Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުޙައްމަދު ނަޝީދު

މިނިވަންކަން ހޯދުމަށް އެންމެ ބޮޑު ކަސްތޮޅެއް އެޅިފައި އޮތީ ދިވެހިބަހުން: ރައީސް ނަޝީދު

ދިވެހިބަސް މިނިވަން ވާންޖެހޭ ކަމަށް ވިދާޅުވި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 28 ނޮވެމްބަރު 2018 | ބުދަ 16:56

ދިވެހިންނަށް މިނިވަންކަން ލިބުމަށާއި ހޯދުމަށް އެންމެ ބޮޑު ކަސްތޮޅެއް އެޅިފައި އޮތީ ދިވެހި ބަހުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގ. އައިނާ އެޑަމް، އާމިނަތު އިބްރާހިމް ލިޔުއްވި "ޕޮލިޓިކަލް އައިޑެންޓިޓީ ޤާއިމް ކުރުމުމުގައި ބަހުގެ ދައުރު" ފޮތް އިފްތިތާހު ކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ޤަބޫލު ކުރައްވާ ގޮތުގައި ދިވެހިން އެންމެ ބޮޑަށް ކަސްތޮޅު އެޅިފައި ވަނީ ދިވެހި ބަހުންނެވެ.

ނަޝީދު ވިދާޅުވީ ދިވެހި ބަސް މިނިވަންވެގެން މެނުވީ ދިވެހިންނަށް ހަގީގީ މިނިވަންކަމެއް ނުލިބޭނެ ކަމަށެވެ. ރައްޔިތުން ކަންކަން ދެނެގަންނަނީ ބަސްތަކަކުން ކަމަށާއި ހިތަށް އެއްޗެއް ގެނެސް ކަމަކާއި މެދު ވިސްނަނީ ފެންނަ މަންޒަރުތަކަކަށް ވުރެ ބޮޑަށް ބަސްތަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެބޭނުންކުރާ ބަސްތައް މިނިވަން ނުވަނީ ނަމަ އަޅުގަނޑުމެނަށް މިނިވަން ވުމަށް، އަޅުގަނޑަށް އަބަދު ވެސް ފެނިފައި އޮންނަނީ އުދަނގޫވާނެ ކަމަށް، ހުދުމުހުތާރު ކަން ރައްޔިތުންގެ މައްޗަށް ފެތުރެމުން ދާއިރު، އެ ހުދުމުހުތާރުކަން ފެތުރުމަށް ބޭނުންކުރާ އެންމެބޮޑު ވަސީލަތަކީ ހަގީގަތުގައި ބަސް، ބިރުވެރިކަމެއް ވެސް ނޫން، އަނިޔާވެރި ކަމެއް ވެސް ނޫން، އަޅުގަނޑަށް ފެނުނުތާގައި އެންމެ ބޮޑަށް ބޭނުންކުރާ ވަސީލަތަކީ ބަސް،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ޖަލުގެ އަނިޔާގައި އެމަނިކުފާނަށް ވަރަށް ގިނަ ދުވަހު އުޅުއްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އެގޮތުން 18 މަސް ދުވަހު ޓިނު ގޮޅިއެއްގައި އޮންނަވަން ޖެހިވަޑައިގަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގޮޅީގައި އޮންނެވި ދުވަސްވަރު ތަހުގީގަށް ނެރެ ދައްކާ ވާހަކަތަކުން ބަހުގެ އެހެން ހަމަތަކެއް އެނގިގެންދިޔަ ކަމަށް ނަޝީދު ވިދާޅުވިއެވެ. ކިތަންމެ ރީތިކޮށް ސުވާލު ކުރިޔަސް އެ ބޭނުންކުރާ ބަސްތަކަކީ އަނިޔާވެރިކަމަށް ބޭނުންކުރާ ބަސްތަކެއްގެ ގޮތުގައި ސިފަ ކުރެވުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޕޮލިޓިކަލް އައިޑެންޓިޓީ" ޤާއިމް ކުރުމުގައި ބަހުގެ ދައުރު، މި ފޮތް ލިޔުއްވި އާމިނަތު އިބްރާހިމް ވިދާޅުވީ އެފަދަ ފޮތެއް ލިޔުއްވުމުގެ ޝައުގުވެރިކަން އުފެދުނީ 2005 ވަނަ އަހަރުން ފެށިގެން ރައީސް ނަޝީދު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުގައި ދިވެހި ބަސް މިނިވަން ކުރެއްވުމަށް ކުރެއްވި މަސައްކަތުން ކަމަށެވެ.

އާމިނަތު އިބްރާހިމްގެ މިފޮތުގައި އިލްމީ ދިރާސާތަކެއް ކުރައްވާފައިވާ އިރު، ރައީސް ނަޝީދުގެ ތަފާތު 10 ތަގްރީރެއްގައި ހިމެނޭ މުހިއްމު ކަންކަން ފާހަގަކުރައްވާފައި ވެއެވެ.

އެގޮތުން އެ ތަގްރީރުތަކުން، އެމަނިކުފާނު ގެންގުޅުއްވާ އާ ބަސްތަކާއި، އިހުގެ ބަސްތައް ގެންނެވުމަށް މަސައްކަތް ކުރައްވާފައިވާ މިންވަރުގެ އިތުރުން ވެސް އެހެން ކަންކަމަށް ބަލާފައިވެއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު