Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފްލައިޓަށް އެރުވި މޭވާ

ފްލައިޓަށް އެރުވި ދެ ޓަނުގެ ދޫރިއަންއާ ހުރެ ފަސިންޖަރުންނަށް އުނދަގޫވެ ފުރުން ލަސްވެއްޖެ

ފްލައިޓަށް އެރުވީ ދެ ޓަނުގެ "ދޫރިއަން" މޭވާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ނޮވެމްބަރު 2018 | ބުރާސްފަތި 15:52
ފްލައިޓަށް އެރުވި މޭވާގެ ފޮޓޯއެއް

ފްލައިޓަށް އެރުވި މޭވާގެ ފޮޓޯއެއް

އިންޑޮނޭޝިއާގެ ފްލައިޓް ސްރީވިޖަޔަރ އެއަރޕްލޭން އަށް ފަސިންޖަރަކު އެރުވި ދެ ޓަނުގެ "ދޫރިއަން" މޭވާތަކާ ހެދި ފްލައިޓްގައި ތިބި އެހެން ފަސިންޖަރުންނަށް އުނދަގޫވެ ފުރުން އެއްގަޑިއިރަށް ލަސްވެއްޖެއެވެ.

އެ ފްލައިޓްގައި ތިބި ފަސިންޖަރުން ވަނީ އެ މޭވާގެ ނުބައި ވަހާ ހެދި އުނދަގޫ ވެގެން ފްލައިޓުން ފައިބާ، އެ މޭވާ ކާގޯ ހޯލްޑް ތެރެއިން ނުނެރެނީސް ފްލައިޓަށް އަރަން ދެކޮޅު ހަދާފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މީހުންގެ ޝަކުވާތަކާ ގުޅިގެން އެއަރޕޯޓުގެ ކްރޫއިން ވަނީ އެ އެތަކެތި ފްލައިޓުން ބޭރުކޮށްފައެވެ.

އެ ހާދިސާއަށް ފަހު އެއަރލައިންގެ ފަރާތުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދޫރިއަން މޭވޭ އެއަރލައިނަށް އެރުވުމަކީ މަނާ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެ މޭވާއަކީ ނުބައި ވަސް ދުވާ މޭވާއަކަށް ވުމުން ފްލައިޓްގެ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަރަށް ރަނގަޅަށް ބަންދު ކުރެވިފައި ހުންނަން ޖެހޭނެ ކަމަށް ވެސް އެއަރލައިނުން ބުންޏެވެ.

ދުނިޔޭގެ ބައެއް ޤައުމުތަކުގައި، އެއްގަމު ދަތުރު ކުރާއިރު އާއި ބައެއް ހޮޓާތަކަށް ދޫރިއަން މޭވާ ވެއްދުން ވަނީ މަނާކޮށްފައެވެ. އެއީ އެއިން ދުވާ ނުބައި ވަހުގެ ސަބަބުންނެވެ. އަދި ފްލައިޓަށް އަރުވާ ނަމަ ވަސް ބޭރުނުވާނެ ގޮތަކަށް ބަންދުކުރަންޖެހެއެވެ.

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2022

އިތުރު މީހެއްގެ އެހީއާ ނުލާ، ގޭގައި ހުރެގެން އުރަމަތީގެ ކެންސަރަށް ފާރަވެރިވުމަށް "ޑޮޓްޕްލޮޓް"

11 ސެޕްޓެމްބަރު 2022
އިތުރު މީހެއްގެ އެހީއާ ނުލާ، ގޭގައި ހުރެގެން އުރަމަތީގެ ކެންސަރަށް ފާރަވެރިވުމަށް "ޑޮޓްޕްލޮޓް"
12 ޖޫން 2022

ދެއަތް އުރާލައިގެން ނުހުރެ، ދާންވީ ދަނޑަށް!

12 ޖޫން 2022
ދެއަތް އުރާލައިގެން ނުހުރެ، ދާންވީ ދަނޑަށް!
03 މެއި 2020

ދަރިން ހިއްހަަމަޖައްސައިދިނުމަށް ގޭގައި ހުރެގެން ބައްޕަ ތައްޔާރުކޮށްދިނީ މެކްޑޮނަލްޑް ބާރގަރ

03 މެއި 2020
ދަރިން ހިއްހަަމަޖައްސައިދިނުމަށް ގޭގައި ހުރެގެން ބައްޕަ ތައްޔާރުކޮށްދިނީ މެކްޑޮނަލްޑް ބާރގަރ
29 މާރިޗު 2019

މަލައިކާ ރާއްޖެގައި، ފޮޓޯއަށް ކޮމެންޓް ނުކޮށް އަރުޖުންއަށް ނުހުރެވުނު

29 މާރިޗު 2019
މަލައިކާ ރާއްޖެގައި، ފޮޓޯއަށް ކޮމެންޓް ނުކޮށް އަރުޖުންއަށް ނުހުރެވުނު
16 ފެބުރުއަރީ 2019

ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟

16 ފެބުރުއަރީ 2019
ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު