Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެޓް މައްސަލަ

ފްލެޓް ލިބުނުކަމުގެ ލިޔުން ހޯދަން އަނެއްކާވެސް ކިޔޫ ހަދައިފި!

18 ނޮވެމްބަރު 2018 | އާދީއްތަ 10:18

ވަރަށް ގިނަ އަދަދެއްގެ އާންމުން އެ މިނިސްޓްރީގައި އެބަތިިބި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ނޮވެމްބަރު 2018 | އާދީއްތަ 10:18
އެ ސަރަހައްދަށް އެއްވެ ތިބި މީހުން ހިތްހަމަނުޖެހިގެން މިނިސްޓްރީ ބިއްލޫރިގަނޑު ތަޅާލަނީ

އެ ސަރަހައްދަށް އެއްވެ ތިބި މީހުން ހިތްހަމަނުޖެހިގެން މިނިސްޓްރީ ބިއްލޫރިގަނޑު ތަޅާލަނީ

"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ހޯދުމަށްޓަކައި ގިނަ އަދަދެއްގެ އާންމުން އެ ސަރަހައްދުގައި ކިޔޫ ހަދައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު 3 ޖެހިއިރު ހައުސިންގް މިނިސްޓްރީގައި ގިނަ އަދަދެއްގެ އާންމުން ކިޔޫ ހަދާފައިވާއިރު އެ ސަރަހައްދުގައި އެއްވެ ތިބި އާންމުން ވަނީ ޝަކުވާކޮށްފައެވެ. އެގޮތުން ފްލެޓް ލިބުނު ލިސްޓުގައި ނަން އޮތްކަމުގައިވީ ނަމަވެސް މިނިސްޓްރީ އަށް ދިޔުމުން ނަން ނެތްކަމަށް ބުނެ ފޮނުވާލާފައިވާ ކަމަށް އެ މީހުން ބުންޏެވެ. އެ ސަރަހައްދަށް އެއްވެ ތިބި މީހުން ވަނީ އެތެރެއަށް ނުވަދެވިގެން މިނިސްޓްރީގެ ބިއްލޫރި ދޮރު ވެސް ތަޅާލާފައެވެ.

Advertisement - newsAdvertisement

ފްލެޓްގެ ލިޔުން ދޫކުރުމާއި ބެހޭ ގޮތުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްލެޓްގެ ލިޔުން ހަވާލުކުރުން ހުކުރު ދުވަހުގެ ރޭ 12 ޖެހުމާއި ހަމައަށް ނު ނިމިއްޖެ ކަމަށްވާނަމަ ހޮނިހިރު ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށް ހުއްޓާނުލާ އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި އެކަމަށް އެޓާނީ ޖެނެރަލްގެ ލަފާ ލިބިފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ކުރަމުން އަންނަ ހަމައެކަނި މަސައްކަތަކީ ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުން ކަމަށާއި ބާކީ ހުރި މަސައްކަތްތައް ކުރާނީ އެޗްޑީސީ އިން ކަމަށެވެ. އެގޮތުން ފްލެޓްތަކުގެ އެގްރީމެންޓް ހެދުމާއި އެ ނޫން ވެސް ފްލެޓާ ގުޅޭ ކަންކަން ނިންމާނީ އެޗްޑީސީން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ "ހިޔާ" މަޝްރޫއުގެ ދަށުން މިހާރު ތަރައްގީކުރަމުން އަންނަ 7000 ހައުސިންގ ޔުނިޓްގެ މަސައްކަތް މި އަންނަ އަހަރުގެ އޭޕްރީލް ނުވަތަ މެއި މަހުގެ ތެރޭގައި ނިމި އެތަންތަނަށް ވަދެވޭ ވަރުވާނެ ކަމަށް ކޮންޓްރެކްޓަރުންނާ ހަވާލާދީ އެޗްޑީސީން ބުނެފައިވާ ކަމަށެވެ. އެ ފްލެޓްތައް ތަރައްގީކުރަނީ 25 ބުރީގެ 16 ޓަވަރުގައި ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރާ މި ތަންތަނުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ފްލެޓްތަކުގެ ލިޔުން ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަން ފަށާފައިވާ އިރު ފްލެޓްތައް ދިން ގޮތާ މެދު ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން ލިސްޓް ފައިނަލްކުރި އިރު ހަމައެކަނި ދީފައިވާ މައުލޫމާތުތަކަށް ބަރޯސާވެ އެކަށީގެންވާ ވަރަށް ޗެކްކޮށްފައި ނެތުމާއި އެއް ޝަރުތުތަކެއް ހަމަވި ނަމަވެސް އެއް ބަޔަކަށް ލިބިފައި އަނެއް ބަޔަކަށް ފްލެޓް ނުލިބުމުގެ މައްސަލަ ވެސް ފާހަގަކުރެވިފައި ވެއެވެ. އަދި މީގެ ކުރިން ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ ޓާޓާ ފްލެޓަކުން ބައެއް އޮފީސްތަކާއި ދާއިރާތަކަށް ހާއްސަކުރި ފްލެޓް މިހާރު ލިބިފައިވާ ފަރާތްތައް ވެސް ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓްގައި ހިމެނިފައިވުން ފަދަ ބޮޑެތި މައްސަލަތައް ފާހަގަކުރެވިފައި ވެއެވެ. މީގެ އިތުރުން ސަރުކާރު ބަދަލުވާން އެންމެ ދުވަހަކަށް ވެފައިވަނިކޮށް އަވަސް އަރުވާލައިގެން ފްލެޓްތަކުގެ ލިޔުން ދޫކުރާތީ ވެސް ގިނަ ބަޔަކު ދަނީ އެކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް