Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ އިސްލާމްވި ދުވަސް

ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާނީ ސާބިތުކަމާ އެކު: އިސްލާމިކް މިނިސްޓަރު

9 ޑިސެމްބަރު 2018 | އާދީއްތަ 23:08

އިސްލާމް ވީއްސުރެ ގޮންޖެހުންތަކާ ކުރިމަތިވޭ: މިނިސްޓަރު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 9 ޑިސެމްބަރު 2018 | އާދީއްތަ 23:08
ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވާހަކަފުޅު ދައްކަވަނީ

ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވާހަކަފުޅު ދައްކަވަނީ

ރާއްޖެ އިސްލާމް ވީއްސުރެ، ދިވެހިންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާނީ ސާބިތުކަމާއެކީގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހަކީ ދިވެހި ތާރީހުގައި އެންމެ އުފާވެރި ޝަރަފުވެރި ދުވަސް ކަމަށެވެ.

Advertisement - newsAdvertisement

ދީނީ އިލްމުން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ޒާހިރު ވިދާޅުވީ ރާއްޖެ އިސްލާމްވީއްސުރެ ކުރިމަތިވި ގޮންޖެހުންތަކާ ދިވެހިން ކުރިމަތިލީ ސާބިތުކަމާއެކުގައި ކަމަށާއި އިރާދަ ކުރެއްވިއްޔާ ތާ އަބަދު ދިވެހިން ތިބޭނީ އިސްލާމް ދީން މަތީގައި ކަމަށެވެ.

"އާދެ ކުރިއަށް އޮތް ތާނގައި ވެސް ﷲގެ ވާގިފުޅާއެކު ދިމާވާ ކޮންމެ ގޮންޖެހުމަކަށް އަޅުގަނޑުމެން ކުރިމަތިލާނީ ވަރަށް ސާބިތުކަމާ އެކު. އިރާދަ ކުރެއްވިއްޔާ ތާ އަބަދު އަޅުގަނޑުމެން ތިބޭނީ މި މަތިވެރި ދީންމަތީގައި،" އަދާލަތު ޕާޓީގެ ފަރާތުން ވަޒީރުކަމަށް ވަޑައިގެންނެވި ޒާހިރު ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

މިނިސްޓަރުގެ ވާހަކަފުޅުގައި އިންސާނުނަށް ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން މިސާލު ދައްކަވަމުން އިންސާނުންނަށް ލިބިފައިވާ ނިއުމަތްތަކަށް ޝުކުރު ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

"އިންސާނުންނަށް އޮތް ގޮތަކީ މާތްﷲ ގެ ނިއުމަތް ލިބުމަށް އެދި ދުއާ ކުރުން. އެ ލިބުމަށް މަސައްކަތް ކުރުން. ފަހަރެއްގައި ވެސް ހިތަށް އަރައިގެން ނުވާނެ، ތިމާއަށް ލިބޭ ނިއުމަތަކީ ނުވަތަ ތިބާއަށް ލިބޭ އެ ތަނަވަސްކަމަކީ އެއީ ފަހަރެއްގައި ވެސް ތިމާގެ އަމިއްލަ މޮޅުކަމަކުން، ހާސިލު ކުރި އެއްޗެކޭ،" އިސްލާމިކް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި ޒާހިރު ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމް ދީން ގަބޫލުކޮށް، އެ ދީނަށް ދިވެހިން އެނބުރުމަށް އޭރުގެ ރަދުން ސްރީތިރިބަވަނަ އާދީއްތިޔަ ނުވަތަ ދަރުމަވަންތަ ރަސްގެފާނު އަމުރު ކުރެއްވީ ހިޖުރައިން 548 ވަނަ އަހަރުގެ އަބިއުލްއާޚިރު މަހުގައެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގައެވެ. ރާއްޖެ އަށް އިސްލާމީ ހިދާޔަތު ގެނެސްދެއްވި ބޭކަލަކާމެދު ބައެއް ތާރީހީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވިޔަސް، ދިވެހި ދައުލަތުން ރަސްމީކޮށް ކަނޑައަޅާފައި ވަނީ ރާއްޖެ އިސްލާމް ދީން ގެނެސްދެއްވީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއެވެ. އޭނާއަކީ މޮރޮކޯއިން ނުވަތަ މަޣުރިބުކަރައިން ރާއްޖެވަޑައިގެންނެވި ބޭފުޅެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް