Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެެމްއެމްއޭ

ބޭންކްތަކުން ޗެކް އެންޑޯޒް ކުރުން ހުއްޓާލައިފި

އެންޑޯޒް ކުރުން ހުއްޓުމަކަށް ގެނައުމުން ނިޒާމްގެ ތެރެއިން ކަންކަން ކުރެވޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2018 | ހޯމަ 13:08
ޗެކްގެ އަނެއް ފަރާތުގައި ސޮއިކުރުމުން އެހެން އެކައުންޓަކަށް ޗެކް ޖަމާކުރުމަށް އެންޑޯޒް ކުރެވެނޭ

ޗެކްގެ އަނެއް ފަރާތުގައި ސޮއިކުރުމުން އެހެން އެކައުންޓަކަށް ޗެކް ޖަމާކުރުމަށް އެންޑޯޒް ކުރެވެނޭ

ބޭންކްތަކުން ޗެކް އެންޑޯޒް ކުރުން ހުއްޓާލާފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގަވަނަރ ވިދާޅުވީ ޗެކް އެންޑޯޒް ކުރުން ހުއްޓުމަކަށް ގެނައުމުގެ ސަބަބުން ނިޒާމްގެ ތެރެއިން ކަންކަން ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

ޗެކް އެންޑޯސްކުރުމަކީ އެއް ފަރާތަކަށް ދޭ ޗެކްއެއް އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރެވޭ ގޮތަށް އޮންނަ އޮތުމެއް ކަމަށާއި މިހާރު މި ގޮތަށް ޗެކް އެންޑޯޒް ކުރުން ހުއްޓާލާފައިވާ ކަމަށެވެ.

ދިވެހި ރާއްޖޭގައި ހިންގާ ވިޔަފާރި ބޭންކްތަކުގެ ތެރެއިން، އެއް ބޭންކެއްގެ ކަސްޓަމަރަކު އެހެން ބޭންކެއްގެ ކަސްޓަމަރަކަށް ފައިސާ ދިނުމަށްޓަކައި ލިޔެފައިވާ ޗެކަށް ފައިސާ ދޫކުރުމުގައި، މެނުއަލްކޮށް ކުރީގައި ކުރެވުނުއިރު، ކޮންމެ ދުވަހަކު ކަނޑައެޅިފައިވާ ވަކި ވަގުތަކު ހުރިހާ ބޭންކްތައް އެ އޮތޯރިޓީއަށް ހާޒިރުވެ، ކޮންމެ ބޭންކަކުންވެސް އެ ބޭންކެއްގެ ކަސްޓަމަރުން ޑިޕޮސިޓް ކުރުމަށް ފާއިތުވި ދުވަހު އެ ބޭންކަށް ހުށަހަޅާފައިވާ އެހެން ބޭންކްތަކުގެ ޗެކްތައް، އެ ޗެކްތައް ނިސްބަތްވާ ބޭންކަކާ ޙަވާލުކުރަމުންދެއެވެ.

އެހެންކަމުން ކޮންމެ ބޭންކަކަށް ވެސް ލިބޭނީ އެ ބޭންކެއްގެ ޗެކްތަކެވެ.

އެގޮތުން، އެމްއެމްއޭއަށް ވެސް ލިބިގެންދާނީ އެހެން ބޭންކްތަކަށް ޑިޕޮސިޓްކުރުމަށް ހުށަހަޅާފައިވާ އެ އޮތޯރިޓީގެ ޗެކްތައް އެކަނި ކަމަށާއި މިހެންކަމުން، އެއްވެސް ބޭންކަކަށް އަދި އެ އޮތޯރިޓީއަކަށް ވެސް، އެހެން ބޭންކެއްގެ ޗެކްތަކުގައި ހިމެނޭ އެއްވެސް މަޢުލޫމާތެއް އެނގޭކަށް ނުއޮންނާނެ ކަމަށް ގަވަނަރު ވިދާޅުވިއެވެ.

އެހެން ބޭންކަކަށް ލިބުނު ޗެކްތަކަކީ ކޮން ފަރާތްތަކަކުން ކޮން ފަރާތްތަކަކަށް ދިން ޗެކްތަކެއް ކަން ނުވަތަ އެއިން ޗެކެއް އެންޑޯސްކޮށްފައިވާކަން ނުވަތަ ނޫންކަން، ޗެކު ހުށަހަޅާ ބޭންކާއި ޗެކް ރައްދުވާ ބޭންކު ފިޔަވާ، އެހެންއެއްވެސް ބޭންކަކަށް އަދި އެ އޮތޯރިޓީއަކަށް ވެސް ނޭނގޭނެ ކަމަށްވެސް ގަވަރނަރު ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ކުރިއަށްގެންދާނީ ޗެކް ކްލިއަރިންގ ކަމަށާއި މީގެ ބޭނުމަކީ ބޭންކްތަކަށް ލިބޭ އެހެން ބޭންކްތަކުގެ ޗެކްތަކުގެ ސެޓްލްމަންޓް ހެދުމަށްޓަކައި އެ ޗެކްތައް ނިސްބަތްވާ ބޭންކްތަކާ ޗެކްތައް ޙަވާލުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ގަވަނަރު ނަސީރު ވިދާޅުވީ ފައިނޭންޝަލް ސްޓެބިލިޓީ ނުވަތަ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓޭނީ، މާލީ ދާއިރާއާ މެދު އާންމުގެ ހިތުގައި އޮންނަންޖެހޭ އިތުބާރު ދެމެހެއްޓިގެން ކަމަށާއި އަދި، އިޤްތިޞާދު ކުރިއަރެވުމަށް މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށެވެ.

މިގޮތުން، ފައިނޭންޝަލް ސްޓެބިލިޓީއަށް ކުރިމަތިވާ ނޭދެވޭ ކަންކަމުގެ ރިސްކްތަކުގެ ސަބަބުން މުޅި އިޤްތިޞާދަށް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަކީ ރާއްޖޭގެ މަރުކަޒީ ބޭންކުގެ ހައިސިއްޔަތުން އެ އޮތޯރިޓީގެ ޒިންމާއެއް ކަމުގައިވީނަމަވެސް، މިކަން ޙާޞިލްކުރެވޭނީ ވަރަށް ގިނަ ފަރާތްތަކުގެ އިހްލާސްތެރި މަސައްކަތުން ކަމަށް ފާހަގަކުރައްވާ ގަވަނަރު ނަސީރު ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް، މާލީ ދާއިރާއާ ގުޅޭގޮތުން ކަންކަން ހާމަކުރުމުގެ ކުރިން އެކަންކަމުގެ ތެދު މަޢުލޫމާތު ސާފުކުރެއްވުމަކީ މުހިއްމު ކަމެއް ކަމެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫއައި ހޮޓެލްސްއިން ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައިފި

ޔޫއައި ހޮޓެލްސްއިން ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައިފި

06 ޖެނުއަރީ 2019
ނައިޓް މާކެޓް މިފަހަރު ދަރުބާރުގޭގައި، ފޯމް ދޫކުރުން އަންނަ މަހު

ނައިޓް މާކެޓް މިފަހަރު ދަރުބާރުގޭގައި، ފޯމް ދޫކުރުން އަންނަ މަހު

27 ނޮވެމްބަރު 2018
ރާއްޖޭގައި ކްރިޕްޓޯ ކަރެންސީ ބޭނުންކޮށްގެން ވިޔަފާރިކުރުން މަނާ: އެމްއެމްއޭ

ރާއްޖޭގައި ކްރިޕްޓޯ ކަރެންސީ ބޭނުންކޮށްގެން ވިޔަފާރިކުރުން މަނާ: އެމްއެމްއޭ

13 އޮކްޓޯބަރު 2018
ޓެސްލާ ކުންފުނި އަމިއްލަ ކުރުމުގެ ޕްލޭންތައް އީލަން މަސްކް ހުއްޓާލައިފި

ޓެސްލާ ކުންފުނި އަމިއްލަ ކުރުމުގެ ޕްލޭންތައް އީލަން މަސްކް ހުއްޓާލައިފި

26 އޯގަސްޓު 2018
ސްޓާބަކްސްގެ އައުޓްލެޓްތަކުގައި ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލަނީ!

ސްޓާބަކްސްގެ އައުޓްލެޓްތަކުގައި ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލަނީ!

10 ޖުލައި 2018

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު