Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެރަރިޒަމް

މެމްބަރު ސައުދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ކޯޓުން ބޭރުކޮށްލައިފި

މަދަނީ މިންގަނޑުން ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ނޮވެމްބަރު 2018 | އާދީއްތަ 08:11
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ މަދަނީ މިންގަނޑުތަކުން ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.

ސައުދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި ސައުދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ސަބަބަަށް ގުޅޭ ގޮތުން ސައުދުގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ އެ ދައުވާއާ ގުޅޭ ގޮތުން ދިފާއުގައި ފާހަގަ ކުރި ކަންތައްތަކަށް ދައުލަތުން ޖަވާބުދާރީވެފައި ނުވާ ކަމަށެވެ. އަދި ސައުދުގެ ފަރާތުން ފާހަގަ ކުރި ކަންކަމަށް ބެލުމަށްފަހު، ޤާނޫނީ ގޮތުން އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ސައުދުގެ ވަކީލު ވިދާޅުވިއެވެ.

އެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ސައުދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ އަސްލެއް ނެތް ސިޔާސީ ދައުވާއެއް ކަމުގައެވެ.

ސައުދުގެ މައްޗަށް މި ދައުވާ ސާބިތުވިނަމަ 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު