ކ. މާލެ
|
19 ނޮވެންބަރ 2018 | ހޯމަ 18:45
އެމެރިކާގެ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަށް އަރުވަނީ
އެމެރިކާގެ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަށް އަރުވަނީ
ރައީސް އޮފީސް
ައެމެރިކާ ސަރުކާރު
އެމެރިކާގެ އައު ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އަށް އަރުވައިފި
މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވެންހުރި މަސައްކަތްތަކާމެދު މަޝްވަރާކުރެއްވި

އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އައު ސަފީރު އަލައިނާ ޓެޕްލިޓްޒް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، އެމެރިކާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ފޮނުއްވި ދައުވަތު ޤަބޫލުފުޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއަވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމުން، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައި ވެއެވެ.

މި ބައްދަލު ކުރެއްވުމުގައި، ރާއްޖެ އާއި އެމެރިކާއާ ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވެންހުރި މަސައްކަތްތަކާ މެދު ޚިޔާލު ފާޅުކުރެއްވިއެވެ. މީގެ އިތުރުން ދެ ޤައުމުން ވެސް އެޤައުމަކަށް ވެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމާއި މެދު މަޝްވަރާ ކުރައްވައި، އުފާ ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންނެވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް