Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދަނޑުވެރިކަން ކުރުން

ދެއަތް އުރާލައިގެން ނުހުރެ، ދާންވީ ދަނޑަށް!

މީގެ ކުރިން ތަންތަން ހަދަން އުޅުނު ގާސިމް މިހާރު މަސައްކަތްކުރަނީ ދަނޑުވެރިއެއްގެ ތޮފި އަޅައިގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 12 ޖޫން 2022 | އާދީއްތަ 11:07
ލުބުނާންގެ ދަނޑުހައްދާ ދެމަފިރިން

ލުބުނާންގެ ދަނޑުހައްދާ ދެމަފިރިން

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ އިނދަޖައްސާލިއިރުވެސް މާލީ ހީނަރުކަމުގެ އިންތިހާ ވޭން އުފުލަމުން ދިޔަ އެއް ގައުމަކީ ލުބްނާނެވެ. ސިޔާސީ ހަލަބޮލިކަމާއި ނުތަނަވަސްކަމުގެ ތެރެއިން އާންމު ރައްޔިތުންނަށް ހިންދެމިލާނެ ފުރުސަތެއް، އަދާ ޖެހުނުއިރުވެސް ނުލިބެއެވެ. ވެރިރަށް ލުބްނާނުގެ ދެކުނުގައި އެކަހެރިކޮށް އޮންނަ އަވަށެއްގައި ދިރިއުޅެމުން އަންނަ ގާސިމް ޝުރެއިމް އުޑަފައިން އިށީނދެލައިގެން އިނީ އޭނާގެ ގޮވާން ދަނޑުގެ ކަންކަން ބަލަހައްޓާށެވެ.

މި ދުވަސްވަރަކީ ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށްވެސް ގޮވާމުގެ ދަތިކަން ކުރިމަތިވެފައިވާ ދުވަސްވަރަކަށް ވާއިރު، ކާބޯތަކެތީގެ އަގުތައްވެސް އުފެލެމުންދަނީ ރޮކެޓް ދުވެލީގައި، އަތުނުޖެހޭހާ މައްޗަށެވެ. މިކަން ވީ ލުބްނާނުގެ ރިހޭ ފައިމައްޗަށް ވެއްޓުނު އިތުރު ފޮޔަކަށެވެ. ނަމަވެސް ރިހިލަރިހިލާ އޮންނަން ބޭނުން ނުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ގާސިމުގެ ދެމަފިރިން ކުރާ މަސައްކަތަށް ޝުކުރު ހައްގެވެ. މީގެ ކުރިން ތަންތަން ހަދަން އުޅުނު ގާސިމް މިހާރު މަސައްކަތް ކުރަނީ ދަނޑުވެރިއެއްގެ ތޮފި އަޅައިގެންނެވެ.

ގާސިމުގެ ދެމަފިރިންނަކީ މިކަން މިހެން ކުރާ ހަމައެކަނި މީހުންނެއް ނޫނެވެ. އެއް ކާރިސާއިން އަރައިނުގަނެވި އުޅެނިކޮށް އަނެއް ކާރިސާއެއް ބިންދާލާފައި އޮންނަ ލުބްނާނުގެ އެތައް އާއިލާއެއް މިއަދު އުޅެނީ ދަނޑުބިންތަކުގައެވެ. 2019 ވަނަ އަހަރަށްފަހު އުމްރާނީ ބިނާވެށީގެ ސިނާއަތް ހީނަރުވެ، ގެއަށް ބޭނުންވާ ސާމާނު ހޯދަން ހިނގާ ޚަރަދު ބޮޑުވުމަކީ ގާސިމްގެ ދެމަފިރިން، ދަނޑުބިމަށް ބަރޯސާވާން ފެށި ސަބަބަކަށެވެ.

ކާރިސީ އަނދަވަޅަކަށް ލުބްނާން ވެއްޓުނު ފަހުން އެ ގައުމުގައި ކާބޯތަކެތީގެ އަގު ވަނީ 11 ގުނައަށް ބޮޑުވެފައެވެ. ރޮއްޓާއި ޕާނުގެ އާއިލާއަށް ފެތޭ ޕިޓާ ބްރެޑަކީ ލުބްނާނުގެ ޒަރޫރީ ކެއުމުގެ ބަޔަކަށް ވީ ނަމަވެސް، އެ ގައުމުގެ ސަރުކާރުން ވަނީ ޕިޓާ ބްރެޑް ވިއްކޭނެ އެންމެ މަތީ އަގުވެސް ދޭތެރެ ދޭތެރެއިން ބޮޑު ކޮށްފައެވެ. ދުނިޔޭގެ ފެންވަރުގައި އުފެދިފައިވާ ގޮދަން ކާރިސާގެ ސަބަބުން ކުރިމަތިވާ ނުތަނަވަސްކަންވެސް ވަނީ ހައްތަހާ ބޮޑެވެ.

ގާސިމްގެ ދެމަފިރިން ދިރިއުޅެމުންދާ ގެއަށް ބަލާލުމުން، ކާރިސާއެއްގެ ކުޑަ ނަމަވެސް އިހްސާސެއް ނުކުރެވެއެވެ. މެންދުރުގެ ގަދަ ހޫނުން ދޮންކުރަމުން ދިޔައިރު، އަމިއްލަ ދަނޑުން ބިނދެލައިގެން ގެނައި ތާޒާ މެލަންއިން ފިނިކަން ލިއްބައިދެމުން ދިޔައެވެ. ބަދިގެ ތެރެއަށް ބަލާއިރު ޕާން ހަރުތައް ފެނެއެވެ. އެއީވެސް އަމިއްލަ ބިމުގައި އަމިއްލަ އަތުން ހެއްދި ގޮވާމުން، ގާސިމުގެ އަނބިމީހާ ޚަދީޖާގެ އަމިއްލަ ދެ އަތުން ފިހުނު ޕާނެވެ.

ޤާސިމާއި ޚަދީޖާ ދިރިއުޅެމުން ދާ ގެއަށް ވަދެގެން ދާއިރު އެންމެ ފުރަތަމަ ޖެހޭ ފެންޑާކޮޅެއް މިހާރު ވަނީ ކުޑަވަރެއްގެ ފިހާރައަކަށް ބަދަލު ކޮށްފައެވެ. ފިހާރައިގެ ހަރުތަކަކީ ޚަދީޖާގެ މަސައްކަތުން ޖަހާފައިވާ ހަރުތަކަކަށް ވާއިރު، އެ ހަރުތައް ފުރާލާފައި ވަނީ ދެމަފިރިންގެ ދަނޑުބިންތަކުގެ ތާޒާ އުފެއްދުންތަކުންނެވެ.

އާންމު ދިރިއުޅުމުގެ ކަންކަމަށް ބޭނުންވާނެ ހުރިހާ އެއްޗެއް އަމިއްލަ ގޭގެ ދަނޑުބިމުން ލިބެން އެބަހުއްޓެވެ. ގޮދަނުން ފެށިގެން ގޮސް ބައްޓާއި މިރުވެސްމެއެވެ. އެކަމަށް އެ ދެމަފިރިން ހޭދަކުރީ 3 އަހަރެއްހާ ދުވަހެވެ. ދަނޑުބިމާއި ގްރީންހައުސް ބަލަހައްޓާނެ ގޮތް ގާސިމް ދަސްކުރީ ޔޫޓިއުބްގެ އެހީގައެވެ. އަދި އެހެން ދަނޑުވެރިންގެ ގާތުންވެސް މައުލޫމާތު އެއްކުރެއެވެ. ޚަދީޖާ ފިހާރަ ހިންގަނީވެސް ޓެކްނޮލޮޖީގެ އެހީގައެވެ. ކޮންމެ ދުވަހަކުވެސް، ހެނދުނު 9 ޖަހަން ވާއިރަށް، އެ ދުވަހަކު ލިބެން ހުރި އެއްޗަކާއި އެ ތަކެތި ވިއްކާ އަގުތައް، އެކަމަށް ޚާއްސަ، ވަޓްސްއެޕް ގުރޫޕަކަށް ލައެވެ. އާންމުންގެ އޯޑަރުތައް ލިބެންފަށަނީ ދެނެވެ.

ވިޔަފާރި ކުރުމުގައިވެސް ޚަދީޖާއަކީ ތިމާވެށީގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭ މީހެކެވެ. އެގޮތުން، އަމިއްލަ ފޮތި ކޮތަޅު ހިފައިގެން އައުމަށް އޭނާގެ ކަސްޓަމަރުންނަށް ޚަދީޖާ ނަސޭހަތްތެރިވެއެވެ. މީގެ އިތުރުން، އެއްވެސް އެއްޗެއް ބާކީއެއް ނުކުރެއެވެ. ބަށި ބާކީވާން ފެށުމުން، ބަށި ޖޭމު ތައްޔާރުކުރިއެވެ. އިރެއްގައި މީހުން ދަންނަ އެއްޗަކަށް ނުވިއަސް، ފަހުން އޯޑަރު އަންނަން ފެށީ ނުކަތާ ވަރަށެވެ.

ކަން މިހެން އޮތް ނަމަވެސް، ލުބްނާނަށް ކުރިމަތިވެފައިވާ ކާރިސާގެ އަޅި، ކޮންމެވެސް ވަރަކަށް ގާސިމްގެ ގެއަށް ބުރައެވެ. ސަރުކާރުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ލިބެނީ އެންމެ ގަޑިއިރަކަށެވެ. ޕްރައިވެޓް ޖަނަރޭޓަރަކުން ކަރަންޓް ނަގަނީ އެންމެ 4 ގަޑިއިރަށެވެ. ދަނޑުބިމަށް ބޭނުންވާ ފެން ޕަމްޕުކުރުންވެސް ބަރޯސާވަނީ އެކަމަށެވެ. ދަނޑުގައި ބޭނުންކުރާ ބޭހަށްވެސް އެކަމުގެ އަސަރު ވަނީ ފޯރާފައެވެ. އުފެއްދުންތައް، ބޮޑު އަގުގައި، ވެރިރަށް ބެއިރޫތައް ވިއްކޭކަށްވެސް ނޯވެއެވެ. އެކަން ކުރަން ހޭދަވާ ޚަރަދަކީ، ދަނޑުވެރި މޫސުމުގައި ލިބޭ ޖުމްލަ އާމްދަނީއާ އެއްފަދަ އަގަކަށް ވެއެވެ. ޓްރެކްޓަރު ހިންގަން ޑީސަލް ބޭނުންވާއިރު، އިންޖީނު ޖައްސާފައި އޮންނަ ކޮންމެ ސިކުންތެއް ގުނަން ޖެހެއެވެ.

މި ހުރިހާ ކަމަކާ އެކުގައިވެސް ގާސިމު ހުރީ އުފަލުންނެވެ. އިހުހުރި ވަޒީފާއަށް އެނބުރިދާ ޚިޔާލެއް އޭނާގެ ނެތެވެ. އެއްވެސް ކަމެއް ނުކޮށް ފައިސާ ނުހޯދައި ހުރުމަށްވުރެ ހުރިހާ ގޮތަކުންވެސް މިކަން މާ ފުރިހަމައެވެ.

ދަނޑުހައްދާ ލުބްނާންގެ ދެމަފިރިން

ކޮމެންޓް

އިތުރަށް ކިޔާލަން

ގަދަ ހޫނުގެ ކޮޅިގަނޑުގައި އިދުރީސްގެ އަލުވި ދަނޑަށް ނައްސި ރިކޯޑެއް

ގަދަ ހޫނުގެ ކޮޅިގަނޑުގައި އިދުރީސްގެ އަލުވި ދަނޑަށް ނައްސި ރިކޯޑެއް

22 ޖުލައި 2023
ހަނދަށް ދާން ބޭނުމީވިއްޔާ، އިހަށް ދާންވީ ލަންޒަރޯތޭއަށް!

ހަނދަށް ދާން ބޭނުމީވިއްޔާ، އިހަށް ދާންވީ ލަންޒަރޯތޭއަށް!

13 ނޮވެމްބަރު 2022
މަލައިކާ ރާއްޖެގައި، ފޮޓޯއަށް ކޮމެންޓް ނުކޮށް އަރުޖުންއަށް ނުހުރެވުނު

މަލައިކާ ރާއްޖެގައި، ފޮޓޯއަށް ކޮމެންޓް ނުކޮށް އަރުޖުންއަށް ނުހުރެވުނު

29 މާރިޗު 2019

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު