Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެކްސިޓް

އިތުބާރުނެތް ކަމުގެ ވޯޓުން ތެރީސާ މޭ ސަލާމަތްވެއްޖެ

13 ޑިސެމްބަރު 2018 | ބުރާސްފަތި 04:51

ވޯޓުގެ 63 އިން ސައްތަ މޭ ކާމިޔާބު ކުރެއްވި

އަމަން ހަލީމް
އަމަން ހަލީމް | 13 ޑިސެމްބަރު 2018 | ބުރާސްފަތި 04:51
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުން ވަކިކުރުމަށް އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭއާއި ދެކޮޅަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓުން އެކަމަނާ ސަލާމަތް ވެވަޑައިގަންނަވައިފިއެވެ.

ވޯޓުގެ 63 އިން ސައްތަ ލިބުމާއި ގުޅިގެން ކޮންޒަވެޓިވް ޕާޓީގެ ލީޑަރުކަމުން މޭ ދުރުކުރަން ވޯޓެއް ދެން ނެގޭނީ އެއް އަހަރު ފަހުންނެވެ.

ވޯޓަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މޭ ވަނީ ރައްޔިތުން ބޭނުންވާ ގޮތާއި އެއް ގޮތަށް ބްރެކްސިޓްގެ ކަންކަން ކުރިޔަށް ދާނެ ކަމަށް ވައުދުވެފައެވެ. މޭ އާ ދެކޮޅަށް ވޯޓު ދެއްވި ހުރިހާ މެމްބަރުންގެ ވާހަކަތައް ވެސް އަޑުއިވިއްޖެ ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ. 2022 ވަނަ އަހަރު އޮންނަ އިންތިހާބުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވެސް މޭ ވަނީ ހާމަ ކުރައްވާފައެވެ.

ބުރާސްފަތި ދުވަހު އޮންނަ ޔޫރަޕުގެ އިއްތިހާދުގެ ސަމިޓުގައި މިހާރު ވެފައިވާ އެއްބަސްވުން މުރާޖާކުރަން ވަކާލާތު ކުރައްވާނެ ކަމަށް މޭ ވިދާޅުވެފައެވެ. ޔޫރަޕުގެ އިއްތިހާދުގައި ހިމެނޭ ގައުމުތަކުން ކުރިން ބުނެފައި ވަނީ މި އެއްބަސްވުމަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

މޭގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހުނީ ކޮންޒަވެޓިވް ޕާޓީގެ 48 މެމްބަރުންގެ ސޮޔާއި އެކު، ބްރެކްސިޓްގެ ސިޔާސަތުތަކާއި މެދު ހިތްހަމަނުޖެހިގެން އެކަމަނާ ވަކިކުރަން ހުށައެޅުމުންނެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ މި ވޯޓަކީ މޭއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އެ ޕާޓިގެ 317 މަޖިލިސް މެމްބަރުންގެ ތެރެއިން 117 މެމްބަރުން މޭއާ ދެކޮޅަށް ވޯޓު ދިނުމަކީ އަރައިގަންނަން އުނދަގޫވާނެ ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވިދާޅުވީ ޕާލިމަންޓުގައި އޮތް މެޖޯރިޓީ މިހާރު މޭއަށް ގެއްލިއްޖެ ކަމަށެވެ. ނަމެވެސް މަޖިލީހުގައި މޭއާއި ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނީ މޮޅު ވާނެ ކަން ޔަގީންވުމުން ކަމަށް އެ ޕާޓީއިން ވަނީ ހާމަކޮށްފައެވެ.

ބްރެކްސިޓްއަކީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް އެގައުމުގެ ރައްޔިތުން 2016 ވަނަ އަހަރު ނެގި "ބްރިޓިޝް އެގްޒިޓް" ވޯޓަށް ދެވުނު ނަމެކެވެ. އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ނިންމީ އެ ގައުމުގެ އިގްތިސާދަށް ގެއްލުން ލިބޭ ކަމަށް ބުނެއެވެ. ނަމަވެސް އެ ގައުމުގެ މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ އިގްތިސާދަށް އެންމެ ރަނގަޅު ގޮތަކީ އީޔޫގައި ދެމިއޮތުމެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި

08 ޖޫން 2017
ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި
10 މެއި 2017

ނުކޮރެއާގެ އާ ރައީސް މޫން ޖެއި އިން ރައީސްކަމުގެ ހުވާކުރައްވައިފި

10 މެއި 2017
ނުކޮރެއާގެ އާ ރައީސް މޫން ޖެއި އިން ރައީސްކަމުގެ ހުވާކުރައްވައިފި
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
17 އެޕްރީލު 2017

ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި

17 އެޕްރީލު 2017
ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް