Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމް އިންޑަސްޓްރީ

'މާމުއި'ގެ ޝޫޓިންތައް ނިންމާލައިފި

8 ނޮވެމްބަރު 2018 | ބުރާސްފަތި 06:32

މި ފިލްމްގެ ޝޫޓިންތައް ނިންމާފައިވަނީ ބުދަ ދުވަހު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 8 ނޮވެމްބަރު 2018 | ބުރާސްފަތި 06:32
\'މާމުއި\'ގެ ޕޯސްޓަރު

\'މާމުއި\'ގެ ޕޯސްޓަރު

ޑާކްރެއިން އެންޓަޓައިންމަންޓުން އުފައްދަމުން އަންނަ ފިލްމް "މާމުއި"ގެ ޝޫޓިންތައް ނިންމާލަފައިވާ ކަމަށް ފިލްމްގެ ޑައިރެކްޓަރ މުހައްމަދު އަލީ (މޮގާ) ބުނެފި އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން މޮގާ ބުނީ ފިލްމްގެ ޝޫޓިންތައް އެއްކޮށް ނިންމާލެވިފައި ވަނީ ބުދަ ދުވަހު ކަމަށެވެ.

މި ފިލްމްގެ ޝޫޓިންތައް ނަގާފައި ވަނީ މާލޭގެ އިތުރުން ހުޅުމާލެ، ހުޅުލެ، ވިލިނގިލީ އަދި ތިލަފުށީގައި ކަމަށް ޑާކްރެއިން އެންޓަޓެއިންމަންޓުން މައުލޫމާތު ދެއެވެ.

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ކުރިން ވެސް މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީޚް ކަމަށްވާ އަންނަ އަހަރުގެ އެޕްރީލް މަހުގެ 01 ވަނަ ދުވަހު އެވެ.

މި ފިލްމަކީ އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ތަފާތު ފިލްމެއް ކަމަށް މޮގަރ ބުންޏެވެ.

"މާމުއި"ގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރުއެވެ.

ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ މި ފިލްމުގެ ކާސްޓަށް އިތުރުވެފައިވާ ތަރިންގެ ތެރޭގައި ހިމެނެނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ ގެ އިތުރުން އަލީ ޝަޒްލީމްއެވެ.

މީގެ އިތުރުން މި ދާއިރާ އަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެން ދާނެ ކަމަށް މޮގާރ ވަނީ ބުނެފައެވެ.

މި ފިލްމްގެ ޝޫޓިންތައް ދިޔަ ގޮތާއި ދޭތެރޭގައި ވަރަށް ހިތްހަމަޖެހޭ ކަމަށް މޮގާ ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2018

ޑާކްރެއިންގެ މާމުއިގެ އިތުރު ތަރިން އިއުލާންކޮށްފި

21 މާރިޗު 2018
ޑާކްރެއިންގެ މާމުއިގެ އިތުރު ތަރިން އިއުލާންކޮށްފި
06 ޖެނުއަރީ 2018

ފޯޓީ ޕްލަސްގެ ޝޫޓިންގެ ބޮޑު ބައެއް ނިންމާލައިފި

06 ޖެނުއަރީ 2018
ފޯޓީ ޕްލަސްގެ ޝޫޓިންގެ ބޮޑު ބައެއް ނިންމާލައިފި
11 ޑިސެމްބަރު 2017

"ރަންޒަމާން"ޝޯ ކާމިޔާބުކަމާއެކީ ނިންމާލައިފި

11 ޑިސެމްބަރު 2017
"ރަންޒަމާން"ޝޯ ކާމިޔާބުކަމާއެކީ ނިންމާލައިފި
30 އޮކްޓޯބަރު 2017

"ރާޒީ" ގެ ޝޫޓިން ނިންމާލައިފި

30 އޮކްޓޯބަރު 2017
"ރާޒީ" ގެ ޝޫޓިން ނިންމާލައިފި
21 ސެޕްޓެމްބަރު 2017

ވަރަށް ލޯބިން، "ވަކިން ލޯބިން"ގެ ބޮޑުބައި ނިންމާލައިފި

21 ސެޕްޓެމްބަރު 2017
ވަރަށް ލޯބިން، "ވަކިން ލޯބިން"ގެ ބޮޑުބައި ނިންމާލައިފި
01 އޯގަސްޓު 2017

"އައްޔާރީގެ" ލަންޑަން ޝޫޓިން ނިންމާލައިފި

01 އޯގަސްޓު 2017
 "އައްޔާރީގެ" ލަންޑަން ޝޫޓިން ނިންމާލައިފި
27 އެޕްރީލު 2017

"ބޫމީ"ގެ ޝޫޓިން ނިންމާލައިފި

27 އެޕްރީލު 2017
"ބޫމީ"ގެ ޝޫޓިން ނިންމާލައިފި
03 އެޕްރީލު 2017

ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި

03 އެޕްރީލު 2017
ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި
19 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި

19 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި
08 ފެބުރުއަރީ 2017

"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލައިފި

08 ފެބުރުއަރީ 2017
"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް