Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަހްލޫފްގެ ޝަރީއަތް

މަހްލޫފްގެ މައްޗަށް ހުކުމް ކުރުން މާދަމާ

20 ނޮވެމްބަރު 2018 | އަންގާރަ 18:16

މަހްލޫފްގެ މައްޗަށް ދައުވާ ކުރަނީ ޓުވީޓަކާ ގުޅިގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 ނޮވެމްބަރު 2018 | އަންގާރަ 18:16
ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް

ހިނގާފައިނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް ކުރުމަށް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.

އެއަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ ބުދަ ދުވަހުގެ 11:00 އަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު މަހްލޫފުގެ މައްޗަށް ކޮށްފައިވާ މި ދައުވާއާ ގުޅިގެން އޭނާ ދިފާއީ ވަކީލެއްގެ ގޮތުން އައްޔަން ކުރެއްވި ނާޒިމް އަބްދުއްސައްތާރު އެ މައްސަލައިގައި ކޯޓަށް ވަޑައިނުގެންނެވޭނެ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ. އެއަށްފަހު މަހްލޫފު މި މައްސަލައިގައި ކޯޓަށް ވަޑައިގަންނަވަނީ ދިފާއީ ވަކީލަކު ނެތި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓަކާ ގުޅިގެން މަހްލޫފުގެ މައްޗަށް ކޮށްފައިވާ އެ ދައުވާއާ ގުޅިގެން މިދިއަ ޖޫން މަހުގެ ތިންވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މަހްލޫފު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ހުރި ގާނޫނީ މައްސަލަތަކެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން އެ އަޑުއެހުމުގައި މަހްލޫފުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަރެކްޝަނަލް ސަރވިސްގެ ސިޓީއަކާ ގުޅޭ ގޮތުން މަހްލޫފު ވިދާޅުވީ އެ ސިޓީގައި އޭނާ އެއްވެސް މައުލޫމާތެއް އެ މުއައްސަސާއަށް ނުދޭ ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން ކަރެކްޝަނަލް ސަރވިސްއަކީ ގާނޫނު ތަންފީޒުކުރާ މުއައްސަސާއެއް ކަމަށް ދައުލަތުން މާނަ ކުރާ ގޮތަށް ބެލި ނަމަވެސް މަހްލޫފުގެ ޓުވީޓްގައި ހުރި މައުލޫމާތުތައް އެ މުއައްސަސާއަށް ވެސް އަދި އެ މުއައްސަސާގެ އިސް މީހަކަށް ދީފައިނުވާކަން އެ ސިޓީއިން އެނގޭއިރު އެތަނަށް މައުލޫމާތު ދިން ކަމަށް ބަލައި އެ ދައުވާ ނުކުރެވޭނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ. ކަރެކްޝަނުން ފުލުހުނަށް ފޮނުވާފައިވާ އެ ސިޓީއަކީ މަހްލޫފު ކޮށްފައިވާ ޓުވީޓްއާއި ގުޅިގެން ދެކޭ ގޮތް ބެލުމަށް ފޮނުވި ސިޓީއެއްގެ ޖަވާބެކެވެ.

ހަމައެހެންމެ ހިނގާފައިނުވާ ކަމެއް ހިނގި ކަމުގެ މައުލޫމާތު މަހްލޫފު ދިން ގާނޫނު ތަންފީޒުކުރާ އިދާރާއަކީ ކަރެކްޝަނަލް ސަރވިސް ކަމަށް ދައުލަތުން ބުނުމުން މަހްލޫފު ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ 18 ވަނަ މާއްދާގައި ގާނޫނު ތަންފީޒުކުރާ އިދާރާތައް ކަމަށް ބުނެފައިވަނީ ފުލުހުން ނުވަތަ ޖިނާއީ ކުށްކުށް ތަހްގީގު ކުރުމުގެ ބާރު ގާނޫނު އަސާސީ އާއި ގާނޫނުން ލިބިފައިވާ ފަރާތްތައް ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި އެހެން އޮތަސް ކަރެކްޝަންސްއަކީ ޖަލު ހުކުމް ތަންފީޒް ކުރާ މީހުންގެ ހުރިހާ ކަންކަން ހަމަޖައްސައިދޭ ފަރާތްކަމަށްވާއިރު އެއީ ވެސް ގާނޫނު ތަންފީޒު ކުރާ މުއައްސާއެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ.

މަހްލޫފު ކުރެއްވި ޓުވީޓަކީ ގާނޫނު ތަންފީޒު ކުރާ މުއައްސަސާއަކަށް މައުލޫމާތު ދިން ކަމަށް ބެލެވޭނެ ހަމައެއް ކަމަށް ދައުލަތުން ބުނުމުން އެ ވާހަކަތަކަށް ރައްދު ދެއްވައި މަހުލޫފް ވިދާޅުވީ އެއީ އޭނާ ދިން މައުލޫމާތެއް ނޫން ކަމަށާއި އެއީ އޭނާ ކަމާމެދު ދެކޭ ގޮތް ހާމަކުރުން ކަމަށެވެ. އަދި ފުލުހުންގެ އިދާރާއަށް މައުލޫމާތު ދެވޭނެ ގޮތް ފުލުހުންގެ އާންމު ގަވާއިދުގައި ބަޔާން ކޮށްފައިވާއިރު ޓުވީޓު ކުރުމަކީ ފުލުހުންނަށް މައުލޫމާތު ދެވޭނެ ގޮތެއް ކަމަށް ވެސް އެ ގަވައިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެ ވާހަކަތައް އެގޮތަށް ވިދާޅުވުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ މާނަކުރުމުގެ ގާނޫނުގައި ދިނުމަކީ އެއްޗެއް ރައްދުވުން ނުވަތަ ފޯރު ކޮށްދިނުން ކަމަށްވާއިރު ޓުވީޓަކީ ވެސް މައުލޫމާތު ދެވޭނެ ވަސީލަތެއް ކަމަށެވެ.

ޖަލުތަކުގައި ބޭސްފަރުވާ ނުދީ މީހުން މަރުވަމުންދާ ވާހަކަ ބުނެ މި ދައުވާ ސާބިތުވާ ކަމަށް ނިންމައި ހުކުމެއް ކޮށްފި ނަމަ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އެޗްއާރުސީއެމް އިން ބައެއްގެ މައްޗަށް ދައުވާ ކުރަން ފަހުން ނިންމައިފިނަމަ އެކަން އިޔާދަވާނެތޯ މަހްލޫފު ސުވާލު އުފެއްދެވި އެވެ. އެހެން ވިދާޅުވީ އެޗްއާރުސީއެމް އިން އެ މައްސަލަ ތަހްގީގުކޮށް ބައެއް މީހުންގެ މައްޗަށް ދައުވާ ކުރަން ޖެހޭތޯ ބަލަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް މަހްލޫފް ވިދާލުވެފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް