Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުުޅި ރާއްޖެ ސާފްކުރުމުގެ ޕްރޮގްރާމް

މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށަނީ

މިއީ ސަރުކާރުގެ 100 ދުވަހުގެ އެކްޝަންޕްލޭންގެ ތެރޭގައި ހިމެނޭ ކަމެއް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2018 | ހުކުރު 16:40
އެންވަޔަރަމަންޓް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެންވަޔަރަމަންޓް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

"ސާފުރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ޝިޔާރުގެ ދަށުން މުޅި ރާއްޖެ ސާފްކުރުމުގެ ޕްރޮގްރާމެއް 8 ޑިސެމްބަރުވާ ހޮނިހިރު ދުވަހު ފަށަން އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފިއެވެ.

މި ހަރަކާތް ފެށޭނީ އަންނަ ހޮނިހިރު ދުވަހުގެ 7:30 ގައި މާފަންނު ސްޓޭޑިއަމް (ޓާރފް ދަނޑު) ސަރަހައްދުންނެވެ. މި ޕްރޮގްރާމް މާލޭގައި ފައްޓަވައި ދެއްވާނީ ޓާރފް ދަނޑު އެކެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މުޅި ރާއްޖެ ސާފުކުރުމުގެ މި ޕްރޮގްރާމްއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެކްޝަން ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ފުރަތަމަ 30 ދުވަހު ޕްލޭންގެ ތެރޭގައި އެންވަޔަރަމަންޓް މިިނިސްޓްރީންކުރަން ނިންމާފައިވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެއެވެ.

މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމާއި ގުޅޭ މައުލޫމާތު މީޑިއަށް ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ މި ޕޮރްގާމްގެ މައިގަނޑު ބޭނުމަކީ ކުނި މެނޭޖްކުރުމާއި، ވެށި ސާފްކުރުމުގެ އާދަ ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމެވެ. މިނިސްޓަރ ވިދާޅުވީ ހޮނިހިރުދުވަހު މި މަސައްކަތް ފެށޭއިރު، މިކަން ހުއްޓާ ނުލައްވާ ސިލްސިލާކޮށް ކުރިއަށްގެންދަވާނެ ކަމަށެވެ. މި ކަމަށް ރައްޔިތުންނާއި ކައުންސިލްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ކުނި މެނޭޖްކުރަމުން އަންނަ ގޮތުން ގިނަ މައްސަލަތަށް ދިމާވަމުން އަންނަ ކަމަށާއި، ތިމާވެށީގެ މައްސަލަތަކަށް ބަލާއިރު ކުނީގެ މައްސަލައަކީ އެންމެ މުހިންމު އެންމެ ބޮޑު އެއް މައްސަލަކަމަށެވެ. ކުނި އުކާލާ ގޮތުންނާއި ކުނި މެނޭޖްކުރާ ގޮތުން ތިމާވެށީގެ ގިނަ މައްސަލަތައް ދިމާވަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުނިކޮށިތަކުގައި ވަރަށް ބައިވަރު ކުނި ޖަމާވެފައި އެބަހުރި، އެ މި ދެންނެވީ ބައިބައި ނުކޮށް އޭގެ ގިންތިތަކަށް ނުބަހައި ސޯރޓްނުކޮށް ހުރި ކުނި. މިސާލަކަށް ޕްލާސްޓިކް އާއި ގޭގައި ގެންގުޅޭ ސާމާނު ސޯޓްއައުޓް ނުކޮށް ހުރީ . އެހެންކަމުން ކުނި އަލުން ބޭނުންކުރުން ހިމެނޭ އަލުން ބޭނުންކުރެވޭނެ ބާވަތްތައް ރިސައިކަލް ކުރެވޭކަށް ނެތް، ކުނި ގޮނޑުގައި ހުރި އެއްޗެހި ފިއްތާ ލުއިކޮށް ވޮލިއުމްކުރެވޭނެ ކުޑަކުރެވޭނެ ގޮތްތައް ކުނިގޮނޑުގައި ހަމަޖެހިފައެއް ނެތް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ކުނި މެނޭޖް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ކުނި މަދު ކުރަންޖެހޭ ކަމަށެވެ. ކުނި މެނޭޖްކުރުމުގެ ގޮތްތަށް ވެސް ދަސްކުރަން ޖެހޭ ކަމަށާއި، އަމިއްލަ އަށް އުކާލާ ކުންޏާއި މެދު ކޮންމެ ރައްޔިތަކު ވެސް ޒިންމާދާރުވާން އެބަޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާލޭގެ މަގުތަކަކީ ސާފު ރީތި މަގުތަކަކަށް ހެދޭނީ ސަރުކާރުން ކުރާ މި މަސައްކަތަށް ރައްޔިތުންގެ އެހީތެރިކަން ލިބިގެން ކަމަށާއި، ހޮނިހިރު ދުވަހު އޮންނަ މި ހަރަކާތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ މިނިސްޓްރީން އެދޭ އެދުމެއް ކަމަށެވެ.

ހޮނިހިރު ދުވަހު މުޅި ރާއްޖެ ސާފްކުރުމުގެ ޕްރޮގްރާމް ސަރުކާރުން ފައްޓަވާ އިރު، މިކަމުގައި މާލެ ސިޓީ ކައުންސިލާއި، ވެމްކޯ، ފުލުހުން އަދި އެމްއެންޑީއެފް އިން ބައިވެރިވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު