Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަވަލްނީގެ މަރުގެ މައްސަލަ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

23 ފެބުރުއަރީ 2024 | ހުކުރު 06:54

އެމެރިކާގެ ރައީސް ވިދާޅުވަނީ އިދިކޮޅު އެކްޓިވިސްޓް އަވަހާރަވުމުގެ ޒިންމާ ރަޝިޔާގެ ލީޑަރު އަމިއްލަފުޅަށް އުފުއްލަވާފައިވާ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 23 ފެބުރުއަރީ 2024 | ހުކުރު 06:54
އެމެރިކާގެ ރައީސް ޖޯ ބައިޑަން (ކ) ރަޝިއާގެ އިދިކޮޅު އެކްޓިވިސްޓް އެލެކްސީ ނަވަލްނީގެ އަނބިކަނބަލުން ޔޫލިއާ ނަވަލްނާޔާ (ކ) އާއި ދަރިކަނބަލުން ދާޝާ ނަވަލްނާޔާ (ވ) އާ ސެން ފްރެންސިސްކޯގައި ބައްދަލުކުރައް

އެމެރިކާގެ ރައީސް ޖޯ ބައިޑަން (ކ) ރަޝިއާގެ އިދިކޮޅު އެކްޓިވިސްޓް އެލެކްސީ ނަވަލްނީގެ އަނބިކަނބަލުން ޔޫލިއާ ނަވަލްނާޔާ (ކ) އާއި ދަރިކަނބަލުން ދާޝާ ނަވަލްނާޔާ (ވ) އާ ސެން ފްރެންސިސްކޯގައި ބައްދަލުކުރައް

ރަޝިއާގެ އިދިކޮޅު ސިޔާސީ ލީޑަރު ނަވަލްނީގެ މަރުގެ މައްސަލާގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ޕުޓިންއަށް ބައިޑަން ދެއްވައިފިއެވެ.

އެމެރިކާގެ ރައީސް ވިދާޅުވަނީ އިދިކޮޅު އެކްޓިވިސްޓް އަވަހާރަވުމުގެ ޒިންމާ ރަޝިޔާގެ ލީޑަރު އަމިއްލަފުޅަށް އުފުއްލަވާފައިވާ ކަމަށެވެ.

ޖަލަށްލާފައިވާ އިދިކޮޅު އެކްޓިވިސްޓް އަދި ކޮރަޕްޝަނާ ދެކޮޅު ކެމްޕެއިނަރު އެލެކްސީ ނަވަލްނީ އަވަހާރަވުމާ ގުޅިގެން އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމުގެ އާ ބެޗެއް އިފްތިތާހު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވާއިރު، އެ ފިޔަވަޅުތައް އަމާޒުކުރާނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިއާގެ ޖަލު އޮފިޝަލުން ބުނާ ގޮތުގައި ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އުމުރުން 47 އަހަރުގެ ނަވަލީ ކުއްލިއަކަށް ބަލިވުމުން ފަރުވާދޭން މަސައްކަތް ކުރިނަމަވެސް އެ ދުވަހު އޭނާ ވަނީ މަރުވެފައި ކަށެވެ. މަރުވި ސީދާ ސަބަބު އަދި ނޭނގުނު ނަމަވެސް އޭނާގެ އާއިލާ އާއި އެކުވެރިންނާއި ހުޅަނގުގެ ގިނަ ލީޑަރުން ދަނީ އެމަރުގެ ތުހުމަތު ޕޫޓިންއަށް ރައްދު ކުރަމުންނެވެ.

ވައިޓް ހައުސްއިން ބުނީ ނަވަލްނީގެ އަނބިކަނބަލުން ޔޫލިއާ އާއި ދަރިކަނބަލުން ޑާޝާއާ ބައިޑަން ބުރާސްފަތި ދުވަހު ސެން ފްރެންސިސްކޯގައި ބައްދަލުކުރައްވައި، ނަވަލްނީގެ "އާދަޔާ ހިލާފު ހިތްވަރާއި ކޮރަޕްޝަނާ ދެކޮޅަށް އަދި މިނިވަން ކަމާއި ޑިމޮކްރެޓިކް މަސައްކަތްތަކެއް ރަޝިއާއަށް ޓަކައި ކުރެއްވުމުގެ ލެގަސީއަށް ތައުރީފު ކުރައްވާ" ކަމަށެވެ.

އެބައްދަލު ކުރެއްވުމުގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ބޮޑެތި ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

މި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ބައިޑެން ވިދާޅުވީ ނަވަލީގެ މަރުގެ ޒިންމާ އުފުލަން ޖެހޭ ޕުޓިންއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް މާދަމާ އިއުލާނު ކުރާނެ ކަމަށެވެ.

ޓްރެޜަރީ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުނީ އަންނަ ހުކުރު ދުވަހު ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް ބެލެވޭ މި ފިޔަވަޅުތައް 500 އަށް ވުރެ ގިނަ ޓާގެޓަށް އަމަލުކުރާނެ ކަމަށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު އޭބީސީ ނިއުސްއަށް ވިދާޅުވީ ކުރިއަށް އޮތް ދަތިކުރުމުގެ ފިޔަވަޅުތަކަކީ "ކްރަޝިން" ކަމެއްގެ ގޮތުގައި  ސިފަކޮށްފައިވާއިރު، އެހެން ފަރާތަކުން އެ ޗެނަލަށް މައުލޫމާތު ދެމުން ބުނީ އެއީ ރަޝިއާގެ ދިފާއީ ދާއިރާއަށް އަމާޒުކުރާނެ ފިޔަވަޅުތަކެއް ކަމަށެވެ.

ބައިޑެންގެ މިއިންޒާރުތަކާ މެދު މޮސްކޯއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް މީގެ ކުރިން ވިދާޅުވެފައިވަނީ  ނަވަލްނީގެ މަރުގެ ތަހުގީގު ކުރިއަށްދާއިރު ބޭރުގެ ލީޑަރުން ރަޝިޔާއަށް ތުހުމަތު ކުރުމަކީ މުޅިން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވެސް ވަނީ ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ ކުށް ހީތަކަކީ ކުރިން ތައްޔާރުކޮށްފައިވާ ހީތަކެއް ކަމަށެވެ. އޭނާވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ނަވަލްނީ މަޝްހޫރުވީ 2010 ގެ އަހަރުތަކުގައި އޭނާގެ ބްލޮގާއި ޔޫޓިއުބް ޗެނަލަށް ތަހުގީގުތައް ޕޯސްޓްކޮށް، ރަޝިއާގެ އިސް މަގާމުތަކުގައި ތިއްބެވި އޮފިޝަލުންނާއި ވިޔަފާރިވެރިންނަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްގެންނެވެ. މޮސްކޯގެ މޭޔަރު ކަމަށް 2013 ވަނަ އަހަރު ވާދަކުރައްވައި ނާކާމިޔާބުވެ، ސަރުކާރާ ދެކޮޅު ގިނަ މުޒާހަރާތަކެއް ބޭއްވުމަށް އެހީތެރިވެދެއްވިއެވެ.

އޭނާ ތުހުމަތު ކުރި ގޮތުގައި ކްރެމްލިން އިން 2020 ވަނަ އަހަރު ނާވް އޭޖެންޓަކު ލައްވާ އޭނާއަށް ވިހަ ދީގެން މަރާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ނަވަލްނީ ޖަލަށް ލީ މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ސަސްޕެންޑްކުރި ހުކުމުގެ ޝަރުތުތަކާ ހިލާފުވެގެން 2021 ވަނަ އަހަރުއެވެ. އޭގެ ދެ އަހަރު ފަހުން "ހަރުކަށި ފިކުރުގެ އަމަލުތައް" ހިންގުމުގެ ކުށް ސާބިތުވެ 19 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ. ނަމަވެސް އޭނާ އެއްވެސް ކުށެއް ކޮށްފައި ނުވާ ކަމަށާއި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށް ނަވަލްނީ ކުރިން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް