Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މެމްބަރު ނަޝީދު

150،000 ޑޮލަރު ދައްކަން ހުކުމްކުރި ހުކުމް އިސްތިއުނާފް ކުރާނަން: މެމްބަރު ނަޝީދު

އެ ދައުވާ އުފުލާފައި ވަނީ ޑރ. އަލަކާ ބޭނުންވި މިންވަރަށް ފައިސާ ނުލިބޭތީ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2018 | ހޮނިހިރު 05:17
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, އިންޑިއާގެ ރައްޔިތަކަށް 150،000 ޑޮލަރު (2.3 މިލިއަން ރުފިޔާ) ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު އެ ހުކުމް ކޮށްފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޑރ. އަލަކާ ސިންގ އިންވެސްޓްކުރި "ބަރުތީލަ" ކިޔާ ސަފާރީ އެއް ވިއްކާލުމުގެ މުއާމާލާތު ނަޝީދު ހިންގަވައިދެއްވުމުގައި މާ ހެޔޮ އަގެއްގައި ވިއްކަވާފައި ވާތީ، އޭނާ އަމިއްލަ ހަސިއްޔަތުން ދެއްވަން އެއްބަސްވެލެއްވި ފައިސާ ހޯދަން ކުރި ދައުވާ ސާބިތުވެގެންނެވެ.

Advertisement - newsAdvertisement

އެ ދައުވާއަށް ނަޝީދު ވަނީ އިންކާރުކުރައްވާފައެވެ. ނަމަވެސް އެ މައްސަލައިގައި ޝަރީއަތަށް ފާހަގަ ކުރެވުނު ކަންކަމުގެ ގޮތުގައި، ޑރ. އަލަކާ އިންވެސްޓްކުރި ސަފާރީ ތިން ވަނަ ފަރާތަކަށް ވިއްކާލުމަށް ފަހު އެއަށް އިންވެސްޓްކުރުމަށް އަލަކާ ކުރި ޚަރަދުން މަދުވާ މިންވަރަށް ޒިންމާވާން ޖެހޭނީ ނަޝީދު ކަމަށް އަމިއްލަ އަށް ގަބޫލުކުރައްވާކަން އޭނާ ފޮނުއްވި މެއިލްއަކުން އެނގޭ ކަމަށް ހުކުމުގައި ބުނެފައިވެއެވެ. އެގޮތަށް ކުޑަ އަގެއްގައި ސަފާރީ ވިއްކާލުމުން އިންވެސްޓްކުރުމަށް ކުރި ޚަރަދުން މަދުވާ އަދަދަށް ފައިސާ ދޭނެ ކަމަށާއި އެކަމާމެދު ދެކެނީ ކިހިނެތްތޯ ވެސް މި ދައުވާކުރި ޑރ. އަލަކާގެ ގާތުގައި އައްސަވާފައިވާ ކަން އެނގޭ ކަމަށްވެސް ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.

އަލަކާ އާއި ނަޝީދުއާ ދެމެދު އެ ސަފާރީ ވިއްކާލުމަށް އެއްބަސްވީ 400،000 ޑޮލަރަށެވެ. ނަމަވެސް އެ ސަފާރީ ވިއްކާލާފައި ވަނީ 250،000 ޑޮލަރަށެވެ. އެހެންވެ، އެއްބަސްވި އަދަދަށް ވުރެ މަދުވާ 150،000 ޑޮލަރު ޑރ. އަލަކާއަށް ދިނުމަށް ނަޝީދު އެއްބަސްވެފައި އޮތްކަން ހުށައަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށް ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމުގައިވެއެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި އެހުކުމާއި ގުޅިގެން މަޝްހޫރު ގާނޫނީ ވަކީލު ނަޝީދު ނެރުއްވި ބަޔާނެއްގައި ވަނީ އެ ދައުވާއަކީ އޭނާ އެއްވެސް މީހެއްގެ އަތުން ގަތް މުދަލަކަށް ނުވަތަ ހޯދި ހިދުމަތަކަށް އަގު ނުދީގެން ނުވަތަ ދަރަންޏެއް ނުވަތަ ފައިސާ އެއް ނުދައްކައިގެން ކުރި ދައުވާ އެއް ނޫން ކަމަށެވެ.

އެ ދައުވާ އުފުލާފައި އޮތީ ޑރ. އަލަކާ ބޭނުންވި މިންވަރަށް ފައިސާ ނުލިބޭތީ، އޭނާ އަށް އެހީތެރިވުމުގެ ގޮތުން ނަޝީދު ފޮނުވި އީމެއިލް އެއްގެ މައްޗަށް އެކަނި ބިނާކޮށްގެން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ އީމެއިލްއަކީ ގާނޫނީ ގޮތުން ތަންފީޒު ކުރެވިދާނެ ހުށަހެޅުމެއް ނުވަތަ ޒިންމާ އެއް ވެސް އުފައްދާ ފަދަ އެއްޗެއް ނޫން ކަމަށް ޑރ. އަލަކާ އީމެއިލް އިން ޖަވާބު ދީފައި އޮތް ވެސް އެ އެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު