Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
އޮރިއެންޓަލިސްޓުން

އޮރިއެންޓްލިސްޓުން ޙަދީޘާ ގުޅޭ ގޮތުން ދައްކަނީ ބުހުތާނު ވާހަކައެވެ.

މުސްލިމް ޢިލްމުވެރިންނަށް އެނގިވަޑައިގަންނަވާ ޙަދީޘްތައް އޮރިއެންޓަލިސްޓުންނަށް އެނގިފައި އޮތުމަކީ މުސްތަޙީލް ކަމެކެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2018 | ބުރާސްފަތި 01:02
އެމެރިކާގައި ބޭއްވުނު އެއްވުމެއްގެ ތެރެއިން: އޮރިއެންޓްލިސްޓުން މުސްލިމުން އޮޅުވާލުމަށް ގިނަ ގުނަ އުކުޅު ގެންގުޅޭ

އެމެރިކާގައި ބޭއްވުނު އެއްވުމެއްގެ ތެރެއިން: އޮރިއެންޓްލިސްޓުން މުސްލިމުން އޮޅުވާލުމަށް ގިނަ ގުނަ އުކުޅު ގެންގުޅޭ

29 ނޮވެމްބަރ 2018 ގެ ލިޔުމާ ގުޅޭ

ވާނީ ވެސް އެހެންތާއެވެ! އެމީހުންގެ ދީންތައް މިހާރު ވަނީ އެފަދަ ޙާލަތަކަށް ގޮސްފައި ވިއްޔާއެވެ. ﷲގެ ޙަޟްރަތުން ބާއްވައިލެއްވުނު ފޮތްތައް ވަނީ އަމިއްލަ އަތުން ބަދަލުކޮށްފައެވެ. އެއައްފަހު އެބައިމީހުން މި ބުނަނީ އެއީ ﷲގެ ޙަޟްރަތުން ބާއްވައިލެއްވުނު ފޮތެއް ކަމުގައެވެ. މި ދަޢުވާ ޙަޤީޤަތަކަށް ހެދޭނޭ އެއްވެސް ހެއްކެއް އެވެރިންނަށް ނުދެއްކެއެވެ.

މިބައިމީހުން ޙަދީޘްތަކާ ގުޅޭގޮތުން ދައްކާ ދޮގުވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަން އެނގިތިބެމެ، ޙަދީޘްގެ ޢިލްމުވެރިން ޙަދީޘްތައް ޤަބޫލު ކުރެއްވުމާއި ބަލައިގަތުމުގައި ގެންގުޅުއްވި މަންހަޖާއި ޝަރުޠުތައް އެނގޭ އިރު ވެސް އެފަދަ ވާހަކަ ދެއްކުމަކީ އެމީހުން ކުޑަކޮށް ވެސް ޖެހިލުންވާ ކަމެއްނޫނެވެ. މުސްލިމް ޢިލްމުވެރިންނަކީ އެމީހުންނަށްވުރެ ޢިލްމީ މައިދާނުގައި ދަށުދަރަޖައިގެ ބައެއް ނޫނެވެ. މުސްލިމް ޢިލްމުވެރިންނަށް އެނގިވަޑައިގަންނަވާ ޙަދީޘްތައް އޮރިއެންޓަލިސްޓުންނަށް އެނގިފައި އޮތުމަކީ މުސްތަޙީލް ކަމެކެވެ. ސަބަބަކީ މުސްލިމް ޢިލްމުވެރިން ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތުމަށްފަހު އުފެދުނު ފިތުނަތަކާއި ގުޅިގެން ޙަދީޘްތަކާއި މެދު ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދެއްވައި އެބޭކަލުންގެ ބެއްލެވުމުގެ ދަށުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ޙިމާޔަތް ކުރެއްވުމަށް މަސައްކަތްޕުޅު ފަށްޓަވާފައެވެ.

އެޒަމާނުގައިވެސް އަދި އޭގެ ފަހުން އެތަކެއް ޤަރުނުތަކެއް ވޭތުވެ ދިޔައިރު ވެސް ނު އުފައްދާ ޝައްކުތައް މީގެ 100 ވަރަކަށް އަހަރު ކުރިން އުފައްދާ އެކަންކަން ފަތުރަން މަސައްކަތް ކުރުމަކީ ވެސް މި މީހުން ދައްކާ ވާހަކަތަކުގެ ޞައްޙަ ކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. ޚާއްޞަކޮށް ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއި ގުޅިގެން ހުޅަނގު ޤައުމުތަކަށް އޮރިއެންޓަލިސްޓުންނާއި މޮޑައިނިސްޓުން މިފަދަ ވާހަކަތައް ނަގައި މުސްލިމުން އިސްލާމްދީނާއި ދުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރު ކުރިއެވެ. ޙަދީޘް ޢިލްމުގެ ފުންނާބު އުސް ޢިލްމުވެރިއެއް ކަމުގައިވާ 'ޢުޘްމާން ބުން ޢަބްދުއްރަޙްމާން އަބޫ ޢަމްރު އިބްނުއްޞަލާޙް ރަޙިމަހުﷲ ތަޢާލާ' އެކަލޭގެފާނުގެ 'އަންވާޢު ޢުލޫމުލް ޙަދީޘް' ކިޔުނު ފޮތުގައި ވިދާޅުވެފައި ވެއެވެ. "ޙަދީޘް ޢިލްމުވެރިންނާއި ފިޤުހު ޢިލްމުވެރިންގެ ތެރެ އިން ގިނަ ޢިލްމުވެރިން ވަނީ އެ ބޭކަލުން ލިއުއްވާ ޙަދީޘް ތަކުގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވެފައި ހުންނަންޖެހޭކަމަށް އިޖްމާޢު ވެލައްވާފައެވެ.

  1. ރާވީ: މުސްލިމަކުކަމުގައި ވުން
  2. ބާލިޣުވެފައިވާ މީހަކުކަމުގައި ވުން
  3. ބުއްދި ފުރިހަމަވެފައިވާ މީހަކަ ކަމުގައި ވުން
  4. ޢަދުލުވެރި އެއް ކަމުގައިވުން
  5. މުރުއްވަތްތެރި އެއް ކަމުގައިވުން
  6. ރަނގަޅަށް ހަނދާން ހުންނަ މީހަކުކަމުގައި ވުން
  7. ހުރިހާ ފާސިޤު ނުވަތަ ގޯސް ސިފަތަކުން ސަލާމަތްވެފައިވާ މީހެއްކަމުގައި ވުން
  8. ދީނީ ކަންތައްތަކަށް ފަރުވާތެރި ކަންކަމާއިމެދު ވިސްނާ ފިކުރު ކުރާމީހެއްކަމުގައިވުން
  9. ޙަދީޘް ދަސްކުރާއިރު އެއްވެސް ކުށެއްނެތި ރަނގަޅަށް ދަސްކުރާ މީހެއްކަމުގައި ވުން
  10. ރިވާކުރާ ޙަދީޘަކީ ހިތުން ކިޔައިދޭ ޙަދީޘެއްކަމުގައި ވާނަމަ އެއްވެސް ކުށެއްނެތި ފުރިހަމަކޮށް ކިޔައިދިނުމާއި، އަދި ރިވާކުރާ ޙަދީޘްއަކީ ލިޔެފައިވާ ޙަދީޘެއްނަމަ ލިޔުމުގައި އެއްވެސް ކަހަލަ ކުށެއްނެތް ހުރިހާ ކަމެއް ފުރިހަމަވެފައިވާ ޙަދީޘެއްކަމުގައިވުން

އަދި މިވަރުން މި ޝަރުޠުތަކާއިއެކު ފުއްދާލައްވަނީކީ އެއް ނޫނެވެ. މިސާލަކަށް، ޢަދުލުވެރިއެއްކަމުގައި އެބޭކަލުން ޤަބޫލުކުރައްވަނީ އެރާވީ އުޅުއްވާ ރަށެއްގެ އަހުލުވެރިން، އެއީ ޢަދުލުވެރިއެއްކަމުގައި ހެކިވުމުންނެވެ. މާނައީ އެއީ ޢަދުލުވެރިއެއް ކަމުގައި އެރަށުގެ އެންމެންގެ ތެރޭގައި މަޝްހޫރުވެފައިވުމެވެ. ދެންހުރި ޝަރުޠުތައް ވެސް މި އުޞޫލުން އެނގެންޖެހެއެވެ. އެރާވީއަކާމެދު މީސްތަކުން ޚިޔާލު ތަފާތުވެފައިވާ އެއްވެސް ރާވީއެއްގެ ޙަދީޘް ޤަބޫލު ނުކުރައްވައެވެ.

މިމީސްމީހުންނަށް ރައްދު ދެއްވަމުން މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُ بَشَرٌ ۗ لِّسَانُ الَّذِي يُلْحِدُونَ إِلَيْهِ أَعْجَمِيٌّ وَهَـٰذَا لِسَانٌ عَرَبِيٌّ مُّبِينٌ ﴿١٠٣﴾ النحل މާނައީ: އެކަލޭގެފާނަށް އުނގަންނައިދެއްވަނީ ހަމަކަށަވަރުން، އިންސާނެކޭ އެއުރެން ބުނެއުޅޭކަން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއުރެން އެކަލޭގެފާނަށް އުނގަންނައި ދޭކަމަށް ބުނާ މީހާގެ ބަހަކީ، ޢަޖަމީ ބަހެކެވެ. މިއީ (އެބަހީ: މި ޤުރްއާންގެ ބަހަކީ ބަޔާންވެގެންވާ ޢަރަބި ބަހެވެ.)

މީހުން އުފައްދާ އަނެއް ކުށްހީއަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ފޮތްތަކެއްގެ ސިފައިގައި ލިޔެވުނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތުމުގެ ދެޤަރުނު ފަހުންނެވެ. އެހެންވީމާ އެގޮތަށް ދެޤަރުނަ ފަހުން ލިޔެވުނު ފޮތްތަކުގައި ކުށްހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްތައް ލިއުއްވުމުގެ ތާރީޚަށް ބަލާލުމުން އެކަލޭގެފާނުންގެ ޙަޔާތްޕުޅުގައި ޙަދީޘްތަކުގެ ވަރަށް ބޮޑު ބައެއް ލިއެވެމުން ގޮސްފައިވާކަން އެނގިގެން ދެއެވެ. ޙަދީޘް ފޮތްތަކުގެ ތެރޭގައި ހިމެނޭ މުޞައްނިފާތް ތަކާއި ޖަވާމިޢް ތަކާއި ބާބުތަކަށް ބަހާލެވިފައިވާ ޙަދީޘް ފޮތްތައް ހިޖުރައިން 200 އަހަރުވުމުގެ ކުރިން ޢިލްމުވެރިން ލިއުއްވާފައިވެއެވެ. އެގޮތުން މުޢައްމަރު ބިން ރާޝިދު ގެ ޖާމިޢް އާއި ހިޝާމް ބުން ޙައްސާން އާއި އިބްނު ޖަރީޖުގެ ޖާމިޢް އާއި ސުފްޔާން އައްޘައުރީގެ ޖާމިޢް ހިމެނެއެވެ. މުޢައްމަރު ބިން ރާޝިދު އަވަހާރަ ވެފައިވަނީ ހިޖުރައިން 154 ވަނަ އަހަރުގައިއެވެ. ހިޝާމް ބުން ޙައްސާން އަވަހާރަވެފައިވަނީ ހިޖުރައިން 148 ވަނަ އަހަރުގައިއެވެ. އިބްނު ޖަރީރު އަވަހާރަވެފައިވަނީ ހިޖުރައިން 150 ވަނަ އަހަރުގައިއެވެ. ސުފްޔާން އައްޘައުރީ އަވަހާރަ ވެފައިވަނީ ހިޖުރައިން 161ވަނަ އަހަރުގައެވެ.

ނިމުނީ

ނޯޓު: މިއީ ޑރ. ޢަބްދުﷲ ޖަމީލް ލިޔުއްވާފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
ނަބިއްޔާގެ ސީރަތުން، ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ: ޑރ. ޢަލީ ޒާހިރު

ނަބިއްޔާގެ ސީރަތުން، ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ: ޑރ. ޢަލީ ޒާހިރު

25 މާރިޗު 2023
އޮރިއެންޓަލިސްޓުން ޙަދީޘާ ގުޅޭގޮތުން ދައްކަނީ ބުހުތާނު ވާހަކައެވެ.

އޮރިއެންޓަލިސްޓުން ޙަދީޘާ ގުޅޭގޮތުން ދައްކަނީ ބުހުތާނު ވާހަކައެވެ.

20 ނޮވެމްބަރު 2018
ރޯދައާ ގުޅޭ މައުލޫމާތު

ރޯދައާ ގުޅޭ މައުލޫމާތު

14 ޖޫން 2018
ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު

ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު

15 މެއި 2018

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު