Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސިޝަން ކޮމެޓީ

ހައްޖަށް ދާން ކުރިއަށް ފައިސާ ދެއްކި 300 މީހެއްގެ ފައިސާކޮޅު ވަނީ ކޯޕަރޭޝަނުން ބޭނުންކޮށްފައި: އިންތިގާލީ ކޮމެޓީ

15 ނޮވެމްބަރު 2018 | ބުރާސްފަތި 07:37

އެމީހުންނަށް ހައްޖަށް ދެވޭނެ ގޮތެއް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 ނޮވެމްބަރު 2018 | ބުރާސްފަތި 07:37
އިންތިގާލީ ކޮމެޓީ

އިންތިގާލީ ކޮމެޓީ

ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ކުރިއަށް ފައިސާ ދެއްކި 300 މީހެއްގެ ފައިސާކޮޅު އެކޯޕަރޭޝަނުން ވަނީ އެހެން ކަމަކަށް ބޭނުން ކޮށްފައި ކަމަށް އެކޯޕަރޭޝަންގެ ހާލަތު ބެލި އިނތިގާލީ ކޮމެޓީން ބުނެފިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހާލަތު ދެނެގަތުމަށް އުފައްދާފައިވާ އިންތިގާލީ ކޮމެޓީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ކުރީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަށް އެކި އަހަރުތަކަށް ބަހާލައިގެން ހައްޖަށްދާން ފައިސާ ދެއްކި މީހުންގެ ތެރެއިން 300 މީހުން ހައްޖަށް ގެންދެވޭނީ ސަރުކާރުން 30 މިލިއަން ރުފިޔާ ހަމަޖައްސައިދީގެން ކަމަށެވެ. މި ފައިސާއަކީ ކުރިއަށް އޮތް ފަސް އަަހރު ދުވަހަށް އެޑްވާންސްކޮށް މީހުން ދައްކާފައިވާ ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލިޔާސް ލަބީބު ވިދާޅުވީ ހައްޖު ކޯޕަރޭޝަން އުފައްދާފައި ވަނީ ވަރަށް މާތް މަޤަސަދެއްގައި ކަމަށާއި އެކުންފުންޏަކީ ފަރުޟު ހައްޖު އަދާކުރުމަށް ދުރާލާ ފައިސާ ދެއްކުމުން ދައުލަތުން އެ މީހުން ކަށަވަރުކަމާ އެކު ހައްޖަށް ގެންދިއުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެކުންފުންޏަށް ފައިސާ ދެއްކި އެންމެނަށް އަދި ހައްޖަށް ދެވިފައި ނުވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ހައްޖު ކޯޕަރޭޝަން ބޭނުންކުރަމުން ދިޔައީ ސިޔާސީ ގޮތުން ކަމަށެވެ. އެގޮތުން ސިޔާސީ ބައެއް ބޭފުޅުން ބޭނުންވާ މީހުން ހައްޖަށް ފޮނުވުމާއި ކްރެޑިޓަށް ބައެއް ފަރާތްތައް ހައްޖަށް ފޮނުވާފައިވާކަން ވެސް އިލިޔާސް ފާހަގަ ކުރެއްވިއެވެ.

"ކަންބޮޑުވާ މިންވަރަށް ކަންކަން ހިނގާފައިވާކަމަށް ތުހުމަތު ކުރެވޭ. ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ކުންފުނިން އެހެންކަންކަމަށް ޚަރަދުކޮށްފައިވޭ. އެއީ ކުރިއަށް އޮތް 5 އަހަރަށް މީހުން އަހަރުތަކަށް ބަހާލައިގެން ކުންފުންޏަށް މިއިންނަނީ އެޑްވާންސްކޮށް ފައިސާ ދައްކާފައި. އެފައިސާގެ ތެރެއިން 300 މީހުން ހައްޖަށް ގެންދެވޭނެ ފައިސާއެއް މިހާރަކު ނެތް. އަދި އެބަހުރި ސިސާޔީ ބޭފުޅުން މީހުން ބޭނުންވާ ވަކިބަޔަކު ހައްޖަށް ފޮނުވާފައި. އަދި ކްރެޑިޓަށް ހައްޖަށް ފޮނުވާފައި،" އިލިޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ މީގެ އިތުރު ތަފްސީލް އެނގޭނީ އާސަރުކާރުން ހަވާލުވެ ބެލުމުން ކަމަށެވެ. އަދި މިކުންފުނި ހަރުދަނާކޮށް މީހުން ހައްޖަށް ގެންދެވޭނޭ ގޮތެއް ހަދަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް