Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް

ޕްރައިމަރީއަކާ ނުލައި 24 މެމްބަރަކަށް ޕީޕީއެމުން ޓިކެޓް ދީފި

ނިހާން ވާދަ ކުރައްވަނީ ތިނަދޫ ދެކުނަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2018 | އަންގާރަ 13:20
ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔަތުގައި އެ ޕާޓީގެ މަޖިލިސް މެމްބަރުން

ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔަތުގައި އެ ޕާޓީގެ މަޖިލިސް މެމްބަރުން

އަންނަ އަހަރުގެ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ޕްރައިމަރީއަކާއި ނުލައި، ޕީޕީއެމްގެ 24 މެމްބަރަކަށް އެ ޕާޓީގެ ޓިކެޓް ދީފިއެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމަށް އެ މެމްބަރުންނަށް ޓިކެޓް ދީފައި ވަނީ ދާއިރާތަކަށް ކުރިމަތިލުމަށް އިއުލާން ކުރުމެއް ވެސް ނެތިއެވެ. ޓިކެޓް ދިން މެމްބަރުންގެ ތެރޭގައި މަޖިލީހަށް އިންތިހާބުވި ދާއިރާ ނޫން، އެހެން ދާއިރާތަކަށް ކުރިމަތިލުމަށް ވެސް ޓިކެޓް ދީފައިވެއެވެ. އެގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް ތިނަދޫ ދެކުނު ދާއިރާއަށް ވާދަ ކުރެއްވުމަށް ޓިކެޓް ދީފައިވެއެވެ. އަދި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދަށް ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލެއްވުމަށް ޕީޕީއެމްގެ ޓިކެޓް ދީފައިވެއެވެ. އަދި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު އިސްމާއިލް ޕީޕީއެމަށް ސޮއި ކުރެއްވިކަން އިއުލާންކޮށް، އޭނާއަށް ހޯރަފުށީ ދާއިރާގެ ޓިކެޓް ދީފައިވެއެވެ.

ޕްރައިމަރިއަކާ ނުލައި ޓިކެޓް ދީފައިވާ މެމްބަރުން:

1. ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު

2. ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް

3. ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު

4. ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް

5. މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލް ގާދިރު

6. ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން

7. އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް

8. ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ

9. އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

10. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

11. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ

12. މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް)

13. ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލު

14. ފޮނަދޫ ދާއިރާ އަބްދުއްރަހީމް އަބްދުﷲ

15. ގެމަނަފުށީ ދާއިރާ ޖަމީލު އުސްމާން

16. ގައްދޫ ދާއިރާ އަހުމަދު ރަޝީދު

17. މަޑަވެލި ދާއިރާ މުއާޒު މުހައްމަދު ރަޝީދު

18. ފުވައްމުލަކު ދެކުނު ދާއިރާ އަބްދުﷲ މަސީހު މުހައްމަދު

19. ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)

20. ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ

21. މާފަންނު ދެކުނު ދާއިރާ އަބްދުﷲ ރިފާއު

22. މާފަންނު މެދު ދާއިރާ އަސްމާ ރަޝީދު

23. ތިނަދޫ ދެކުނު ދާއިރާ އަހުމަދު ނިހާން ހުސައިން މަނިކު

24. ގަލޮޅު ދެކުނު ދާއިރާ އަހުމަދު އައްސަދު

އެ މެމްބަރުންނަށް ޓިކެޓް ދެއްވުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް ޕާޓީގެ ޓިކެއް ދިނުމުން ބައެއް ދާއިރާތަކުގައި ހިތް ނުތަނަވަސްކަން ހުރިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނީ އެމަނިކުފާނު އަމިއްލަފުޅަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކަމަށް ޔާމީން ވިދާޅުވިއެވެ.

އާ ޕާޓީއެއް ޔާމީން އުފައްދަން އުޅޭ ކަމަށް އަޑުފެތުރިފައި ވަނިކޮށް ރައީސް ޔާމީން ވިދާޅުވީ ޕާޓީއެއް އުފައްދަންޖެހޭ ނަމަ އެއީ ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މިރޭ މި ޓިކެޓް އެރުވުނީ ރައީސް ޔާމީންގެ ފަރާތުން. ރައީސް ޔާމީން މިވަގުތު ޕީޕީއެމްގެ ރައީސްއަކަށް މިހުރީ. އެހެންނަމަވެސް ރާއްޖޭގެ ކަންތައްތައް މިދާ ގޮތުން ކޮންމެ ކަހަލަ ކަމެއް ވެސް ނުވާނެ ކަމެކޭ އަޅުގަނޑު ނުދަންނަވާނަން. ޕާޓީއެއް އުފައްދަން ޖެހެންޏާ ޕާޓީއެއް އުފެއްދުމަކީ ކުރަންޖެހޭ ކަމެއް. އެކަމަކު މިހާރު އެއީކީ އެ ފުރުސަތެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން އަމިއްލަފުޅަށް ބޭނުންފުޅުވެގެން، 24 މެމްބަރަކަށް ޓިކެޓް ދެއްވާފައި ވަނީ ޕީޕީއެމަކީ އާންމު މެމްބަރުން ބޭނުންވާ ގޮތަށް، ޑިމޮކްރަޓިކް އުސޫލުތަކާ އެއްގޮތަށް ހިނގަމުންދާ ޕާޓީއެއް ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައި ވަނިކޮށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވައްޑެ ޕީޕީއެމުން ވަކި ކުރަން ނިންމައިފި

ވައްޑެ ޕީޕީއެމުން ވަކި ކުރަން ނިންމައިފި

26 މާރިޗު 2017
ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި

ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި

23 މާރިޗު 2017
އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ

އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ

13 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ

ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ

11 މާރިޗު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު