Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިންސީ ފުރައްސާރަ

ކެބިނެޓް މިނިސްޓަރަކު މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތައް ފެންމަތިވެއްޖެ

ޖިންސީ ފުރައްސާރަކޮށްފައި ވަނީ ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކެއްގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 8 ނޮވެމްބަރު 2018 | ބުރާސްފަތި 09:38
ޖިންސީ ފުރައްސާރައިގެ ޝިކާރައަށް ތިން މުވައްޒަފުން

ޖިންސީ ފުރައްސާރައިގެ ޝިކާރައަށް ތިން މުވައްޒަފުން

ސަރުކާރުގެ ކެބިނެޓް މިނިސްޓަރެއް އެ ވުޒާރާގެ މުވައްޒަފަކަށް ޖިންސީ ފުރައްސާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑީއާގައި މިވާހަކަތައް ފެތުރިފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ގިނަ ބަޔަކު ދަނީ މިކަމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް އެ މައްސަލަ ކަމާ ގުޅޭ އިދާރާތަކުން ބަލަން ޖެހޭނެ ކަމަށް ގޮވާލަމުންނެވެ.

ކުރީގެ ފޮރިންގ މިނިސްޓަރ ދުންޔާ މައުމޫން ވެސް ވަނީ ޖިންސީ ފުރައްސާރަތަކާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.

މިވާހަކަތައް ހާމަކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ޓްވިޓާ އެކައުންޓެއް މެދުވެރިކޮށެވެ. "އެލިސް" ނަމަކަށް ކިޔާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓުތަކުގައި ވަނީ ތުހުމަތު ކުރެވޭ މިނިސްޓަރު ނިސްބަތްވާ މިނިސްޓްރީގެ ތިން މުވައްޒަފަކަށް އެކި ފަހަރުމަތިން ފުރައްސާރަކޮށްފައިވާ ކަން ހާމަކޮށްފައެވެ.

އެގޮތުން އެ މިނިސްޓަރާ ގުޅިގެން އެފަދަ ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެން ވެސް މިނިސްޓްރީގެ މަސައްކަތްތަކުގައި އުޅުމުގެ ފުރުސަތު އެ މިނިސްޓަރަށް ދިން ކަމަށް ބުނެފައިވެއެވެ.

މިފަދަ ފުރަތަމަ މައްސަލަ އެވުޒާރާގެ ޖިންސީ ފުރައްސާރަ އާއި ގުޅިގެން ޝަކުވާ ހުށަހަޅާ ކޮމިޓީއަށް ހުށަހަޅާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުއެވެ. މި ތުހުމަތުތައް ފެންމަތި ކުރި ތިން މުވައްޒަފުންނަށް މިނިސްޓްރީގެ އެހެން ވެރިންގެ ފަރާތުން އެއްބާރުލުން ނުލިބި، އިތުރަށް ފުރައްސާރަކޮށް، ބަދުނާމު ކުރަމުންދިޔަ ކަމަށް ބުނެފައިއެވެ.

މި މިނިސްޓަރަކީ ބައިނަލްއަގްވާމީ، އެކި ޕްލެޓްފޯމުތަކުގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައިވާ މިނިސްޓަރެއް ކަމަށާއި އެ މިނިސްޓަރު ނިސްބަތްވާ މިނިސްޓްރީން އެއްވެސް ފިޔަވަޅެއް މިކަމާ ނުނަގާ ކަމަށް ބުނެފައިވެއެވެ.

ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި ފުރަތަމަ މުވައްޒަކަށް އެކަން ކުރިމަތިވެފައި ވަނީ ސަރުކާރުގެ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައެވެ. އެގޮތުން މިނިސްޓަރުގެ އެދިވަޑާއިގަތުމަށް މިނިސްޓަރު އުޅުއްވާ ހަ ވަނަ ފަންގިފިލާއަށް ދިއުމުން އެންމެ ފުރަތަމަ ސަލާމް ކުރި ކަމަށް ބުނެފައި ވެއެވެ. އެއަށް ފަހު ފޮޓޯއެއް ނެގުމަށް ފަހު، އޭނާ އަށް ޖިންސީ ގޮތުން އަނިޔާކުރި ކަމަށް ބުނެފައި ވެއެވެ.

ޖިންސީ ފުރައްސާރަކޮށްފައިވާ ދެވަނަ މުވައްޒަފަކީ މިނިސްޓަރުގެ ޕަރސަނަލް ސެކްރެޓަރީ ކަމަށާއި އެކަމާ ދެކޮޅަށް ދެތުވެ ވާހަކަދެއްކުމުން އެ މިނިސްޓްރީގެ އިސް މުވައްޒަފުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުނު ކަމަށް ބުނެފައި ވެއެވެ.

ތިން ވަނަ މުވައްޒަފަކީ މިނިސްޓްރީގެ ފަރާތުން ބޭރު ގައުމެއްގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށާއި އެހެން ނަމަވެސް ފަހުން މިނިސްޓަރުގެ ބިއުރޯއަށް ބަދަލުކޮށް، އޭނާ އަށް ވެސް އެފަދަ ފުރައްސާރަތަކެއް މިނިސްޓަރުގެ ފަރާތުން ކުރިމަތިވެފައިވާ ކަމަށް ޓްވިޓާގައި އެ މައުލޫމާތުތައް ހާމަކޮށްފައިވާ އެކައުންޓުގައި ބުނެފައި ވެއެވެ. މި މުވައްޒަފުންގެ ތެރެއިން އަދިވެސް އެއް މުވައްޒަފަކު މިނިސްޓްރީގައި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

މިނިސްޓަރު ނިސްބަތްވާ މިނިސްޓްރީގެ ސެކްޝުއަލް ހެރޭސްމެންޓް ކޮމިޓީއަށް މިކަން ރިޕޯޓްކޮށްފައިވާ އިރު އެކޮމިޓީގެ މެންބަރުން ވެސް "އެމީހެއްގެ އިއްފަތްތެރިކަން ރައްކާތެރި ކުރާނީ އެ މީހަކު ކަމަށް" ބުނެ ޖިންސީ ފުރައްސާއިގެ ޝިކާރައަކަށް ވެފައިވާ މުވައްޒަފުން ކުށްވެރި ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

މި މައުލޫމާތުތައް ހާމަކުރުމަށް ފަހު އޭގެ ދުވަސްތަކެއް ފަހުން މިނިސްޓަރުގެ ނަން ވެސް އެ އެކައުންޓުން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅޭ ގޮތުން ތުހުމަތު ކުރެވޭ މިނިސްޓަރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

އޮފީސް މާހައުލާއި މަސައްކަތުގެ ދާއިރާގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ފެންމަތިވެ މުޅި ދުނިޔޭގައި އެކަމާ ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ. އެ ގޮތުން ހޮލީވުޑާއި ބޮލީވޫޑްގެ އިތުރުން މީޑިއާގައި މަސައްކަތްކުރާ ތަފާތު ފަރާތްތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި ދަނީ "MeToo#"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ކުރަމުންނެވެ. އަދި އެފަދަ ފަރާތްތަކުގެ ނަންތައް އާންމުކޮށް ފިޔަވަޅު އަޅައި މައްސަލަތައް ބެލުމަށް ގޮވާލަމުންދާ އިރު ބައެއް ފަރާތްތަކާ ދެކޮޅަށް ވަނީ ފިޔަވޅު ވެސް އަޅާފައެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ސިޔާސީ ފުރައްސާރަކުރުން ރައީސް ޔާމީން ހުއްޓަން ޖެހޭ: ރައީސް ނަޝީދު

16 އެޕްރީލު 2017
ސިޔާސީ ފުރައްސާރަކުރުން ރައީސް ޔާމީން ހުއްޓަން ޖެހޭ: ރައީސް ނަޝީދު
05 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި

05 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު