Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ފިލްމްތަކުން ނުފެނުނީ އަމިއްލަ ސަބަބުތަކާ ހުރެ: ބޮބީ

ފިލްމީ ދާއިރާ އާއި ދުރުގައި ހުރުމަށްފަހު ބޮބީ އަލުން ފެނިފައިވަނީ "ރޭސް3" އިން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 24 ޖޫން 2018 | އާދީއްތަ 08:05
ބޮބީ ޑިއޯލް

ބޮބީ ޑިއޯލް

ވޭތުވެދިޔަ އަހަރުތަކުގައި ފިލްމްތަކުން ނުފެނުނީ އޭނާގެ ސަބަބުން ކަމަށް ބޮބީ ޑިއޯލް ބުނެފިއެވެ.

ހަތަރު އަހަރު ފިލްމީ ދާއިރާ އާއި ދުރުގައި ހުރުމަށް ފަހު ބޮބީ އަލުން ފިލްމީ ދާއިރާއިން ފެނިގެން ގޮސްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރި "ރޭސް 3" އިންނެވެ.

90 ގެ އަހަރުތަކުގައި ބޮބީ ވަނީ ކާމިޔާބު ފިލްމްތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި ގުޕްތް، ދަ ހިޑަން ޓްރުތް، ސޯލްޖާ އަދި އަޖުނަބީ ހިމެނެއެވެ. އެހެން ނަމަވެސް ނާކާމިޔާބުވި ފިލްމްތަކުގެ ތެރޭގައި " ޝަކަލަކަ ބޫމްބޫމް" އާއި އަދިވެސް އޭނާ ކުޅުނު ގިނަ ފިލްމް ތަކެއް ހިމެނުނެވެ.

ބޮބީ ބުނެފައިވަނީ މި ދޭތެރެއިން ފިލްމް ތަކުން ނުފެނުނީ އޭނާގެ އަމިއްލަ ސަބަބުތަކަކާ ގުޅިގެން ކަމަށެވެ. އަމިއްލައަށް ގިވްއަފް ކުރީ އިތުބާރު ގެއްލި ޝައުގުވެރިކަންނެތިގެން ދިއުމުން ކަމަށާއި ނަމަވެސް އާއިލާ އަށް ބަލާފައި އެމީހުންގެ އެއްމީދު ގެއްލޭނެ ކަމެއް ނުކުރުމަށް އިހުސާސްވެގެން ދިޔަ ކަމަށް ބޮބީ ބުންޏެވެ. ބޮބީ ބުނެފައިވަނީ އޭނާ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަމަށް އެހީވާނެ އިތުރު މީހަކު ނުހުންނާނެ ކަމަށެވެ.

އަދި އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން ކަމަށާއި ކޮންމެ ކަމަކަށް ވެސް ގަދައަޅާ މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނެކަމަށެވެ.

ބޮބީ އެންމެ ފަހުން ފެނިފައިވަނީ 2013 ވަނަ އަހަރު އޭނާގެ ބައްޕަ ދަރްމެންދްރާ އާއި ބޭބެ ސަނީޑިއޯލް އާއި އެކު ކުޅެފައިވާ "ޔަމްލާ ޕަގްލަ ދިވާނާ 2" އިންނެވެ.

ބޮބީ އޭނާގެ ފުރަތަމަ ފިލްމް " ބަރްސާތު" ކުޅެފައިވަނީ 1995 ވަނަ އަހަރުއެވެ.

އޭނާގެ ފިލްމީ ކެރިއަރާއި ބޭހޭގޮތުން ބުނެފައިވަނީ އޭނާއަށް ކާމިޔާބީ އާއި ނާކާމިޔާބީ އާއި ކުރިމަތި ލެވުނު ކަމަށާއި ހުރިހާ ކަމެއް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމާއި ހިތްހަމަ ޖެހޭކަމަށެވެ.

ބޮބީ އުއްމީދު ކުރަނީ އެއްދުހަކުން އޭނާގެ ބައްޕަ ހޯދާފައިވާ ކާމިޔާބީ ލިބިގެން ދިޔުމެވެ.

ބޮބީ ބުނެފައިވަނީ ފިލްމީ ތަރިންގެ އާއިލާއަކަށް އުފަންވުމަކީ ލިބުނު ރަހުމަތެއް ކަމަށެވެ.، އޭނާގެ ބައްޕަ އަކީ "ލެޖެންޑެއް" ކަމަށާއި އެކަމާ އޭނާގެ ދަރިއަކަށް ވުމުން ފަޚުރުވެރިވާ ކަމަށެވެ.

މިވަގުތު ބޮބީ ހުރީ އޭނާ އެންމެ ފަހުން ކުޅުނު "ރޭސް3" ގެކާމިޔާބީ އާއި ދެތެރޭ ވަރަށް ހިތްހަމަ ޖެހިފައެވެ.

އަދި އެ ފިލްމްގައި އޭނާ އަދާކޮށްފައިވާ ރޯލަށް ލިބެމުންދާ ތަރުކީބާއި ދެތެރޭ ފަރަށް އުފާވާ ކަމަށް ބޮބީ ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

05 ޖުލައި 2018

ކައިވެނި ނުކޮށް ހުރެވުމުން އުފާވޭ: ކަންގަނާ

05 ޖުލައި 2018
ކައިވެނި ނުކޮށް ހުރެވުމުން އުފާވޭ: ކަންގަނާ
27 މެއި 2018

އެތެއްގެ އަމިއްލަ ކުރެހުންތަކަށް ގިނަ ބައެއްގެ ޝައުވެރިކަން

27 މެއި 2018
އެތެއްގެ އަމިއްލަ ކުރެހުންތަކަށް ގިނަ ބައެއްގެ ޝައުވެރިކަން
03 މެއި 2018

400 އަހަރު ވަންދެން ކަޅު ނަސްލުގެ މީހުން އަޅުވެތި ކަމުގައި ތިބީ އަމިއްލަ އިހްތިޔާރުގައި ކަމަށް ކާންޔޭ ބުނެފި

03 މެއި 2018
400 އަހަރު ވަންދެން ކަޅު ނަސްލުގެ މީހުން އަޅުވެތި ކަމުގައި ތިބީ އަމިއްލަ އިހްތިޔާރުގައި ކަމަށް ކާންޔޭ ބުނެފި
24 އެޕްރީލު 2018

މިނީމީ މަރުވީ އަމިއްލައަށް

24 އެޕްރީލު 2018
މިނީމީ މަރުވީ އަމިއްލައަށް
17 އެޕްރީލު 2018

ރެމޯ ޑި ސޫޒާ: އަމިއްލަ ކްލޯތިން ލައިނެއް ތައާރަފް ކުރަނީ

17 އެޕްރީލު 2018
ރެމޯ ޑި ސޫޒާ: އަމިއްލަ ކްލޯތިން ލައިނެއް ތައާރަފް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު