ގައުމީ ރޫހާހިލާފަށްކުރި ކަމެއް: އެމްޑީޕީ
05 ޖޫން 2017

ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ

05 ޖޫން 2017
ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ
05 ޖޫން 2017

ޤަތަރާއި ގުޅުން ކަނޑާލީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުން!

05 ޖޫން 2017
ޤަތަރާއި ގުޅުން ކަނޑާލީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުން!
05 ޖޫން 2017

ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި

05 ޖޫން 2017
ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް