Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިންތިޚާބު ކާމިޔާބު ކުރެއްވީވެސް އިބޫ، ހުވައި ކުރެއްވީވެސް އިބޫ!

އިންތިޚާބުގެ ކުރިން ޕީޕީއެމުން ބުނަމުންދިޔައީ ވޯޓުން މޮޅުވިއަސް ހުވައި ކުރައްވާނީ ރައީސް ޔާމިން ކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2018 | ހޮނިހިރު 14:55
އިބްރާހީމް މުހައްމަދު ސޯލިހް ހުވައި ކުރައްވަނީ

އިބްރާހީމް މުހައްމަދު ސޯލިހް ހުވައި ކުރައްވަނީ

އެއީ މީގެ ދެ ތިން މަހެއްހާ ދުވަސް ކުރިއެވެ. ރިޔާސީ އިންތިޚާބު ބޯމަތިވަމުން އައިއިރު އެންމެ ބާރަށް އިވެމުންދިޔަ ވާހަކައަކީ ވަރަށް ތަފާތު ވާހަކައެކެވެ. ޤަބޫލުކުރަން ދަތި ވާހަކައެކެވެ. ބަޔަކު ވަރަށް ބާރާއި އާރުގައި ދައްކަމުންދިޔަ ވާހަކައެކެވެ. މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި އެންމެހާ އިންސާނީ ހަމަތަކުގެ ބޭރުން އެ މީހުން އެވާހަކަ ދެއްކީ ވަރަށް ފަޚުރުވެރިކަމާ އެކު އެހާމެ ހެވިފައި ތިބެގެންނެވެ. އަޑުއަހަން ތިބި އެހެންމީހުންނަށް މަލާމާތް ކުރާ ގޮތަކަށެވެ. ހަޖޫ ޖަހާ ރާގަކަށެވެ.

ފަތުއަޑުކިޔާފައި އިވެމުންދިޔަ އެ ވާހަކައަކީ ވޯޓުން މޮޅުވެ އިންތިޚާބު ކާމިޔާބު ކުރާނީ އިބޫ ކަމަށެވެ. އެކަމަކު ހުވާ ކުރާނީ ޔާމިން ކަމަށެވެ.

ރައީސް ޔާމީނަށް އޮތް އާރާއި ބާރާ އެކު އެވާހަކަތައް ދައްކަމުންދިޔައިރު ގުޅިފައިވާ ޕާޓީތަކުގެ މީހުން ތިބީ ބިރުން ރޫރޫއަޅައަޅައެވެ. ދެންވާނެ ގޮތާ މެދު ސުވާލު އުފެދިފައެވެ. ކިތައްމެ ގިނަ ވޯޓެއް އެޅިއަސް ދެން ކަންކުރާނެ ގޮތެއް ހިސާބަކަށް ފަހުމްވާތީއެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ. ރައީސް ޔާމީންގެ ބާރުވެރިކަން ވަނީ އެވަރަށް ގަދަކޮށްފައެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމް ދުއްވާލީ ފަނުފުލުންނެވެ. އެއަކަށް ތަބައެއް ނުވިއެވެ. ބަދަލުކޮށްލީ އެކޯޓުގެ ބެންޗެވެ. ހައިކޯޓު އެއްކޮށް އަތްމައްޗަށް ކަހާލިއެވެ. އިންތިޚާބުގެ ކަންކަމުގައި ބަސްބުނާން އޮތީ އެދެތަން ކަމަށް ވާތީއެވެ. މިކަންކަމާއި ކުރިން ކޮށްފައިވާ ކަންކަމަށް ބަލާއިރު ރައްޔިތުންނަށް ސުވާލު އުފެދިފައި އޮތީ ލާ ވޯޓުގެ ނަތީޖާ ރަނގަޅުވާނެ ބާވައޭއެވެ. ވޯޓުން މޮޅުވިއަސް ވެރިކަން ބަދަލުވާނެ ބާވައޭއެވެ.

މި ސުވާލުތައް ހިތުގައި އޮތަސް ރައްޔިތުން ނިކުތީ އެ އަށް ވުރެ ބާރުގައެވެ. ހިތުން ހިތުގައި އެކަން އޮތް ނަމަވެސް ނުކުމެ ކުރަން ފެށީ އެ އަށް ވުރެ މާ ވަރުގަދަ މަސައްކަތެކެވެ. ވޯޓުން ފޮށިތައް ފުރާލިއެވެ. މަކަރެއް ހެދިޔަ ނުދީ ފާރަލިއެވެ. އިންތިޚާބުގެ ނަތީޖާ ބަދަލު ނުކުރެވޭ ވަރަށް ބޮޑުތަނުން ރައީސް ޔާމީން ބަލިކުރިއެވެ. އެއާ އެކު ޤައުމުގައި ހިންގަފާނެ ހަމަނުޖެހުމަކަށް ފާރަލައި އެކަން ވެސް ފެއިލްކޮށްލިއެވެ.

އިންތިޚާބުގެ ނަތީޖާ ނުބައި ގޮތަކަށް އިއުލާން ނުކުރެވުނީމާ ދެން ފެށީ ކޯޓު ތެރެއިން އެކަން ކުރާށެވެ. ނަތީޖާ ޤަބޫލު ނުކޮށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ދެން ވެސް ރައްޔިތުން ދުލެއް ނުދިނެވެ. ފުލުހުންނާ ސިފައިން ވެސް ރައްޔިތުންގެ ބަހަށް އެނބުރިއްޖެއެވެ. ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ކަމެއް ނުކުރެވޭނެ ކަމުގެ ވާހަކަ ބުނަން ފެށިއެވެ. އިސާހިތަކު ސުޕްރީމް ކޯޓުން ފަހު ބަސް އިއްވައިފިއެވެ. އިންތިޚާބުގެ މައްސަލައެއް ނެތްކަމާއި ނަތީޖާ ބަދަލު ކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިފިއެވެ. ޕީޕީއެމުން ކިތައްމެ ވަރަކަށް ވޯޓު ވަގަށް ނެގިކަމަށް ގޮވިއަސް އެއީ ދޮގެއް ކަމަށް ނިންމައިފިއެވެ.

ދެން ވެސް ރައްޔިތުން ތިބީ ސުވާލެއްގެ ތެރޭގައެވެ. އަދިވެސް ފަހު ބޮނޑިއެއް ވެސް އަޅާފާނެތީއެވެ. މަރުވާން ދަމުން ފަހު ވަޒަން ފޮނުވާލާ ބީދައިންނެވެ. އެކަމަކު މި ފަހަރު ވެސް ވީ ބައްޔެވެ. ރައްޔިތުން މޮޅުވެއްޖެއެވެ. ހުވައި ކުރެއްވީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހެވެ. އިންތިޚާބުން ބަލިވި ރައީސް ޔާމީނެއް ނޫނެވެ. ކަންވެ ނިމުނީ ރައްޔިތުން ނިންމި ގޮތަށެވެ. ޕީޕީއެމުން ބާރުގެ ބޭނުންކޮށްގެން ބުނަމުންދިޔަ ގަދަ ބަހަކާ އެއްގޮތަކަށް ނޫނެވެ. އަމުދުން މަތިން ގަޑި ޖެހުނީމާ ގަޓްކަން ދެއްކެވި ރައީސް ޔާމީނެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

27 މާރިޗު 2018
މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!

މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!

25 ޖެނުއަރީ 2018
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

19 އޮކްޓޯބަރު 2017
ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟

ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟

12 ސެޕްޓެމްބަރު 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު