Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް

ސުޕްރީމް ކޯޓަށް ބަދަލުތަކެއް ގެންނަަން ހުށަހެޅި އަގަކަށްވީ އަޅުގަނޑުގެ ސިޔާސީ ހަޔާތް ދުއްވާލުން: ނާޒިމް

18 ނޮވެމްބަރު 2018 | އާދީއްތަ 14:40

ހުންނަވާނީ ފާރިސް މައުމޫނާއެކު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ނޮވެމްބަރު 2018 | އާދީއްތަ 14:40
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ނާޒިމް

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރައްވައި، އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އަބްދުﷲ ސައީދު ގެންނެވުމަށް ކުރެއްވި މަސައްކަތުގެ އަގަކަށްވީ ސިޔާސީ ހަޔާތް ދުއްވާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްްޖެއެވެ.

ދެ އަހަރާއި 11 މަހާއި ހަތް ދުވަހު ރާއްޖޭން ބޭރުގައި އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމަށް ފަހު، ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ އޭނާއާ މެދު ރައީސް ޔާމީން ކަންކަން ކުރެއްވި ގޮތާއި، ޝަރީއަތް ހިންގާފައިވާ ގޮތުގެ އިތުރަށް ވެސް ދައްކަން ބޭނުންވާ ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement
"ހުލާސާކޮށް ބުނާ ކަމަށް ވަންޏާ އެ މައްސަލަ އެގޮތަށް ދިމާވީ، އަދި ޕީޖީ އެމައްސަލަ (ނާޒިމް ޖަލަށް ހުކުމް ކުރި މައްސަލަ) ސުޕްރީމް ކޯޓަށް ހުށަހެޅީ ވެސް ފަނޑިޔާރު އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރުކަމަށް އަންނަން ބޭނުންވެގެން ކުރެވުނު މަސައްކަތުގެ ތެރެއިން، ދެ ފަނޑިޔާރަކު އުނިކޮށްފައި އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރުކަން ހޯދަދޭން، ހުށަހެޅުއްވި ބަޔަކު ހުށަހެޅުއްވި އަގަކީ އަޅުގަނޑު ސިޔާސީ ހަޔާތް ނިމުމަކަށް ގެނައުން. އެގޮތަށް އެކަންވެގެން ދިޔައީ،" ރައީސް ޔާމީންގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެވާހަކަތަކުގެ ތަފްސީލްތައް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު އާއި ފަނޑިޔާރު މުއުތަސިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަވައި، ސުޕްރީމް ކޯޓުގެ އޭރުގެ ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ދަށް ކުރުމަށް ފާސްކޮށް، ވަކިކުރައްވައި ދެ ފަނޑިޔާރުންގެ ގޮތުގައި އޭރުގެ އުއްތަމަ ފަނޑިޔާރު ފާއިޒު އާއި މުއުތަސިމް ވެގެންދިއުމެވެ.

އެ ދެ ފަނޑިޔާރުން ވަކި ކުރެއްވުމަށް ފަހު، އުއްތަމަ ފަނޑިޔާރުގެ މަގާމަށް ވަޑައިގެންނެވީ ފަނޑިޔާރު އަބްދުﷲ ސައީދުއެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށް ބުނެ، ދައުވާތަކެއް އުފުލައި، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން ސައީދު ވަނީ ވަކިކުރައްވާފައެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ އޭނާ ރައީސް ޔާމީނާ ގުޅޭ ގޮތުން މި ހުރިހާ ދުވަހު އެއްޗެއް ވިދާޅު ނުވެ ހުންނެވީ، ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ދައުލަތުގެ ހުރިހާ ބާރެއް އެމަނިކުފާނުގެ އަތްޕުޅުގައި އޮތީމަ ކަމަށެވެ.

"އަޅުގަނޑަށް ހުކުމް ކުރުމުގެ ދެ ދުވަސްކުރިން ޔާމީން އަޅުގަނޑަށް މެސެޖްކުރެއްވި ވެއްޓިފައި އޮންނަ ފަތެއްވެސް ތިމަންނަ އެއްފުށުން އަނެއް ފުށަށް ނުޖަހާ ނަމޭ ނާޒިމަށް ގެއްލުމެއްވާ ގޮތަކަށް އެއީ ރައީސް ޔާމީން އަމިއްލަ ނަފްސަށް ހެއްދެވި އިތުރުފުޅެއް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުގައި މަސައްކަތް ކުރަމުންދާ އިރު، އޭނާ މަސައްކަތް ކުރައްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއެކު ކަމަށެވެ.

"މިމަސައްކަތުގެ ބިންގާ އެޅުނު ހިސާބަކީ އަޅުގަނޑު ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވި ހިސާބުން. އިބްރާހީމް މުހައްމަދު ސޯލިހު އާއި ފާރިސް މައުމޫން ބައްދަލުވާނެ ގޮތް އަޅުގަނޑު ސިންގަޕޫރުގައި ހުރި އިރު ހަމަޖައްސަ ދިނިން. އެއީ މި ކޯލިޝަންގެ ބިންގާއެޅިގެން ދިޔަ ހިސާބަކީ،" ނާޒިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް