Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވާވޭ ސީއެފްއޯ

ވާވޭ އާއި މެދު އަހަރެން ފަހުރުވެރިވޭ : މެންގް ވަންޒޫ

14 ޑިސެމްބަރު 2018 | ހުކުރު 02:31

ތާއިދު ކުރާ އެންމެންަށް ޝުކުރު އަދާކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް | 14 ޑިސެމްބަރު 2018 | ހުކުރު 02:31
މެންގް ވަންގްޒޫ ވަކާލާތުގެ ދަށުން މިނިވަން ވުމަށްފަހު ކޯޓު ބޭރުގައި

މެންގް ވަންގްޒޫ ވަކާލާތުގެ ދަށުން މިނިވަން ވުމަށްފަހު ކޯޓު ބޭރުގައި

ވާވޭ ކުންފުންޏާއިމެދު ފަހުރުވެރިވާ ކަމަށް ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޒޫ ބުނެފިއެވެ.

އުމުރުން 46 އަހަރުގެ ވަންގް މިހެން ބުނެފައިވަނީ ކަފާލާތުގެ ދަށުން މިނިވަން ވުމަށް ފަހު އޭނާގެ ވީ ޗެޓްގައި ޗައިނާ ބަހުން ލިޔުނު ލިޔުމެއްގައެވެ.

"އަހަރެން ވާވޭއާ މެދު ފަހުރުވެރިވޭ. އަދި އަހަރެންގެ އުފަން ގައުމު (ޗައިނާ) އާ މެދުވެސް ފަހުރުވެރިވޭ،" މެންގް ވީޗެޓްގައި ލިޔުނެވެ.

ކަފާލާތުގެ ދަށުން މިނިވަންވުމުން އެކަމުގެ އުފާ ފާޅުކުރަމުން ވަންގް ވީޗެޓް ގައި އިތުރަށް ލިޔުނީ އޭނާ މިހާރު ހުރީ ވެންކޫވާގައި އޭނާގެ އާއިލާގެ މީހުންނާ އެކު ކަމަށެވެ. އޭނާއަށް ތާއިދު ކުރާ އެންމެންނަށް ވަންގް ވަނީ ޝުކުރު އަދާކޮށްފައިއެވެ.

ވާވޭ ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅު ވަންގް ކަފާލާތުގެ ދަށުން ދޫކޮށްލީ 7.4 މިލިއަން ޑޮލަރުގެ ކަފާލާތެއްގެ ދަށުން ކަމަށް ކެނެޑާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކަނޑައެޅުމަށްފަހުއެވެ.

އޭގެ ތެރޭގައި އޭނާ ގެންގުޅޭ ދެ ޕާސްޕޯޓް ކޯޓަށް ހަވާލުކުރުމުގެ އިތުރުން ފުލުހުން ދީފައިވާ އިލެކްޓްރޯނިކް ޓެގް ބްރެސްލެޓް އަޅައިގެން އުޅުމަށް ވަނީ ފުލުހުން އޭނާ އަށް ޝަރުތު ކޮށްފައިއެވެ

ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ކޯޓުން ވަންގް މިނިވަން ކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ އަށެއް ޖެހިއިރު ކަމަށް ކޯޓު ބޭރުގައި ތިބި ނޫސްވެރިންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މެންގް ހައްޔަރު ކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހު ވެންކޫވާ އެއާޕޯޓުންނެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ވާވޭގެ ސަބްސިޑަރީ ކުންފުންޏެއް ހަދައިގެން އިރާނާއި ވިޔަފާރި ކުރިކަމުގެ ތުހުމުތުގައިއެވެ. އެމެރިކާއިން ދަނީ އެމެރިކާއާ ވަންގް ހަވާލުކުރުމަށް ކެނެޑާގައި އެދެމުންނެވެ. ވަންގް ހައްޔަރު ކުރުމާއިއެކު ޗައިނާއިން ދަނީ އޭނާ ދޫކުރުމަށް ކެނެޑާއަށް ގޮވާލަމުންނެވެ.

ޗައިނާއިން ވަނީ މި ހަފްތާ ތެރޭގައި ކެނެޑާގެ ޑިޕޮލްމެޓެއްގެ އިތުރުން ވިޔަފާރިވެރިޔަކުވެސް ހައްޔަރު ކޮށްފައިއެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާވާތީ ކަމަށް ޝައްކު ކުރެވޭތީ ކަމަށް ޗައިނާ އިން ބުނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް