Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދުގެ ޝަރީއަތް

މިނިވަން ވެފައިވަނީ ދިވެހި ރައްޔިތުންގެ ސާބިތުކަމާއި ނުގުޑާފަދަ އަޒުމުގެ ސަބަބުން: ރައީސް ނަޝީދު

26 ނޮވެމްބަރު 2018 | ހޯމަ 12:10

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަކީ އިންސާފުވެރިކަމާއި އެކީ ހިގާނެ ޝަރުއީ ނިޒާމަކަށް ވެގެން ދިއުމަށް އުއްމީދުކުރައްވާ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 26 ނޮވެމްބަރު 2018 | ހޯމަ 12:10
ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު މިނިވަންވެފައިވަނީ ދިވެހި ރައްޔިތުންގެ ސާބިތުކަމާއި ނުގުޑާފަދަ އަޒުމުގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިނިވަންވެ ވަޑައިގަތުމަށްފަހު ސުޕްރީމް ކޯޓް ބޭރުގައި ހުންނަވާ މީޑިއާތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އައި ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެ މަނިކުފާނުގެ މައްސަލައަކީ އިންތިހާއަށް ގައުމުގެ މަސްލަހަތާއި ގުޅިފައި އޮތް މައްސަލައެއްކަން އެނގިވަޑައިގެންނެވި ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އަލުން އެ މައްސަލަ މުރާޖައާކުރުމަށް އެދިވަޑައިގެންނެވީ އެ ސަބަބާއި ހުރެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މުރާޖައާކުރުމާއި ގުޅިގެން ދެންމެ އަޅުގަނޑުމެންނަށް އަޑު އިވުނު ހުކުމް އަޅުގަނޑުމެންނަށް އެ ލިބުނީ. އަޅުގަނޑު ދެކޭ ގޮތުގައި ހަގީގަތުގައި މި ގޮތަށް މި އަތަށް ނިމިގެން އެބުރިގެން ދިއުމުގެ އެންމެ ބޮޑު ސިއްރަކީވެސް އެންމެ ބޮޑު ސަބަބަކީވެސް ދިވެހިރާއްޖޭގެ ރައްޔިތުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު އުއްމީދުކުރައްވަނީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަކީ އިންސާފުވެރިކަމާއި އެކީ ހިނގާނެ ޝަރުއީ ނިޒާމަކަށް ވެގެން ދިއުން ކަމަށާއި، އަދި ރާއްޖޭގެ ޝަރުއީ ނިޒާމް އިންސާފުވެރި ކުރެވޭނެކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ އިސްލާހުތަކާއި އެކަމަށް ބޭނުންވާ ގާނޫނު ތަކާއި، ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަށް އަދި ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލު ގެނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވި ދުވަހުވެސް އަދި ހާއްސަކޮށް އެ ބޭފުޅާގެ ކެމްޕޭންގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އިންސާފު ގާއިމްކުރުމަކީ އެ ބޭފުޅާގެ ސަރުކާރުގައި އެ ބޭފުޅާގެ ވެރިކަމުގައި އެ ބޭފުޅާ ދެ ގޮތެއް ނުވެ ސާބިތުކަމާއިއެކު ކުރައްވަމުން ގެންދަވާނެ މަސައްކަތެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަން 2012 ވަނަ އަހަރު ނިމިގެން ދިޔައިރު އެމްޑީޕީ އޮތީ އިންސާފުގެ ދަތުރެއްގައި ކަމަށާއި، އޭރުވެސް ބޭނުންވެ ތިބީ ރާއްޖޭގެ ޝަރުއީ ނިޒާމާއި، ކޯޓުތަށް އިސްލާހުކުރުމުގެ މަސައްކަތް ކަމަށެވެ.

ރައީސް ނަޝީދަށް ކުރެވުނު 13 އަހަރުގެ ޖަލު ހުކުމުން އެ މަނިކުފާނު މިނިވަންވެވަޑައިގެންފައިވަނީ ހޯމަދުވަހުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް