Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސިޝަން ކޮމިޓީތައް

ކުއްޔަށް ދޫކުރި ރަށްތަކެއް ބުނެއެއް ނުދިން: ޑރ މައުސޫމް

14 ނޮވެމްބަރު 2018 | ބުދަ 14:22

ދޫކޮށްފައި ހުރި އަދި ދޫނުކުރަނީ ކޮން ރަށްތަކެއް ކަމެއް ނޭނގޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 ނޮވެމްބަރު 2018 | ބުދަ 14:22
ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކުއްޔަށް ދޫކޮށްފައިވާ އަދި ދޫނުކޮށް ހުރި ރަށްތަކަކީ ކޮބައިކަން ޓޫރިޒަމް މިނިސްޓްރީ ބުނެ ނުދިންކަމަށް ޑރ ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ބަދަލުވާއިރު މިނިސްޓްރީތަކުގެ މައުލޫމާތު ސާފުކުރުމަށް ހަދާފައިވާ އިކޮނޮމިކް ކޮމެޓީތަކުގެ ސަބްކޮމެޓީގެ ވެރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޑރ ޢަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކުއްޔަށް ދީފައިހުރީ ކޮން ރަށްތަކެއްތޯ ބަލަން އެދުނު ކަމަށާއި ނަމަވެސް އެމައުލޫމާތު ދީފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ޓޫރިޒަމް މިނިސްޓްރީންވެސް ދީފައިވަނީ އެމިނިސްޓްރީން ދޭން ބޭނުންވި މައުލޫމާތެއް އެކަނިކަން ފާހަގަ ކުރައްވަމުން ޑރ މައުސޫމް ވިދާޅުވީ ޓޫރިޒަމްގެ ހަތަރުވަނަ މާސްޓަރ ޕްލޭން އެކްސްޕަޔަރ ވެފައިވާއިރު 5 ވަނަ މާސްޓަރ ޕްލޭން ހެދުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައި ނުވާކަމަށެވެ. އަދި ޓޫރިޒަމާ ގުޅޭކަންކަން ޒަމާނާ އެއްގޮތަށް ބަދަލު ކުރަން ޖެހިފައިވާ ކަމަށާއި ޓޫރިޒަމް ޕްރޮމޯޓް ކުރަން އުފެއްދި އެމްއެމްޕީއާރުސީގެ މުއާމަލާތުގެ ސަބަބުން އެކަން ކިލަނބުވެފައި ވާކަމަށްވެސް މައުސޫމް ވިދާޅުވިއެވެ. ނަމަވެސް އެކަމަށް އާކުންފުންޏެއް ހަދާފައި ނުވާކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ އެކިއެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތައް އަދި ފަރުތަކަކީ ކޮބައިކަން ހޯދަން އެދުނު ކަމަށާއި ނަމަވެސް އެމައުލޫމާތު ދީފައި ނުވާކަމަށެވެ. އެހެންކަމުން 300 އެއްހާ ރަށާއި ފަޅުފަދަ ތަންތަން އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާއިރު ދޫކުރީ އަދި ދޫނުކުރަނީ ކޮންރަށެއްކަން އެނގިފައި ނުވާކަމަށް މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ ރީޖަނަލް އެއަރޕޯޓްސްތަކާ ބެހޭ ލިޔެފައިވާ ޕްލޭނެއް ނެތްކަމަށާއި ކުޅުދުއްފުށީ އެއަރޕޯޓް އެއްކޮށް ނިމިފައި ނުވިނަމަވެސް އެއަރޕޯޓް ހުޅުވާފައިވާކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމްވެސް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެލައްވާ ބޭފުޅަކު އެވުޒާރާގެ ފުރިހަމަ އޮޑިޓެއް ހަދަން ޖެހޭ ކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި އިމިގްރޭޝަނާ ބެހޭ މައުލޫމާތު ދެއްވަމުން ހުސައިން އިސްމާއީލް ވިދާޅުވީ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވަނީ 'އަދުތޯ މާދަންތޯ' ވެފައި ކަމަށާއި އެސިސްޓަމް ބެހެއްޓި އެމެރިކާ ސަރުކާރުން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ބޭނުންވިއަސް އެތެރޭގެ ކަންކަން ނުނިންމިގެން އެކަން ނުކުރެވިފައިވާ ކަމަށެވެ.

ހުސައިން ވިދާޅުވީ ވިސާ ދޫކުރާ ސްޓިކާ ނެތިގެން އަތުން ލިޔެގެން ދުވާލަކު 800 މީހުންނަށް ވިސާ ދޫކުރާ ކަމަށާއި ބިދޭސީން އެތެރެވުމުގެ ކަންކަމުގައި ލާފައިވާ ސެކިއުރިޓީ ލޮކްތައް ނައްތާލާފައިވާތީ ބިދޭސީން އެތެރެވުމުގެ ކޮންޓްރޯލް ގެއްލިފައިވާކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

03 މެއި 2017

ފޯންގެ ޕިންކޮޑް ނުދިން މައްސަލާގައި ރިޔާޒްގެ މައްޗަށް ހިންގާ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު

03 މެއި 2017
ފޯންގެ ޕިންކޮޑް ނުދިން މައްސަލާގައި ރިޔާޒްގެ މައްޗަށް ހިންގާ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު
26 އެޕްރީލު 2017

އިތުރު ފަރާތަކަށް ކުއްޔަށް ދީފިނަމަ މާރުކޭޓް ގޮޅިތައް އަތުލަނީ

26 އެޕްރީލު 2017
އިތުރު ފަރާތަކަށް ކުއްޔަށް ދީފިނަމަ މާރުކޭޓް ގޮޅިތައް އަތުލަނީ
21 އެޕްރީލު 2017

ލ. އަތޮޅުގެ ގިނަ ރަށްތަކެއްގައި އެމްޑީޕީން ދޮރުން ދޮރަށް ހިނގައިފި

21 އެޕްރީލު 2017
ލ. އަތޮޅުގެ ގިނަ ރަށްތަކެއްގައި އެމްޑީޕީން ދޮރުން ދޮރަށް ހިނގައިފި
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
23 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
15 ފެބުރުއަރީ 2017

ސާކް ސަމިޓަށް ސަފާރީތައް ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ

15 ފެބުރުއަރީ 2017
ސާކް ސަމިޓަށް ސަފާރީތައް  ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ފެބުރުއަރީ 2017

ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!

14 ފެބުރުއަރީ 2017
ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް