Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ12 މެމްބަރުންގެ ގޮނޑި

12 މެމްބަރުންނާއި ކުރީގެ އޮޑިޓަރ ޖެނަރަލް ނިޔާޒާ ދެމެދު ބަހުގެ ހަމަލާތަކެއް!

7 ނޮވެމްބަރު 2018 | ބުދަ 08:33

ނިޔާޒު ވިދާޅުވީ އެ 12 މެމްބަރުންގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 ނޮވެމްބަރު 2018 | ބުދަ 08:33
ކުރީގެ އޮޑިޓަރ ޖެނަރަލް ނިޔާޒު އިބްރާހީމް

ކުރީގެ އޮޑިޓަރ ޖެނަރަލް ނިޔާޒު އިބްރާހީމް

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނާއި ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމްއާ ދެމެދު ބަހުގެ ހަމަލާތަކެއް ސޯޝަލް މީޑިއާ މެދުވެެރިކޮށް ބަދަލު ކޮށްފި އެވެ.

މި ހަމަލާތައް ފެށިގެން ދިޔައީ ޕްރައިމަރީއަކާ ނުލައި އެ 12 މެމްބަރުންނަށް ޓިކެޓް ދިނުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވެ، ރައްޔިތުންގެ މެދުގައި ވެސް އެކަމާ ގުޅޭ ގޮތުން ބަހުސް ހޫނުވެގެން ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ.

Advertisement - newsAdvertisement

ދެ އަހަރަށް ވުރެ ގިނަ ދުވަހު ސްރީ ލަންކާ އަށް އަރުވާ ލެވިގެން ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި ނިޔާޒު އިބްރާހީމް، އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވި ލިޔުއްވުމަކާއި ގުޅިގެން އެ 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވަނީ ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ.

ނިޔާޒު ވިދާޅުވެފައިވަނީ، 12 މެމްބަރުންނާމެދު ކަންތައްތައް ވެގެންދިޔަގޮތް އިންސާފުވެރި ނޫންކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. ނަމަވެސް ގައުމުގެ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިއުމުގައި އެ 12 މެންބަރުންގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން 12 މެންބަރުން ވާޖިބު ފުރިހަމައަށް އަދާކުރެއްވިނަމަ ރައީސް އަބްދުﷲ ޔާމީނަށް "އަނިޔާވެރި ވެރިކަމެއް" ނުކުރެއްވުނީސް ކަމަށާއި އެ މެންބަރުންނާ މެދު ކަންތައްތައް ވީގޮތް، އެމީހުންގެ އަމަލުތަކުގެ ކައްފާރާއަކަށް ނުފުދޭތޯ ނިޔާޒު ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން ނިޔާޒު ވިދާޅުވެފައިވަނީ ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ތަބަކަކަށް ލާފައި ވެދުން ކުރަން ޖެހޭތީ ވެސް ސުވާލު އުފައްދަވާފަ އެވެ.

ކުރީގެ އޮޑިޓަރ ޖެނަރަލް ނިޔާޒު އިބްރާހީމް ފޭސްކުބްގައި ލިޔުއްވި ލިޔުއްވުން

ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ނިޔާޒަށް ރައްދުދެއްވާ ވިދާޅުވެފައިވަނީ ބޭއިންސާފާ ދެކޮޅަށް އެތައްބަޔަކު ޖިހާދު ކުރިއިރު، ނިޔާޒަކީ ބިރުން ފިލި މީހެއް ކަމަށެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ނިޔާޒަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ މިނިސްޓަރަކު ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ފެންމަތިވިއިރު، ރައީސް ޔާމީން އަރިހަށް އެވާހަކަ ހިފައިގެން ވަޑައިގެންނެވީ ކޮން ބޭނުމަކުތޯ އާއި، އެއީ މިނިވަން އޮޑިޓަރ ޖެނެރަލަކު ކަންކުރައްވާނެ ގޮތްތޯ ސުވާލު ކުރައްވާފަ އެވެ.

ލަތީފް ވަނީ، ނިޔާޒު ތިނަދޫ ގޮނޑިއަކަށް ކުރިމަތި ލެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެއިތުރުންވެސް އެ 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ގެންދަވަނީ ނިޔާޒުގެ އިހުލާސްތެރިކަމާމެދު ސުވާލު އުފައްދަވާފަ އެވެ. އެގޮތުން ފްލެޓެއް ގަންނަން މަސައްކަތް ކުރައްވާ، އެކަމަށް ފައިސާ ހޯއްދަވަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ކުރައްވާފައިވާއިރު، ވަޒީފާއެއް ބޭނުންވެގެން އުޅުއްވަނީ ކަމަށް ވެސް ބައެއް މެމްބަރުން ގެންވަނީ ތުހުމަތު ކުރައްވަމުން ނެވެ.

އޮޑިޓަރ ޖެނެރަލް ކަމުގެ މަގާމުން ނިޔާޒު ވަކިކުރެއްވިއިރު، އެ 12 މެމްބަރުންނަކީ ސަރުކާރަށް ވަފާތެރި ސަރުކާރު ބޭނުންވާ ކަންކަން ކޮށްދިނުމުގައި އުޅުއްވި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނެވެ. ނިޔާޒު މަގާމުން ވަކިކުރެއްވީ ވެސް އެ މެމްބަރުންގެ ވޯޓުންނެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރާނީ ޕްރައިމަރީއިން ކާމިޔާބު ހޯއްދަވާ ފަރާތްތައް ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް