Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ދިވެހި ބަސް
އިބްނި ބަޠޫޠާ

ދިވެހިންނާއި އިބްނި ބަޠޫޠާ

އިބުނު ބަޠޫޠާ ރާއްޖެއަށް ޒިޔާރަތްކުރެއްވި ދުވަސްވަރު ރަސްކަމުގައި އިންނެވީ ރެހެންދި ޚަދީޖާއެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2018 | ބުރާސްފަތި 02:15
އިބްނިބަޠޫޠާ ދެވަނަފަހަރަށް ރާއްޖެއަށް ވަޑައިގަތީ 745ހ. ވަނަ އަހަރު ޝަޢުބާންމަހުގައެވެ.

އިބްނިބަޠޫޠާ ދެވަނަފަހަރަށް ރާއްޖެއަށް ވަޑައިގަތީ 745ހ. ވަނަ އަހަރު ޝަޢުބާންމަހުގައެވެ.

(13 ނޮވެމްބަރ 2018 ގެ ލިޔުމާ ގުޅޭ)

ދިވެހި ރާއްޖޭގެ ގަސްގަހާ ގެހި

އިބްނު ބަޠޫޠާ އޭނާގެ ދަތުރުނާމާގައި ލިޔުއްވާފައިވާ ގޮތުގައި ދިވެހި ރާއްޖޭގައި އެންމެ ގިނައިން ހެދިފައި ހުންނަނީ ރުއްކަމަށާއި މިރުކުގެ ކާށި ކެއުމު ގައްޔާއި އެހެނިހެން އެކި ކަންކަމުގައި ވަރަށް ގިނައިން ބޭނުން ކުރެއެވެ. މިރުއްތަކުން މުޅި އަހަރު ދުވަހު ކާށި ހުސް ނުވާ ކަމަށާއި ރާއްޖޭގައި ލުނބޯގަހާއި، ނިޔަނދުރުގަހާއި އަދި އަލަގަސް ވެސް ހުންނަ ކަމުގައި ލިޔުއްވާފައިވެއެވެ.

އާދަކާދަ އާއި، ގެދޮރު

މީހުންނަކީ ނިޔަނެތި ޚުލްޤު ރަނގަޅު މަޑުމައިތިރި ރިވެތި އާދައިގެ އަހުލުވެރިންނެވެ. ހަށިގަނޑު ނިކަމެއްޗެވެ. މީރުވަސް ދުވާ އެއްޗެތި ބޭނުންކުރެއެވެ. ފިރިހެނުން ޢާއްމު ގޮތެއްގައި ފޭރާމުގެ ގޮތުގައި އަންނަ ފޮށާ (މުންޑު) އަކާއި ކޮނޑުމައްޗަށް އެއްލާފައި އޮންނަ ނުވަތަ ބޮލުގައި އަޅާ ފޮށައެއް ގެންގުޅޭ ކަމުގައި އިބްނު ބަޠޫޠާ ލޔުއްވާފައިވެއެވެ.

ވެރިކަމުގެ ޙާލަތު

އިބުނު ބަޠޫޠާ ރާއްޖެއަށް ޒިޔާރަތްކުރެއްވި ދުވަސްވަރު ރަސްކަމުގައި އިންނެވީ ރެހެންދި ޚަދީޖާއެވެ. މިކަމަނާއަށް ވެރިކަން ވާރުތަވެފައި ވަނީ އޭނާގެ ކާފަގެ ފަރާތުން ބައްޕައަށް އެއަށްފަހު އެކަމަނާއަށެވެ. މިހެންވަމުން ވެރިކަމަކީ ވިރާސީ ވެރިކަމެއް ކަމަށާއި ވެރިކަމުގެ ތެރޭގައި ކޯޅުންތައް ހުރިކަމަށާއި އެކަމަނާގެ ކޮއްކޯފުޅު ޝިހާބުއްދީން އެހެން ރަށަކަށް އަރުވާލެއްވީ ވެރިކަމާއިގެން ވަޑައިގަންނަވަނިކޮށް ވެރިކަމުގެ ތެރޭގައި އުޅުއްވާ އެހެން ފިރިހެން ބޭފުޅުން އެކިރަށްރަށަށް އަރުވާލެއްވި ކަމަށާއި ބައެއް ބޭފުޅުން ޤަތުލުކުރެއްވި ކަމުގައި ލިޔުއްވާފައިވެއެވެ.

އަންހެނުން

އިބްނު ބަޠޫޠާ ލިޔުއްވާފައިވާ ގަތުގައި ދިވެހި އަންހެނުންނަކީ ސާފުޠާހިރު އަޚްލާޤު ރަނގަޅު ބައެއް ކަމަށާއި ފިރިންނާއި، ދަރިންނަށް ހެޔޮ، އޯގާތެރި ބައެއް ކަމުގައެވެ. އަންހެނުން ހެނދުން އެޅުމުގައި މަތިން ނިވާ ނުކުރާ ކަމަށާއި، ތިރިން އަންނަ އެއްޗެއް އަނދެގެން އުޅޭ ކަމަށާއި ލިބާސް ލައިގެން ހުންނަ މީހަކު ވެސް ބޯނިވާ ނުކުރާކަމުގައެވެ. ގަހަނާގެ ގޮތުގައި އުޅާ ބޭނުންކުރެއެވެ. އެވެރިން ގޭގެއަށް މަސައްކަތް ކޮށްދިނުމަށާއި ދަތުރުވެރިންނަށް ތަފާތު ޚިދުމަތް ކޮށްދޭ ކަމުގައެވެ.

މީހުންނާއި އިނުން

މިރާއްޖޭގައި މީހުންނާއި އިނުމަކީ ވަރަށް ފަސޭހަކަމެކެވެ. އެއީ ކައިވެނީގެ ރަނަށާއި، ކައިވެންޏަށް ކުރަންޖެހޭ ޚަރަދު ކުޑަވުމާއި އެރާއްޖެ އަށް ދާ ނައުފަހަރުގެ މީހުންނާއި ވެސް އަންހެނުން އިނުމަށް ހުރަސް އެޅުމެއް ނެތުމުގެ ސަބަބުންނެވެ. އަދި ވަރިކުރުމާއި އެއް ކައިވެންޏަށްވުރެ ގިނަ ކައިވެނި ކުރުމަކީ ވެސް އުނދަގޫކަމަކަށް ނުވާތީއެވެ. އަދި ބީރައްޓެހިން ވެސް އެރަށަކުން ފުރަންދެން އިންދެގެން އުޅުމަށްފަހު އަންހެނުން ވަރިކޮށްފައި ފުރައިގެން ދިއުމަކީ އުނދަގޫ ކަމެއް ނޫންކަމަށް އިބުނު ބަޠޫޠާއާ ޙަވާލާ ދެއްވައި މުޙައްމަދު އިބްރާހީމް ލުޠުފީ (1991) ލިއުއްވައެވެ.

މަޣްރިބު ކަރައަށް އުފަން އިބުނިބަޠޫޠާ ދެފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފައިވެއެވެ. އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވި ތާރީޚާއި މެދު އިޚްތިލާފު އުފެދިފައިވީ ނަމަވެސް ރާއްޖެ ވަޑައިގެންނެވި ޢަދަދާއި މެދު އިޚްތިލާފެއްނެތެވެ. މިދަތުރުގައި ރާއްޖޭގެ ބައެއް ރަށްރަށަށް ވަޑައިގެންފައިވެއެވެ. ރާއްޖެ އަށް އިބުނިބަޠޫޠާ ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރާއްޖޭގެ ފަނޑިޔާރުކަން ކުރައްވާފައިވެއެވެ. އަދި އެދުވަސްވަރު ރާއްޖޭގައި ހުރި އިސްލާމްދީނާއި ފުށުއަރާ އާދަތައް ފުހެލެއްވުމަށް މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެހެންނަމަވެސް މާބޮޑު ކުރިއެރުމެއް ލިބިވަޑައިގެންފައި ނުވާކަމަށް އެ ކަލޭގެފާނު ލިއުއްވާފައިވެއެވެ. އޭގެތެރޭގައި ނަމާދަށް ދިޔުމަށާއި އަންހެނުން ޢައުރަ ނިވާކުރުމަށް ބާރުއެޅުއްވިއެވެ. މިސްކިތްތަކުގެ މުދިމުން، އެބައިމީހުންގެ ވާޖިބު ފުރިހަމައަށް އަދާކުރުމަށް ބާރުއެޅުއްވިއެވެ. އިބްނިބަޠޫޠާ ރާއްޖޭގައި 6 ކައިވެނި ކުރައްވައި 2 ކުދިން ލިބިވަޑައިގެންފައިވެއެވެ. އަދި އެތައް ޖާރިޔާއިންނެއް ގެންގުޅުއްވިއެވެ.

އިބްނިބަޠޫޠާ ދިވެހިރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑއިގެންނެވި ސަބަބުތަކުގެ ތެރޭގައި، ވެރިކަމަށް ވަޑައިގަތުމަށް މަކަރުވެރި ރޭވުންތަކެއް ރޭއްވެވިކަމަށް ތުހުމަތުކުރެވި، ވެރިކަމުގައި ތިއްބެވި ބޭފުޅުންނާ ޚިޔާލު ތަފާތުވުމާއި، ދީނީކަންކަމުގައި ހަރުކަށިކަން ގެންގުޅުއްވާކަމަށް ޤަބޫލުކޮށް އެކަމާ ދިވެހިން ނުރުހުންވުމާއި، އަންހެނުންނާއި ހިތާވުމުގެ ކަންތައް މާބޮޑަށް ގެންގުޅުއްވުމުގެ ސަބަބުން ދިވެހިން އެކަމާ ނުރުހުންވުން ހިމެނެއެވެ.

އިބްނިބަޠޫޠާ ދެވަނަފަހަރަށް ރާއްޖެއަށް ވަޑައިގަތީ 745ހ. ވަނަ އަހަރު ޝަޢުބާންމަހުގައެވެ. އިބްނު ބަޠޫޠާ ކައިވެނި ކުރެއްވި، ރެހެންދި ޚަދީޖާގެ ދޮންމަންމާފުޅު، އިބްނު ބަޠޫޠާއަށް ފިރިހެން ބޭފުޅަކު ރައްކައުވި ޚަބަރު ލިބިވަޑައިގަތުމާއި، އަލްވަޒީރު ޖަމާލުއްދީން އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމުންނާއި، ރެހެންދި ޚަދީޖާ، އަލްވަޒީރު ޢަބްދު ﷲ ބިން މުޙައްމަދު ޙަޟްރަމީ (ހެނެވިރަސްކިލެގެ) އާ ކައިވެނި ބައްލަވައިގެން ޚަބަރާއި، އިބްނު ބަޠޫޠާ ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެން އުޅުއްވިއިރު ކަންތައްތައް ކުރެވުނު ގޮތުން ކުރިމަތިވި މައްސަލަތައް ޙައްލުވީކަމަށް ހީކުރެއްވުމާއި، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ދަރިކަލުން ރަސްކަމުގެ ޢާއިލާއަށް ވަދެވުމާއި އަމިއްލައަށް ދޫކުރެއްވި ފަނޑިޔާރުކަމަށް އުއްމީދު ކުރެވުން ކަމަށް ފާހަގަވިއެވެ. އެހެންނަވެސް ދިވެހިންނާއި އިބުނު ބަޠޫތާއާ ދެމެދު އުފެދިފައި އޮތް ހަމަނުޖެހުމަށް ޙައްލެއް ނާންނަކަން ހާމަވިއެވެ. ލިބިވަޑައިގަތީ ހަމައެކަނި މުޙައްމަދު ބިން ޙަޟްރަމީގެ މަދަދެވެ. މިކަމުގެ ނަތީޖާއަކަށްވީ ދެވަނަ ފަހަރަށް މާލެވަޑައިގެންނެވިތާ 45 ދުވަހަށްފަހު، އަނެއްކާވެސް ރާއްޖެ ދޫކުރައްވައި 747ހ. ނުވަތަ 748 ހ. ގައި ފުރައިވަޑައިގެން ވަޑައިގަންނަވަން ޖެހިވަޑައިގެން ކަން ފާހަގަވިއެވެ.

ނިމުނީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިވެހިންނާއި އިބްނި ބަޠޫޠާ

ދިވެހިންނާއި އިބްނި ބަޠޫޠާ

13 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު