ހޯމް މިނިސްޓަރު މީޑިއާ ކައުންސިލާއި ބައްދަލުކުރައްވައިފި
20 ނޮވެމްބަރު 2018 | އަންގާރަ 18:43މިއި މިނިސްޓަރ އިމްރާން މަޤާމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން މީޑިއާ ކައުންސިލާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރު


މިނިސްޓަރް އޮފް ހޯމް އެފެއާސް އިމްރާން އަބްދުﷲ މިޑިއާ ކައުންސިލާއި ބައްދަލު ކުރެއްވަނީ
މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް އިމްރާން އަބްދުﷲ މީޑިއާ ކައުންސިލްގެ މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީއާއި ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓަރު އިމްރާން މިޑިއާ ކައުންސިލާއި ބައްދަލުކުރެއްވީ ހޯމަ ދުވަހު މިނިސްޓްރީގައެވެ.
ހޯމް މިނިސްޓްރީގެ އިސްބޭފުޅުންގެ އިތުރުން މީޑިއާ ކައުންސިލްގެ މެމްބަރުން ބައިވެރި ވަޑައިގެންނެވި ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. ޝައިޚް އިމްރާން މަޤާމާއި ހަވާލުވެވަޑައިގެން މީޑިއާ ކައުންސިލާއި ބައްދަލުކުރެއްވުމަށް އިސްކަން ދެއްވިއިރު، މި މީޑީއާއަށް ފަހި މާހައުލެއްގައި މަސައްކަތްކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ސޯލިހު ވަނީ މީޑިއާތަކަށް ދެއްވާފައެވެ.



