Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ)

އެމްޑީއޭއިން މަޖިލިހުގެ 87 ދާއިރާއަށްވެސް ވާދަކުރާނެ

ނިންމުން ނިންމާފައިވަނީ ޤައުމީ މަޖިލީހުގެ ޖަލްސާގައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 23 ނޮވެމްބަރު 2018 | ހުކުރު 14:37
އެމްޑީއޭގެ ލީޑަރު އަޙުމަދު ސިޔާމާއި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައެއް މެންބަރުން އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމަކަށް ހާޒިރުވަނީ

އެމްޑީއޭގެ ލީޑަރު އަޙުމަދު ސިޔާމާއި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައެއް މެންބަރުން އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމަކަށް ހާޒިރުވަނީ

އަންނަ އަހަރު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިމިދިޔަ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއިން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި އެމްޑީއޭގެ ޤައުމީ މަޖިލީހުގެ ޖަލްސާއިން ނިންމާފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މަޖިލީހުގެ 87 ދާއިރާއަށްވެސް އެ ޕާޓީގެ ކެނޑިޑޭޓުން ނެރެން ފެންނަ ކަމަށެވެ. ޤައުމީ މަޖިލީހުގެ މި ޖަލްސާގައި އެމްޑީއޭއިން ވަނީ ސިޔާސީ ކަންކަމާއި ދުރަށް ޖެހިވަޑައިގެން ހުންނެވި އެމްޑީއޭގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދާއި އެ ޕާޓީގެ ލީޑަރުކަން އަލުން ހަވާލުކުރުމަށްވެސް ނިންމާފައެވެ.

އެމްޑީއޭގެ ޤައުމީ މަޖިލިސް

އެމްޑީއޭއިން މިގޮތަށް ނިންމާފައިވާއިރު، އެ ޕާޓީން ކުރިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އާއި އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމުގެ މުއްދަތު ވަނީ ނިމިގެން ދިޔަ ރިޔާސީ ދައުރުގެ ނިޔަލަށް ހަމަވެފައެވެ.

ރިޔާސީ އިންތިޚާބާއި ގާތްވެގެން ދިޔައިރު، އެމްޑީއޭ އާއި ޕީޕީއެމް އާއި ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ވާހަކަތައް ދެކެވެމުން ދަނިކޮށް، އެ ޕާޓީގެ އޭރުގެ ލީޑަރު، ސިޔާމް ވަނީ ޕާޓީގެ ލީޑަރޝިޕާއި ދުރަށް ޖެހިވަޑައިގެން، ޕާޓީ ހިންގުން ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފާއި ހަވާލުކުރައްވާފައެވެ. ނިމިދިޔަ ރިޔާސީ ދައުރުގެ ނިޔަލަށް ޕީޕިއެމް އާއި އެމްޑީއޭގެ ކޯލިޝަން އެއްބަސްވުން ނިމުމަކަށް އައި ނަމަވެސް، ސިޔާސީ ދާއިރާއިން ސިޔާމް ދުރަށް ޖެހިވަޑައިގެންނެވި ހިސާބުން، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އެއްވެސް ފަރާތަކާއި އެކު ކޯލިޝަން ނުހެދުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

މި ނިންމުމާއި ގުޅިގެން އޭރުގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް ވަފާތެރި، އެމްޑީއޭގެ ދެ ނައިބު ލީޑަރުން ކަމުގައިވާ އޭރުގެ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ އާއި އޭރުގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވަނީ އެމްޑީއޭއިން ވަކިވެވަޑައިގެން، ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.

ރާއްޖޭގެ ބައެއް އަތޮޅުތަކުގައި އެމްޑީއޭއަށް ބޮޑު ތަރުހީބެއް އޮތް އިރު، އިލެކްޝަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، އެމްޑީއޭގެ ދަފްތަރުގައި ތިބީ 10648 މެންބަރުންނެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު އެ ތާރީޚުގެ ނިޔަލަށް އެމްޑީއޭއަކީ ރާއްޖޭގެ ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ.

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2020

ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރާ އިސްލާހު މުޅި މަޖިލިހުގެ ކޮމިޓީއަށް ފޮޮނުވައިފި

01 ޑިސެމްބަރު 2020
ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރާ އިސްލާހު މުޅި މަޖިލިހުގެ ކޮމިޓީއަށް ފޮޮނުވައިފި
06 ޖެނުއަރީ 2020

ހުރިހާ ކައުންސިލަކަށް ޖޭޕީން ވާދަކުރާނެ

06 ޖެނުއަރީ 2020
ހުރިހާ ކައުންސިލަކަށް ޖޭޕީން ވާދަކުރާނެ
22 ޖުލައި 2019

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ގޮތެއް އަދި ނުނިންމަން : ޝުޖާއު

22 ޖުލައި 2019
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ގޮތެއް އަދި ނުނިންމަން : ޝުޖާއު
03 ފެބުރުއަރީ 2019

މައުމޫނުގެ ތާއިދާއެކު މަޖިލީހުގެ 32 ދާއިރާއަކަށް ވާދަކުރާނެ: އަލީމް

03 ފެބުރުއަރީ 2019
މައުމޫނުގެ ތާއިދާއެކު މަޖިލީހުގެ 32 ދާއިރާއަކަށް ވާދަކުރާނެ: އަލީމް
30 ނޮވެމްބަރު 2018

މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ދާއިރާތައް އިއުލާން ކުރުން އެމްޑީޕީން ފަސްކޮށްފި

30 ނޮވެމްބަރު 2018
މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ދާއިރާތައް އިއުލާން ކުރުން އެމްޑީޕީން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު