Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އިންތިޚާބުގައި އެމްޑީޕީ

އެމްޑީޕީއިން ވާދަކުރާނެ ދާއިރާތައް ހުކުރު ދުވަހު އިއުލާން ކުރަނީ!

25 ނޮވެމްބަރު 2018 | އާދީއްތަ 14:24

ޕްރައިމަރީ އޮންނާނީ ޖެނުއަރީ 18 ގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 25 ނޮވެމްބަރު 2018 | އާދީއްތަ 14:24
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް

ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް އަންނަ ހުކުރު ދުވަހު އިއުލާންކުރާނެކަމަށް އެޕާޓީ އިން ބުނެފިއެވެ.

2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީގެ ޓައިމްލައިން އެޕާޓީ އިން މިހާރު ވަނީ އިއުލާންކޮށްފައެވެ.

ހޮނިހިރު ދުވަހު އެމްޑީޕީން ކޮށްފައިވާ އިއުލާނެއްގައި ޕާޓީގެ ފަރާތުން ވާދަކުރާނެ ދާއިރާތައް އިއުލާން ކުރާނެ ދުވަހެއްކަމަށް ބަޔާންކޮށްފައި ވަނީ 30 ނޮވެމްބަރު 2018 އެވެ.

އެމްޑީޕީއިން ވަނީ އެޕާޓީގެ ޓިކެޓް ލިބޭނީ ޕްރައިމަރީއަކަށް ފަހު ކަމަށް އިއުލާންކޮށްފައެވެ. އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވުމުގެ މުއްދަތް ހަމަވަނީ 7 ޑިސެމްބަރު 2017 އެވެ. ޕްރައިމަރީގައި ވޯޓު ލެވޭނީ އެ މުއްދަތާއި ހަމައަށް މެމްބަރޝިޕް ފޯމް ޕާޓީއަށް ހުށަހަޅާ ފަރާތްތަކަށެވެ. ވޯޓާސް ލިސްޓް އާންމުކުރުމާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައި ވަނީ 13 ޑިސެމްބަރަށެވެ.

ވޯޓާރސް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާ ދުވަހަކީ 16 ޑިސެމްބަރެވެ. ފައިނަލް ވޯޓާރސް ލިސްޓް އާންމުކުރުމަށް ހަމަޖެހިފައި ވަނީ 18 ޑިސެމްބަރު ގައެވެ.

ޕްރައިމަރީގައި ވާދަ ކުރުމުގެ ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާ ދުވަހަކީ 19 ޑިސެމްބަރެވެ. އެމްޑީޕީ ޕްރައިމަރީގައި ވޯޓު ލުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

އެޕްލިކޭޝަން ފޯމް ހުށަހަޅާއިރު ތާއީދު ފޯމްގައި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކުރިމަތިލާ ދާއިރާ އަށް ވޯޓުލުން ހައްގުވާ 200 މީހުންގެ ސޮއި ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާންގައި ވެއެވެ.

އަންނަ ހުކުރު ދުވަހު އެމްޑީޕީ އިން ވާދަކުރާނެ ދާއިރާތައް އިއުލާންކުރާއިރު، މަޖިލީހުގެ 87 ގޮނޑިއަށް ވާދަކުރާނެ ގޮތަކާއި ގުޅޭ ގޮތުން އަދި ކޯލިޝަނުން ގޮތެއް ނިންމާފަ އެއް ނުވެއެވެ. ކޯލިޝަން ޕާޓްނަރުން ގޮނޑިތައް ބަހައިގެން ވާދަކުރުމުގެ ވާހަކަ ކުރިން ދެކެވިފައިވީ ނަމަވެސް، މިހާރު ދާއިރާތަކަށް ޕާޓީތަކުން ވަކިން ވާދަކުރުމުގެ ވާހަކަތަކުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި އެކަމާއި ގުޅޭ ގޮތުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއްގައި މި ހަފްތާ ބަންދުގައި މަޝްވަރާ ވެސް ކުރެވިފައި ވެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް