Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

ޑިޖިޓަލް ރިސޯޓްސް ސޮލިއުޝަންތަކެއް އުރީދޫ ބިޒްނަސްއިން ތައާރަފްކޮށްފި

ޑިޖިޓަލް ރިސޯޓް އެޕް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 15 ނޮވެމްބަރު 2018 | ބުރާސްފަތި 03:35
އުރީދޫއިން ތަޢާރަފްކުރި ޑިޖިޓަލް ރިސޯޓްސް ސޮލިއުޝަންސް

އުރީދޫއިން ތަޢާރަފްކުރި ޑިޖިޓަލް ރިސޯޓްސް ސޮލިއުޝަންސް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ޚާއްސަކުރެވިފައިވާ ޑިޖިޓަލް ރިސޯޓް ޕޯޓްފޯލިއޯ އެއް މިއަދު އުރީދޫ އިން ތައާރަފްކޮށްފިއެވެ.

މި ސޮލިއުޝަންތަކުގެ އަމާޒަކީ، ފަތުރުވެރިކަން ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މާކެޓްތަކުގައި ބޭނުންކުރެވެމުންދާ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި ދިވެހި ރިސޯޓުތައް ފަސޭހަކަމާ އެކު ގުޅުވާލަދިނުމެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން، ވިދާޅުވީ ޗުއްޓީ އެއް ޚިޔާރުކުރާއިރު، އަދުގެ ފަތުރުވެރިން އިސްކަން ދެނީ ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި ތަފާތު ތަޖުރިބާތަކެއް ގެނެސްދޭ ހޮޓެލްތަކާއި ރިސޯޓުތަކަށް ކަމަށާއި މިފަދަ ތަޖުރިބާތަކެއް މަގުފަހިކޮށްދީ، ރިސޯޓުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ހޮޓެލިއަރުން ވެސް ދަނީ އީޖާދީ ޓެކްނޮލޮޖީތައް އިޚްތިޔާރުކޮށް، އޭގެ ބޭނުން ހިފަމުން ކަމަށެވެ.

އެހެންކަމުން އުރީދޫގެ އަމާޒަކީ މިފަދަ ޓެކްނޮލޮޖީތަކާއި ފަސޭހަކަމާ އެކު ރިސޯޓުތައް ގުޅުވާލަދިނުން ކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.

"ދުނިޔޭގެ އެކި ހިސާބުތަކުގައި ވިޔަފާރިތަކަށް ޚިދުމަތް ފޯރުކޮށްދެމުންދާ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުން ލިބިފައިވާ ތަޖުރިބާ އާއި އެކު، އުރީދޫގެ ޑިޖިޓަލް ރިސޯޓް ސޮލިއުޝަންތައް އެހީތެރިވެ ދެނީ ފަތުރުވެރިންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ރިސޯޓުތަކުގެ އައިޓީ އިންފްރާސްޓްރަކްޗަރ ސިމްޕްލިފައި ކުރުމާއި އެކު އެކަމަށް ހޭދަކުރަމުންދާ އަދަދު ކުޑަކޮށްދިނުމަށް. ހަމަ އެހެންމެ، ރިސޯޓުގެ އެންމެހާ މުއާމަލާތާ ބެހޭ އެންމެހާ މައުލޫމާތުތައް އެއްތަންކޮށް، ޑޭޓާ އެނަލިޓިކްސްގެ އެހީގައި ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން،" އުރީދޫގެ ސީއީއޯ ނަޖީބް ޚާން، ވިދާޅުވިއެވެ.

މި ޕޯޓްފޯލިއޯގައި ހިމެނޭ ސޮލިއުޝަންތަކަކީ:

  • ޑިޖިޓަލް ރިސޯޓް އެޕް: ފަތުރުވެރިން ރިސޯޓަށް އައުމުގެ ކުރިން، ޗުއްޓީގެ ތެރޭގައި، އަދި އެއަށްފަހު ވެސް ކުރަންޖެހޭ އެންމެހާ މުއާމަލާތްތަކެއް އެއް ޕްލެޓްފޯމަކަށް ގެނެސްދޭ އެޕެއް.
  • ޑިޖިޓަލް އެޗް.އާރު: މުވައްޒަފުންގެ އެންމެހާ މުއާމަލާތްތަކެއް ފަސޭހަކޮށްދޭ، ކްލައުޑް މެދުވެރިކޮށް މަސައްކަތް ކުރާ ޓޫލެއް.
  • ޑިޖިޓަލް އެންޓަޓެއިންމަންޓް: އެންމެ ފަހުގެ އެޗް.ޑީ އެންޓަޓެއިންމަންޓް، ވީޑިއޯ އޮން ޑިމާންޑް އަދި އިން-ރޫމް ސާވިސާސް ފޯރުކޮށްދޭ، ފުރިހަމަ އައި.ޕީ.ޓީ.ވީ ޕްލެޓްފޯމެއް.
  • ޑިޖިޓަލަ ހަބް: މިއީ ސިންގަލް ގިގަބިޓް ފައިބަރ ނެޓްވަރކެއްގައި ބިނާކޮށްފައިވާ، ވޮއިސް، ވީޑިއޯ، އިންޓަނެޓް އަދި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ ކޮޑް ޕްލޭ ސޮލިއުޝަންއެކެވެ.

އުރީދޫ ބިޒްނަސްގެ ޑިޖިޓަލް ރިސޯޓްސްއަކީ، އިތުރު ހާޑްވެއާތަކާއި ނުލާ ކްލައުޑް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކެކެވެ. ރިސޯޓްތަކުގައި މިހާރު ވެސް ގާއިމްކުރެވިފައިވާ އައިޓީ ވިއުގަ އާއި ފަސޭހަ އިން ގުޅާލެވޭ މި ސޮލިއުޝަންތައް މެދުވެރިކޮށް، މުޅި ރިސޯޓުގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލް ކޮށް، ޖުމްލަ ގޮތެއްގައި ހަރަދުތައް ވެސް ކުޑަކުރެވިގެންދާނެއެވެ.

އިތުރަށް ކިޔާލަން

24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް