ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 40 މިލިއަން ރުފިޔާ ހަދިޔާކޮށްފި
4 ޑިސެމްބަރު 2018 | އަންގާރަ 09:00ތެލުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރު ކުޑަކުރުމަށް


ފޮރިން މިނިސްޓަރު ޝާހިދާއި ޖަޕާނު ސަފީރު ކަޒޫމީ އެންޑޯ
ޖާޕާނު ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 40 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޖަޕާނު ސަރުކާރުން ދޭ ފައިސާ އަކީ ކަނޑަށް އެޅޭ ތެލުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ގޮތުން ދީފައިވާ ފައިސާގެ އެހީއެއް ކަމަށް ފޮރިންގ މިނިސްޓްރީއިން މައުލޫމާތު ދެއެވެ.
ފޮރިން މިނިސްޓަރު ޝާހިދު އެއްބަސްވުމުގައި ސޮއިކުރައްވަނީ
ހޯމަދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވީ ރަސްމިއްޔާތުގައި ޖަޕާނުގެ ފަރާތުން ފައިސާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަޕާނުން ރާއްޖެ ކަޑައަޅުއްވާފައިވާ ސަފީރު ކަޒޫމީ އެންޑޯ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ.
ޖަޕާނަކީ ރާއްޖެއަށް ސިއްހީ އަދި އިޖްތިމާއި ދާއިރާއިން ގިނަ އެހީތަކެއް ވެދެމުން އަންނަ ގައުމުކެވެ. މިދޔަ އަހަރު ޖަޕާން ސަރުކާރުން ވަނީ ރާއްޖެއަށް 9.2 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް އެހީއެއް ދީފައިއެވެ. ރާއްޖޭގޭ ސިއްހީ ދާއިރާ ކުރިއެރުވުމުގެ ގޮތުން ޖަޕާނު ސަރުކާރުން ވަނީ 2.7 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް މިއަހަރު ޖޫންމަހުވެސް ދީފައިއެވެ. މިއެހީ ދިން އިރު ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މުޝީރު ގެންދަވަނީ ރާއްޖެއަށް އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.






