Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދުލު އިންސާފް

ވަކިކުރަން ޖެހޭ ފަނޑިޔާރުން ވަކިކޮށްގެން ނޫނީ އަދުލު އިންސާފުގެ ނިޒާމް ރަނގަޅެއް ނުކުރެވޭނެ: ހަސީން

24 ނޮވެމްބަރު 2018 | ހޮނިހިރު 13:23

އަވަހަށް މައްސަލަތައް ނިންމަން ޖެހޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 24 ނޮވެމްބަރު 2018 | ހޮނިހިރު 13:23
ގާނޫނީ ވަކީލު ހަސީން: ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅައިގެން ނޫނީ ޝަރުއީ ދާއިރާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވި

ގާނޫނީ ވަކީލު ހަސީން: ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅައިގެން ނޫނީ ޝަރުއީ ދާއިރާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވި

ރާއްޖޭގެ އަދުލު އިންސާފު ރަނގަޅު ކުރެވޭނީ ވަކިކުރަން ޖެހޭ ފަނޑިޔާރުން ވަކިކޮށް، ފިޔަވަޅު އަޅަން ޖެހޭ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅައިގެން ކަމަށް ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވެއްޖެ އެވެ. ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބުރާސްފަތި ދުވަހުގެ ރޭ ހަސީން ވިދާޅުވީ މީގެ ކުރިން ބޭއިންސާފުން އަމަލުކުރި ފަނޑިޔާރުން މިއަދު އޭގެ އަނެއް ކޮޅަށް ހުކުމް ކުރަން ފެށުމުން އަދުލު އިންސާފު ރަނގަޅުވީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.

"ހަމަ އެ ކޯޓުތަށް އެ ކޯޓު ރޫމްތައް، އެ އިމާރާތަށް އަދި އެ އިމާރާތުގައި ތިބި ހަމަ އެ މުވައްޒަފުންތައް. ފަނޑިޔާރުންނަކީ ހަމަ އެ ފަނޑިޔާރުން. ދެން އަޅުގަނޑުމެން ގަބޫލުކުރަންވީ މި އޮތީ ހުރިހާ ކަމެއް ރަނގަޅުވެފައި އޭ، ރާއްޖޭގެ އަދުލު އިންސާފު މި އޮތީ ރަނގަޅުވެފައި އޭ؟ އެހެން އުއްމީދު ކުރާ ކަމަށްވާނަމަ ކިހިނެއްތޯ އަޅުގަނޑުމެން އަދުލު އިންސާފުގެ ނިޒާމް ރަނގަޅު ކުރާނީ؟ ޒިންމާދާރު ކުރަން ޖެހޭ ފަރާތްތައް ޒިންމާދާރު ކުރެވިގެން އަންނަން ޖެހޭ އަދަބެއް އައިސްގެން. އަދި ފަނޑިޔާރުންގެ ތެރޭގައި ވަކިކުރަން ޖެހޭ ބަޔަކު ތިބިއްޔާ ވަކިކޮށްގެން، ސުލޫކީ ފިޔަވަޅު އަޅަން ޖެހޭ ފަނޑިޔާރެއް ވެއްޖެއްޔާ އެ ފިޔަވަޅެއް އަޅައިގެން ނޫން ގޮތަކަށް އަޅުގަނޑުމެނަށް އިންސާފެއް ނުލިބޭނެ،" ހަސީން ވިދާޅުވި އެވެ.

އިންސާފު ގާއިމު ކުރުމަށްޓަކައި ޝަރުއީ ދާއިރާގައި ހުރިހާ ފަރާތްތައް ރަނގަޅު ކުރުމަށް ކުރަން، އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ނޫނީ މުޅި ޝަރުއީ ދާއިރާ ބަދަލު ކޮށް އިސްލާހް ނުކުރެވޭނެ ކަމަށް ތަކުރާރުކޮން ހަސީން ވިދާޅުވި އެވެ. އަދުލު އިންސާފު ލިބޭނީ ކޮންމެ މީހެއްގެ މައްސަލަ ވެސް އަވަހަށް ކޯޓުން ނިމި، ތަފާތު ކުރުން ނައްތާލައިގެން ކަމަށް ވެސް ހަސީން ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގައި އޭނާ ވަކާލަތުކުރައްވާ މައްސަލަ އެއް ހަ އަހަރުވީ އިރު ވެސް ނުނިމި އެބަ ހުރި ކަމަށެވެ.

Advertisement - newsAdvertisement

އިންތިގާލީ އަދާލަތަށް އެންމެ މުހިންމު އެއް ކަމަކީ އަދުލު އިންސާފުގެ ދާއިރާގައި ތިއްބެވި ފަރާތްތައް ވެސް ޖަވާބު ދާރީކުރުވުން ކަމަށް ހަސީން ފާހަގަ ކުރެއްވި އެވެ. އަދި އެހެންމެ ނުފޫޒުގައި ޖެހި ބައެއް ފަނޑިޔާރުން ހުކުމް ކުރައްވާފައި ވާނެ ކަމަށް އަމިއްލަފުޅަށް އިއުތިރާފުވެ ބަޔާން ދެއްވާފައިވާ އިރު އެ ފަދަ ފަނޑިޔާރުން ބަތިއްބައިގެން ޝަރުއީ ދާއިރާ އިން އިންސާފު ނު ލިބޭނެ ކަމަށް ހަސީން ފާހަގަ ކުރެއްވި އެވެ.

މީގެ ކުރިން އަނިޔާ ލިބުނު ފަރާތަށް އަނިޔާގެ ބަދަލު ހޯދައި ދިން ނަމަވެސް އެ އަނިޔާ އެ މީހުނަށް ދިން ފަރާތަށް އެކަމުގެ އަދަބު ލިބެން ޖެހޭނެ ކަމަށް ހަސީން ވަނީ ވިދާޅުވެފައި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް